ސައިހޮޓާ،ކެފޭ،ރެސްޓޯރެންޓުތައް ރޭގަނޑު 08:00 ގެ ފަހުން ހުޅުވުން މަނާކޮށްފި!

Loading

Facebook
Twitter
WhatsApp

މާލެ ސިޓީގައި ކޮވިޑް19 ފެތުރުން ކޮންޓްރޯލް ކުރުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން، ކުރިއަށް އޮތް ހަތް ދުވަހު ރޭގަނޑު އަށަކުން ފެށިގެން ކެފޭ ރެސްޓޯރަންޓުތައް އާންމުކޮށް ހުޅުވައިގެން ހިދުމަތް ދިނުން މަނާކޮށްފިއެވެ.

މީގެ ތެރޭގައި މާލެ، ހުޅުމާލެ، ވިލިމާލެ، ތިލަފުށި، އަދި ގުޅީފަޅުގައި ހިންގާ ކެފޭ، ހޮޓާ، ރެސްޓޯރަންޓް ފަދަ، އާންމުންނަށް ކާބޯތަކެތީގެ ހިދުމަތް ދޭ އެންމެހާ ތަންތަން ހިމެނޭނެ އެވެ.

އެޗްއީއޯސީގެ ތަރުޖަމާނު ޑރ.ފާތިމަތު ނަޒްލާ ރަފީގު ވިދާޅުވީ މި މަހުގެ 27 ވަނަ ދުވަހުން ފެށިގެން، ހަތް ދުވަހުގެ މުއްދަތަށް ރޭގަނޑު 20:00 ން 22:30 އަށް މާލޭ ސިޓީގެ ކެފޭ ރެސްޓޯރަންޓުތަކުން ދެވޭނީ ޑެލިވަރީ އަދި ޓޭކް އަވޭގެ ހިދުމަތް އެކަނި ކަމަށެވެ.

އަދި ހަމަ މިއާއެކު ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕްގެ ފަރާތުން ބައިވެރިވެވަޑައިގެންނެވި ޑރ. އަހްމަދު ޝަހީދު ވިދާޅުވީ ގިނަ އަދަދެއްގެ ބަޔަކު ކެފޭ، ރެސްޓޯރަންޓުތަކަށް ގޮސް މާސްކް ނާލައި ގިނަ ވަގުތު ވާހަކަދައްކަން ތިބޭކަން ފާހަގަ ކުރެވޭ ކަމަށާއި މިކަމާ ގުޅިގެން ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަން ހައި ރިސްކު އެކްޓިވިޓީއެއްގެ ގޮތުގައި ކަނޑައަޅާފައިވާ ކަމަށެވެ.

Loading

One Response

  1. ހިތައްވެސް އެރި ތިހެނޭވާނީ.
    1. ފަރުދީ ޒިންމާ ޒީރޯ. 2، ސަރުކާރުން ކުރާ އަމުރުތަކަށް ބޯލަބާތޯ ބަލާނެ މީހެއް ނެތް. ހޮޓާ ކެފޭތަކުގައި ވައިއަނގަ ތަޅަން މާސްކްވެސް ނާޅާ ތިބެނީ. ފެންނަ މީހަކުނެތް. މިސްކިތުގައި ގިނައިރުވޭތޯ ބަލާނެ މީހުން ތިބޭ. ފިހާރަ ފިހާރަ ގައިޑުލައިންނާ އެއްގޮތަށް ތޯ ހިންގަނީ ފިހާރައަށް ފުލުހުން ބޯކޮއްޕާ ބެލޭއިރު ކީއްވެ ކެފޭތަށް ރެސްޓޯރެންޓް ތައް ނުބެލެނީ. 3. ދެން އެއަކޮންގައި ތިބެފާ ލޮކްޑައުން. މިވެރިންނަށް ގެއްލޭ އެއްޗެއް ހަތަ ޙަރާމުން ޙަރާމްވިއްޔާ. ދެން އޯކޭނު؟ ބޫންބޫންކަހަލަ އަޑުބަރޭތައް ކޮވިޑް ޕެންޑަމިކް އިމޭޖެންސީ ޙައްލުކުރަން ލީމާ ވާނެގޮތް އެވީ. ފަރުނީޗަރ ހެޔޮވަރު ހުރީކާ ކުދިން ގޮވައިގެން މަޖާކޮށް މިލިޔަނުން މިލިޔަނުން ޓެކްސް ޕޭޔާރސް ފައިސާތައް ކާލައިގެން އެކުދިވެރިންގެ އިއްފަތް ގެއްލުވާލާފަ ވެރިމީހާ ރޮއީ. ދެން އެފޮނުވާލީ ލަންޑަނަށް. ބޯހަލާކު!!

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް