​ރަޔަން ވަޅުން ނެގިއިރު އޮތީ ނިޔާވެފައި!

Loading

Facebook
Twitter
WhatsApp

​މޮރޮކޯގައި 100 ފޫޓު ފުން ވަޅެއްގެ ތެރޭގައި 5 ދުވަސް ވަންދެން ތާށިވެފައި އޮއްވައި ސަލާމަތް ކުރި ރަޔަން ނިޔާވެއްޖެއެވެ.

​މައުލޫމާތު ލިބޭ ގޮތުގައި ރަޔަން ވަޅުން ނެގި އިރުވެސް އޮތީ ނިޔާވެފައެވެ.

​މޮރޮކޯގެ އޮފިޝަލުން ރަޔަންގެ މަރު ކޮންފާމްކޮށްދިން ނަމަވެސް އިތުރު ތަފްސީލެއް ނުދެއެވެ.

​ރަޔަންގެ ގެ ކައިރީ ހުރި ވަޅަކަށް އޭނާ ވެއްޓި ތާށިވުމާއި އެކު ކަމާބެހޭ ފަރާތްތަކުން ވަނީ ކެނޑިނޭޅި ރަޔަން ސަލާމަތް ކުރުމަށް މަސައްކަތް ކޮށްފައެވެ. ރަޔަން ވެއްޓުނު ވަޅަކީ ވަރަށް ހިމަ ވަޅެއް ކަމުން، ވަޅުގެ ތެރެއަށް ނުފޭބެއެވެ. ރަޔަންގެ ރެސްކިއު އޮޕަރޭޝަން ކުރިޔަށް ގެންގޮސްފައިވަނީ، ވަޅުގެ އެއްފަރާތުން ކޮނެގެންނެވެ.

​މިދިޔަ ބުރާސްފަތި ދުވަހު ރަޔަން ވެއްޓުނު ވަޅު ތެރެއަށް ކެމެރާއެއް ތިރިކޮށްގެން ނެގި ފޮޓޯތަކުން އެނގުނު ގޮތުގައި ރަޔަން ހުރީ ސަލާމަތުންނެވެ. ނަމަވެސް އޭރުވެސް ރަޔަން އަށް އަނިޔާތަކެއް ވެފައިވާކަން އެނގެއެވެ.

​ރަޔަން ސަލާމަތް ކުރުމަށް ފަސް ބުލްޑޯޒަރު ހަރަކާތްތެރިވެފައިވާފައިރު، ރަޔަންގެ ސަލާމަތަށް އެދި ޓްވިޓަރުގައި ސޭވް ރަޔަންގެ ނަމުގައި ހޭޝްޓެގްއެއް ވަނީ އާއްމު ވެފައެވެ.

ވަޅުން ރަޔަން ނެގި ވަގުތު އެ ސަރަހައްދަށް ޖަމާވެފައި ތިބި މީހުުންވަނީ، ﷲ އަކްބަރުގެ ކަލިމައިން މުޅި ސަރަހައްދު ގުގުމާލާފައެވެ. އުމުރުން އެންމެ 5 އަހަރުގެ ރަޔަން ނިޔާވީ މުޅި މޮރޮކޯ އާއި ދުނިޔެ ރޮއްވާލާފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް