މެލޭޝިޔާ ގެ ބޯޑަރުތައް އަލުން ހުޅުވާލައިފި!

Loading

Facebook
Twitter
WhatsApp

​ކޮވިޑް-19 ގެ ބަލިމަޑުކަމާ ހެދި ޓޫރިޒަމް ހުއްޓުމަކަށް އައުމަށް ފަހު ސާފުތާހިރުކަމާއި އަދި ރައްކާތެރިކަން ފަތުރުވެރިންނަށް ކަށަވަރު ކޮށްދެމުން މެލޭޝިޔާ ގެ ބޯޑަރުތައް އަލުން ހުޅުވާލައިފި އެވެ.

ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރައްވާ ބޭފުޅުން ޤަބޫލު ކުރައްވާ ގޮތުގައި މިފަހަރު ފަތުރުވެރިންނަށް ކުރިއަށްވުރެން ފެންވަރު ރަނގަޅު ޙިދުމަތްތަކެއް ލިބިގެންދާނެއެވެ. ޙިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުމަށް އެ ދާެއިރާގެ މުވައްޒަފުން ވަނީ ވަރަށް ގިނަ މަސައްކަތްތަކެއް ކުރައްވާފައެވެ.

މެލޭސިއަން އެސޯސިއޭޝަން އޮފް ޓުއަރ އެންޑް ޓްރެވެލް އެޖެންޓްސް(މާޓާ) ގެ ރައީސް ޑަޓުކް ޓަން ކޮކް ވިދާޅުވީ ފަތުރުވެރި ކަމުގެ ދާއިރާ އަކީ އަބަދުވެސް އެެންމެންނަށް ވެސް ވަރަށް ރައްކާތެރި މާހައުލެއް ކަށަވަރު ކޮށްދޭ ދާއިރާ އެއް ކަމަށެވެ.

ކޮވިޑް19 އައުމުގެ މާ ކުރިންވެސް ފަތުރުވެރި ކަމުގެ ދާއިރާ އިން އެންމެ އިސްކަމެއް ދީގެން ބެލެހެއްޓީ ސާފުތާހިރުކަމާއި އަދި ރައްކާތެރިކަމަށެވެ. ކޮވިޑް19 ފެތުރެން މެދުވެރިވި ސަބަބަކަށް ފަތުރުވެރި ކަމުގެ ދާއިރާ ނުވާނެ ކަމަށްވެސް ޑަޓުކް ޓަން ވިދާޅުވިއެވެ.

ސިއްހީ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތަކާއެކު ކުރިއަށް އޮތްތާގައި ފަތުރުވެރިކަން އިތުރަށް ކުރިއަށް ގެންދާނެ ކަމަށާއި ފަތުރުވެރިކަމުގެ ދާއިރާއިން ކޮވިޑް19ގެ އެއްވެސް އިހައެއް ފެތުރެން މެދުވެރި ނުވާނެ ގޮތަށް ކަންތައްތަ ރާވާ ހިންގާނެ ކަމަށްވެސް ޓަން ވިދާޅުވިއެވެ.

ބޯޑަރު ބަންދުކޮށްފައި އޮތް ދުވަސްތަކުގައި ގިނަ އެއާރލައިން ތަކުންވެސް ވަނީ ރައްކާތެރިކަން ކަށަވަރުު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާފެއެވެ.

​މާޗް މަހުން ފެށިގެން މެލޭޝިއާގެ ބޯޑަރުތައް އަލުން ހުޅުވާލާނެ ކަަމަށް އެ ޤައުމުގެ ނެޝަނަލް ރިކަވަރީ ކައުންސިލްގެ ޗެއާރމަން މުހިއްދީން ޔައްސިން ވަނީ މީގެ ކުރިންވެސް ވިދާޅުވެފައެވެ.

 

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް