​ޔުކްރޭނަށް ދިވެހިން ދަތުރު ނުކުރަން އަންގައިފި!

Loading

Facebook
Twitter
WhatsApp

​ރަޝިއާއާއި ޔޫކްރެއިންގެ މައްސަލަ ހޫނުވެ ހަނގުރާމައެއް ފަށާފާނެ ކަމުގެ ބިރު ހީވެފައިވާ މި ދަނޑިވަޅުގައި ޔުކްރޭނަށް މިވަގުތު ދިވެހިން ދަތުރު ނުކުރުމަށް ފޮރިން މިނިސްޓްރީއިން އަންގައިފި އެވެ.

​ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ވިދާޅުވެފައިވަނީ ޔޫކްރެއިންގައި މި ވަގުތު ދިރިއުޅެމުންދާ ދިވެހި ރައްޔިތުން އެޤައުމުގެ ސަރުކާރުގެ ނިންމުންތަކާއި އެންގުންތަކަށް ވަރަށް ބޮޑަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުއްވުމަށް ވެސް އިލްތިމާސްކުރާ ކަމަށެވެ.

އަދި ޔޫކްރެއިންގައި މިވަގުތު ތިބި ދިވެހި ރައްޔިތުން، ފޮރިން މިނިސްޓްރީ އާއި، އެ ޤައުމާ އެންމެ ކައިރީގައި ހުރި ރާއްޖޭގެ ޑިޕްލޮމެޓިކް މިޝަންކަމަށްވާ ޖަރުމަނުވިލާތުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގައި ރެޖިސްޓަރ ކުރުމަށްވެސް ވެސް ފޮރިން މިނިސްޓްރީން ވަނީ އެދިފައެވެ.

​ރަޝިއާ އިން ޔުކްރޭނަށް ހަމަލާތަކެއްދީ އެ ގައުމަށް އަރައިގެންފާނެ ކަމަށް ހުޅަނގުގެ މީޑިއާތަކުން ދަނީ ކެނޑިނޭޅި ރިޕޯޓްކުރަމުންނެވެ. މި ގޮތުން ރަޝިއާއިން ވަނީ ޔޫކްރޭނުގެ ބޯޑަރު ސަރަހައްދުގައި އެއް ލައްކައަށްވުރެ ގިނަ ސިފައިން ތައްޔާރީ ހާލަތުގައި ބައިތިއްބާފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް