ތިން ވަނަ ބޮޑު ހަނގުރާމައިގެ އިންޒާރެއް ބައިޑަން ދީފި!

Loading

Facebook
Twitter
WhatsApp

ރަޝިއާ އާއި އެމެރިކާއިން ހަމަލާ ބަދަލުކުރަން ފަށައިފިނަމަ ތިން ވަނަ ބޮޑު ހަނގުރާމަ ފެށޭނެކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑަން ވިދާޅުވެއްޖެއެވެ.

​ބައިޑެން މިފަދައިން ބުނެފައިވަނީ ރަޝިއާއިން ޔޫކްރޭނަށް ހަމަލާތަކެއް ދޭން ނިންމާފައިވާ ކަމުގެ އިންޓެލިޖެންސް މައުލޫމާތުތަކެއް ލިބުމާއި އެކީ އެންބީސީ ނޫހައް ދެއްވި އިންޓަވިއުއެއްގައެވެ.

​ތިން ވަނަ ބޮޑު ހަނގުރާމަ ފެށިދާނެކަމުގެ ވާހަކަ ބައިޑަން ދައްކަވާފައިވަނީ ރަޝިއާއިން ޔޫކްރޭނަށް ހަމަލާތައް ދޭން ނިންމާފައިވާ ދަނޑިވަޅެއްގައެވެ.

​ރަޝިއާއިން ޔޫކްރޭނަށް ހަމަލާތައް ދޭން ނިންމުމާއި ގުޅިގެން އެމެރިކާއިން ވަނީ ޔޫކްރޭނަށް ދިފާއީ އެހީތެރިކަން ފޯރުކޮށްދޭން ފަށާފައެވެ. ރަޝިއާއިން ޔޫކްރޭން ހިސޯރުކޮށްފި ހާލަތެއްގައި ޔޫކްރޭނުގައި ހުރި އެމެރިކާގެ އެމްބަސީ ފެއިލްވެދާނެކަމުގެ ބިރު އޮތުމާއެކު އެމެރިކާގެ ސްޓޭޓް ޑިޕާޓްމެންޓުން ވަނީ ވީ އެންމެ އަވަހަކަށް ޔޫކްރޭނުން އެމެރިކާ ރައްޔިތުން ފޭބުމަށް އަންގާފައެވެ.

​ނަމަވެސް ޔޫކްރޭނުގައި ތިބި އެމެރިކާ ރައްޔިތުން އަނބުރާ ގައުމަށް ގެނައުމަށް އެމެރިކާ ސިފައިން ނުފޮނުވާނެކަމަށް ބައިޑެން ވަނީ ވިދާޅުވެފައެވެ.

ބައިޑެން ބުނެފައިވަނީ މިވަގުތު ވާހަކަ ދައްކަމުން އަންނަނީ ނިރުބަވެރި ޖަމާއަތަކާއި ނޫން ކަމަށާއި އެީ ދުނިޔޭގެ އެންމެ ވަރުގަދަ ހަތިޔާރު ތިބި އެންމެ ވަރުގަދަ ސިފައިން ތިބި ގައުމާއި ކަމަށާއި އެހެން ކަމުން މިއީ ވަރަށް ވެސް އުނދަގޫ ދަނޑިވަޅެއް ކަމަށެވެ.

ރަޝިއާއިން ޔޫކްރޭނު ހިސޯރުކޮށްފާނެކަމަށް އެމެރިކާއިން އަންނަނީ ބުނަމުންނެވެ. ނަމަވެސް ރަޝިއާއިން އެފަދަ އަމަލެއް ހިންގުމުގެ ވިސްނުމެއް ނެތްކަމަށް ރަޝިއާގެ ރައީސް ޕޫޓިން ވަނީ ވިދާޅުވެފައެވެ.​ރަޝިއާއާއި ޔޫކްރޭންގެ ހާލަތާއި ގުޅޭ ގޮތުން ބައިޑެން އާއި ރަޝިއާގެ ރައީސް ޕޫޓިން ވާހަކަ ދެއްކުމަށް ވަނީ ނިންމާފައެވެ.

​ރަޝިއާއާއި ޔޫކްރޭނުގެ މައްސަލަ ފިނިކުރުމަށް ޔޫރަޕުގެ ގިނަ ގައުމުތަކުން އަންނަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން ފަރަންސޭސިވިލާތުގެ ރައީސް އެމާނުއެލް މެކްރޯން އާއި އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަން ވަނީ ރަޝިއާގެ ރައީސް ޕޫޓިން އާއެކު މަޝްވަރާކުރުންތަކެއް ބާއްވާފައެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް