​ބޫސްޓާ ޑޯޒް ނުޖަހާނަމަ ހައްޖާ އުމްރާއަށް ނުދެވޭ!

Loading

Facebook
Twitter
WhatsApp

​ކޮވިޑް-19 ވެކްސިންގެ ދެވަނަ ޑޯޒް ޖެހިތާ އަށް މަސް ދުވަސް ފާއިތުވެ، ބޫސްޓަ ޑޯޒް ނުޖަހާ މީހުންނަށް ހައްޖާއި އުމްރާ އަށް ނުދެވޭނެ ކަން ސައުދީ އަރަބިއްޔާ އިން އިއުލާން ކޮށްފިއެވެ.

​ސައުދީގައި ބޫސްޑާ ޑޯޒް އަވަހަށް ޖެހުމަށް ބާރު އެޅުމުގެ ގޮތުން، ދެ ޑޯޒް ޖަހައި އަށް މަސް ވެފައިވާ މީހުން ފެސިލިޓީ ތަކަށާއި މީހުން އެއްވެ އުޅޭ ތަންތަނުގެ އިތުރުން މުނިފޫހިފިލުވާ ތަންތަނާއި އެއާޕޯޓް އަދި އާއްމު ދަތުރުފަތުރު ކުރާ ތަންތަނުގައި ވެސް ނޫޅެވޭ ގޮތަށް އެގައުމުގެ މިނިސްޓްރީ އޮފް އިންޓީރިއާއިން ވަނީ ނިންމާފައެވެ.

​ސައުދީގައި ކޮވިޑް ފެތުރުން ކޮންޓްރޯލް ކުރުމަށް އަދި ހައްޖާއި އުމްރާއަށް އެތެރެވާ މީހުންގެ ތެރޭގައި ބަލި ފެތުރުނަ ނުދިނުމަށް އެ ގައުމުގެ ސަރުކާރުން ގެންދަނީ ފިޔަވަޅުތައް އަޅަމުންނެވެ. އެންމެ ފަހުން ގެނައި ބަދަލު ބުނާ ގޮތުން ވެކްސިންގެ ދެވަނަ ޑޯޒް ފުރިހަމަ ކޮށްފައިވާ މީހުންގެ ތެރެއިން އެ ގައުމަށް އެތެރެވެނީ ވެކްސިން ޖެހިތާ 8 މަސް ދުވަސް ނުވާ މީހުންނަށެވެ. އެ މުއްދަތަށް ފަހު އެތެރެވެވޭނީ ބޫސްޓާ ޑޯޒް ޖަހާފައިވާ މީހުންނަށް އެކަންޏެވެ.

​ސައުދީ އަރަބިއްޔާ އިން ބޭނުން ކުރާ ”ތަވައްކަލްނާ“ އެޕްލިކޭޝަނަކީ އެގައުމަށް ދަތުރު ކުރާ އެންމެން ވެސް ބޭނުން ކުރުން މަޖުބޫރު އެޕްލިކޭޝަނެކެވެ. އަދި ހަރަމްފުޅަށް ވަންނަ ސައުދީ އަރަބިއްޔާގެ މީހުން ވެސް އެއެޕްލިކޭޝަން ބޭނުން ކުރަން ޖެހޭނެއެވެ.

​މި އެޕްލިކޭޝަން ބޭނުންކުރެވޭ 70އަށް ވުރެ ގިނަ ގައުމުތަކުގެ ތެރޭގައި ރާއްޖެވެސް ހިމެނެއެވެ. އަދި ސައުދީ އަރަބިއާގެ ރައްޔިތުން އެގައުމުތަކަށް ދަތުރުކުރާއިރު، އަދި މިގައުމުތަކުގެ ރައްޔިތުން ސައުދީއަށް ދަތުރު ކުރާއިރު އެ އެޕްލިކޭޝަން ބޭނުންކުރަން ޖެހެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް