​ލަންކާއިން ގެއްލުނު ދިވެހި ޒުވާނާ ޒަޚަމްތަކަކާއެކު މަރާލާފަ އޮއްވާ ފެނިއްޖެ!

Loading

Facebook
Twitter
WhatsApp

​ސްރީލަންކާއިން ގެއްލިގެން ހޯދި ދ. މީދޫ، މާކޯނި، އަފްހަމް ނަސީރު ޒަޚަމްތަކަކާއެކު މަރުވެފައި އޮއްވާ ފެނިއްޖެއެވެ.

​އޭނާ މަރާލާފައި އޮއްވާ ފެނިފައިވަނީ، ލަންކާގެ ދެހިވަލަ ބީޗްގެ ލޭރު ދަގަނޑުގެ ކައިރިންނެވެ. އޭނާގެ ހަށިގަނޑު ފެނުނު އިރު އަތުގައި ވަޅިއެއް އޮތް ކަމަށް ލަންކާގެ ފުލުހުން ވަނީ ބުނެފައެވެ.

​އަފްހާމް ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް މިއަދުގެ ވަގުތެއްގައި ވެއްލަވައްތަ ގޮނޑުދޮށުން މަރުވެފައި އޮތް ދެ މީހެއްގެ ހަށިގަނޑު ވަނީ ފެނިފައެވެ. އޭގެ ތެރޭގައި އަފްހަމްގެ ހަށިގަނޑު އޮތްކަމަށް ފުލުހުން ވަނީ ކަށަވަރު ކޮށްދީފައެވެ.

އަފްހަމް އަކީ ލަންކާގައި ބިޒްނަސް ދާއިރާއިން މަތީ ތައުލީމް ހާސިލް ކުރަމުން ދިޔަ ދަރިވަރެކެވެ. ލަންކާގައި އޭނާ އުޅޭތާ މިހާރު 3 އަހަރު ވެދާނެއެވެ.

​އަފްހަމް އެންމެ ފަހުން ފެނިފައިވަނީ ރޭ ދަންވަރު 11 ޖަހާ ކަންހާއިރުއެވެ. އޭނާގެ ރަޙްމަތްތެރިޔަކު އޮންލައިން ނޫހަކަށް މައުލޫމާތު ދެމުން ބުނެފައިވަނީ އަފްހަމް ރޭ ހުރީ ވަރަށް ޑިޕްރެސްވެފައި ކަމަށެވެ.

Loading

One Response

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް