​ހިޔާ ފްލެޓް ސަރަހައްދުގެ މަގުތަށް ނިންމައި ބޭނުންކުރަން ފަށައިފި!

​ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްގީކޮށްފައިވާ ހިޔާ ފްލެޓުތައް ސަރަހައްދުގެ މަގުތަކުގެ ތާރު އެޅުމުގެ މަސައްކަތް ނިންމައި އާންމުން ބޭނުންކުރަން ހުޅުވައިލައިފިއެވެ. ​ހިޔާ ފްލެޓް ސަރަހައްދުގެ މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް ފަށާފައިވަނީ މިދިޔަ އަހަރުގެ މެދު ތެރޭގައެވެ. އަދި ނޮވެމްބަރު މަހު އެ މަސައްކަތް އެއްކޮށް ނިންމާލުމަށް އޭރު އަމާޒުހިފި ނަމަވެސް މަސައްކަތް ނުނިމި ދިގުލައިގެން ގޮސްފައިވަނީ ކޮވިޑް-19 އާ ގުޅިގެން ކަމަށް އެ ކުންފުނިން ކުރިން ބުނެފައިވެ އެވެ. ​އެޗްޑީސީން ބުނީ ހިޔާ ފްލެޓް ސަރަހައްދުގެ […]

​ހަނިމާދޫ އެއަރޕޯޓް ތަރައްގީކުރަން 4 ކުންފުންޏަކުން ޝައުގުވެރިކަން ފާޅުކޮށް ބީލަން ހުށަހަޅައިފި!

​ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއަށް ބީލަން ހުށަހެޅުމަށް ހުޅުވާލި ފުރުސަތުގައި ހަތަރު ކުންފުންޏަކުން ބީލަން ހުށަހެޅި ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފިއެވެ. ​އިކޮނޮމިކް މިނިސްޓްރީން ވިދާޅުވީ އެ އެއާޕޯޓް ތަރައްގީކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހަޅަން ހުޅުވާލި ފުރުސަތު މިއަދު ހަމަވެފައިވާ ކަމަށެވެ. ނަމަވެސް އެ ފުރުސަތުގައި ބީލަން ހުށަހެޅި ކުންފުނިތަކުގެ ތަފްސީލެއް އިކޮނޮމިކް މިނިސްޓްރީން ހާމަކޮށްފައެއް ނުވެއެވެ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްޤީ ކުރުމުގެ މި މަޝްރޫޢުގެ ދަށުން ހަނިމާދޫގައި 46.2 ކިލޯމީޓަރުގެ […]

މެލޭޝިޔާ ގެ ބޯޑަރުތައް އަލުން ހުޅުވާލައިފި!

​ކޮވިޑް-19 ގެ ބަލިމަޑުކަމާ ހެދި ޓޫރިޒަމް ހުއްޓުމަކަށް އައުމަށް ފަހު ސާފުތާހިރުކަމާއި އަދި ރައްކާތެރިކަން ފަތުރުވެރިންނަށް ކަށަވަރު ކޮށްދެމުން މެލޭޝިޔާ ގެ ބޯޑަރުތައް އަލުން ހުޅުވާލައިފި އެވެ. ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރައްވާ ބޭފުޅުން ޤަބޫލު ކުރައްވާ ގޮތުގައި މިފަހަރު ފަތުރުވެރިންނަށް ކުރިއަށްވުރެން ފެންވަރު ރަނގަޅު ޙިދުމަތްތަކެއް ލިބިގެންދާނެއެވެ. ޙިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުމަށް އެ ދާެއިރާގެ މުވައްޒަފުން ވަނީ ވަރަށް ގިނަ މަސައްކަތްތަކެއް ކުރައްވާފައެވެ. މެލޭސިއަން އެސޯސިއޭޝަން އޮފް ޓުއަރ އެންޑް ޓްރެވެލް އެޖެންޓްސް(މާޓާ) ގެ […]

​ޔުކްރޭނަށް ދިވެހިން ދަތުރު ނުކުރަން އަންގައިފި!

​ރަޝިއާއާއި ޔޫކްރެއިންގެ މައްސަލަ ހޫނުވެ ހަނގުރާމައެއް ފަށާފާނެ ކަމުގެ ބިރު ހީވެފައިވާ މި ދަނޑިވަޅުގައި ޔުކްރޭނަށް މިވަގުތު ދިވެހިން ދަތުރު ނުކުރުމަށް ފޮރިން މިނިސްޓްރީއިން އަންގައިފި އެވެ. ​ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ވިދާޅުވެފައިވަނީ ޔޫކްރެއިންގައި މި ވަގުތު ދިރިއުޅެމުންދާ ދިވެހި ރައްޔިތުން އެޤައުމުގެ ސަރުކާރުގެ ނިންމުންތަކާއި އެންގުންތަކަށް ވަރަށް ބޮޑަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުއްވުމަށް ވެސް އިލްތިމާސްކުރާ ކަމަށެވެ. އަދި ޔޫކްރެއިންގައި މިވަގުތު ތިބި ދިވެހި ރައްޔިތުން، ފޮރިން މިނިސްޓްރީ އާއި، އެ […]

ތިން ވަނަ ބޮޑު ހަނގުރާމައިގެ އިންޒާރެއް ބައިޑަން ދީފި!

ރަޝިއާ އާއި އެމެރިކާއިން ހަމަލާ ބަދަލުކުރަން ފަށައިފިނަމަ ތިން ވަނަ ބޮޑު ހަނގުރާމަ ފެށޭނެކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑަން ވިދާޅުވެއްޖެއެވެ. ​ބައިޑެން މިފަދައިން ބުނެފައިވަނީ ރަޝިއާއިން ޔޫކްރޭނަށް ހަމަލާތަކެއް ދޭން ނިންމާފައިވާ ކަމުގެ އިންޓެލިޖެންސް މައުލޫމާތުތަކެއް ލިބުމާއި އެކީ އެންބީސީ ނޫހައް ދެއްވި އިންޓަވިއުއެއްގައެވެ. ​ތިން ވަނަ ބޮޑު ހަނގުރާމަ ފެށިދާނެކަމުގެ ވާހަކަ ބައިޑަން ދައްކަވާފައިވަނީ ރަޝިއާއިން ޔޫކްރޭނަށް ހަމަލާތައް ދޭން ނިންމާފައިވާ ދަނޑިވަޅެއްގައެވެ. ​ރަޝިއާއިން ޔޫކްރޭނަށް ހަމަލާތައް ދޭން ނިންމުމާއި ގުޅިގެން އެމެރިކާއިން ވަނީ […]

​މެލޭޝިއާގެ ބޯޑަރު އަންނަ މާޗް މަހު އާއްމުކޮށް ހުޅުވާލަނީ!

އަންނަ މާޗް މަހުން ފެށިގެން މެލޭޝިއާގެ ބޯޑަރުތައް އަލުން ހުޅުވާލާނެ ކަަމަށް އެ ޤައުމުގެ ނެޝަނަލް ރިކަވަރީ ކައުންސިލްގެ ޗެއާރމަން މުހިއްދީން ޔައްސިން ވަނީ ވިދާޅުވެފައެވެ. މާޗް މަހު މެލޭޝިއާ އަލުން ހުޅުވާލާއިރު އެގައުމަށް އެތެރެވާ މީހުން ކަރަންޓީން ވާކަށް ނުޖެހޭނެއެވެ. ނަމަވެސް އެޤައުމަށް އައުމުގެ ކުރިންނާއި އެޤައުމަށް އެތެރެވުމާއެކު ހުރިހާ ފަރާތްތަކަކުންވެސް އޮން އެރައިވަލް ޕީސީއާރް ކޮވިޑް ޓެސްޓް ހަދަން ޖެހޭ ކަމާށް އެޤައުމުގެ ހެލްތް މިނިސްޓްރީ އިން ވަނީ ލަފާ ދެވާފައެވެ. ކޮރޯނާވައިރަސް ފެތުރޭތީ […]

​ރަޔަން ވަޅުން ނެގިއިރު އޮތީ ނިޔާވެފައި!

​މޮރޮކޯގައި 100 ފޫޓު ފުން ވަޅެއްގެ ތެރޭގައި 5 ދުވަސް ވަންދެން ތާށިވެފައި އޮއްވައި ސަލާމަތް ކުރި ރަޔަން ނިޔާވެއްޖެއެވެ. ​މައުލޫމާތު ލިބޭ ގޮތުގައި ރަޔަން ވަޅުން ނެގި އިރުވެސް އޮތީ ނިޔާވެފައެވެ. ​މޮރޮކޯގެ އޮފިޝަލުން ރަޔަންގެ މަރު ކޮންފާމްކޮށްދިން ނަމަވެސް އިތުރު ތަފްސީލެއް ނުދެއެވެ. ​ރަޔަންގެ ގެ ކައިރީ ހުރި ވަޅަކަށް އޭނާ ވެއްޓި ތާށިވުމާއި އެކު ކަމާބެހޭ ފަރާތްތަކުން ވަނީ ކެނޑިނޭޅި ރަޔަން ސަލާމަތް ކުރުމަށް މަސައްކަތް ކޮށްފައެވެ. ރަޔަން ވެއްޓުނު ވަޅަކީ ވަރަށް […]

​ލަންކާއިން ގެއްލުނު ދިވެހި ޒުވާނާ ޒަޚަމްތަކަކާއެކު މަރާލާފަ އޮއްވާ ފެނިއްޖެ!

​ސްރީލަންކާއިން ގެއްލިގެން ހޯދި ދ. މީދޫ، މާކޯނި، އަފްހަމް ނަސީރު ޒަޚަމްތަކަކާއެކު މަރުވެފައި އޮއްވާ ފެނިއްޖެއެވެ. ​އޭނާ މަރާލާފައި އޮއްވާ ފެނިފައިވަނީ، ލަންކާގެ ދެހިވަލަ ބީޗްގެ ލޭރު ދަގަނޑުގެ ކައިރިންނެވެ. އޭނާގެ ހަށިގަނޑު ފެނުނު އިރު އަތުގައި ވަޅިއެއް އޮތް ކަމަށް ލަންކާގެ ފުލުހުން ވަނީ ބުނެފައެވެ. ​އަފްހާމް ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް މިއަދުގެ ވަގުތެއްގައި ވެއްލަވައްތަ ގޮނޑުދޮށުން މަރުވެފައި އޮތް ދެ މީހެއްގެ ހަށިގަނޑު ވަނީ ފެނިފައެވެ. އޭގެ ތެރޭގައި އަފްހަމްގެ ހަށިގަނޑު އޮތްކަމަށް […]

​ދެރައީސުން މާދަމާ ކޮމަންޑޫ ދާއިރާއަށް!

​މާދަމާ ހެނދުނު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް ރައްޔިތުންގެ މަޖިލިހުގައި ރިޔާސީ ބަޔާން އިއްވެވުމަށް ފަހު، ބައި އިލެކްޝަން ކެމްޕޭނުގައި ބައިވެރިވެ ވަޑައިގަތުމަށް އެމަނިކުފާނާއި ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު ކޮމަންޑޫ ދާއިރާއަށް ވަޑައިގަތުމަށް ހަމަޖެހިއްޖެއެވެ. ​މަައުލޫމާތު ލިބޭ ގޮތުގަައި މެންދުރު 12:30 ހާއިރު ކޮމަންޑޫ ދާއިރާއަށް ދެބޭފުޅުން ފުރައިވަޑައިގަންނަވާނއެވެ. ​ރައީސް ސޯލިހާއި ރައީސް ނަޝީދު ކޮމަންޑޫ ދާއިރާ އަށް ކުރައްވާ ދަތުރުފުގައި ކޮމަންޑޫ، ފޯކައިދޫ އަދި މަރޮށްޓަށް ދެ ރައީސުން އެކުގައި ވަޑައިގަންނަވާނެ އެވެ. […]

​ބޫސްޓާ ޑޯޒް ނުޖަހާނަމަ ހައްޖާ އުމްރާއަށް ނުދެވޭ!

​ކޮވިޑް-19 ވެކްސިންގެ ދެވަނަ ޑޯޒް ޖެހިތާ އަށް މަސް ދުވަސް ފާއިތުވެ، ބޫސްޓަ ޑޯޒް ނުޖަހާ މީހުންނަށް ހައްޖާއި އުމްރާ އަށް ނުދެވޭނެ ކަން ސައުދީ އަރަބިއްޔާ އިން އިއުލާން ކޮށްފިއެވެ. ​ސައުދީގައި ބޫސްޑާ ޑޯޒް އަވަހަށް ޖެހުމަށް ބާރު އެޅުމުގެ ގޮތުން، ދެ ޑޯޒް ޖަހައި އަށް މަސް ވެފައިވާ މީހުން ފެސިލިޓީ ތަކަށާއި މީހުން އެއްވެ އުޅޭ ތަންތަނުގެ އިތުރުން މުނިފޫހިފިލުވާ ތަންތަނާއި އެއާޕޯޓް އަދި އާއްމު ދަތުރުފަތުރު ކުރާ ތަންތަނުގައި ވެސް ނޫޅެވޭ […]