ތައިލޭންޑަށް އަންނަ މަހުން ފެށިގެން ކަރަންޓީން ނުވެ ދެވޭނެ!

އަންނަ މަހުން ފެށިގެން ކަރަންޓީނު ނުވެ ތައިލޭންޑަށް ދެވޭނެ ކަމަށް އެގައުމުން ބުނެފިއެވެ. ​ތައިލޭންޑުގެ ސެންޓަރ ފޯ ކޮވިޑް-19 ސިޗުއޭޝަން އެޑްމިނިސްޓްރޭޝަން (ސީސީއެސްއޭ) ބުނެފައިވަނީ އަންނަ މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ”ޓެސްޓް އެންޑް ގޯ“ ސްކީމް ދަށުން އެގައުމަށް އެތެރެ ވެވޭނެ ކަމަށެވެ. ​ޓެސްޓް އެންޑް ގޯ ސްކީމްގެ ދަށުން ތައިލެންޑަށް އެތެރެވާ ހުރިހާ ފަރާތްތަކަކުންވެސް އޮން އެރައިވަލް ޕީސީއާރް ކޮވިޑް ޓެސްޓްގެ އިތުރުން ތައިލެންޑް ސަރުކާރުން ކަނޑައަޅާފައިވާ ފެސިލިޓީއަކުން ދެވަނަ ޕީސީއާރް ކޮވިޑް […]

​ޕްރެޒިޑެންޓްސް ކަޕް: މާޒިޔާ ބަލިކޮށް ވެލެންސިއާއިން ޗެމްޕިއަންކަން ހޯދައިފި!

​ޕްރެޒިޑެންޓްސް ކަޕް ފުޓުބޯޅަ މުބާރާތުގެ ފައިނަލުގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ބަލިކޮށް މުބާރާތުގެ ޗެމްޕިއަންކަން ކުލަބް ވެލެންސިއާ އިން ހޯދައިފިއެވެ. ​ރ. އަލިފުށީގައި މިއަދު ހަވީރު ކުޅުނު މި މެޗުގެ ފުރިހަމަ ވަގުތު ހަމަވި އިރު 1-1އިން އެއްވަރުވެފައިވާތީ ނަތީޖާ ނެރެން އިތުރުވަގުތުގެ ދެ ހާފު ކުޅެންޖެހުނެވެ. ​ވެލެންސިއާއިން މާޒިޔާގެ މައްޗަށް ކުރި ހޯދީ އިތުރު ވަގުތުގެ 15 މިނެޓުގެ ފުރަތަމަ ހާފުގައި، މެޗުގެ 104ވަނަ މިނެޓުގައި މާޓިން ބޯޚަސް ޖަހައިދިން ލަނޑަކާއެކުގައެވެ.​ ​މިއީ ވެލެންސިއާއިން […]

​​ކިންގް ސަލްމާން މިސްކިތް ރޯދައަށް ހުޅުވަން ފައިސާ ދޫކުރަން ނިންމައިފި!

​ކިންގް ސަލްމާން މިސްކިތް ހުޅުވުމަށް ބޭނުންވާ ފައިސާ ދޫކުރުމަށް ފިނޭންސް މިނިސްޓްރީން ނިންމައިފިއެވެ. ​ފިނޭންސް މިނިސްޓްރީގެ ކޮމިއުނިކޭޝަން ޑިރެކްޓަރު ލަމާން ވަހީދު ވިދާޅުވީ، ސަލްމާން މިސްކިތް ރޯދަ މަހަށް ހުޅުވުމަށް ވާން ޖެހޭ ތައްޔާރީތައް ވުމަށް މިނިސްޓްރީން ފައިސާ ހަމަޖައްސާފައިވާ ކަމަށެވެ. އެހެން ނަމަވެސް ފައިސާ ދޫކުރާ ތާރީހެއް ހާމަ ކޮށްފައެއް ނުވެއެވެ. ”ވަރަށް އަވަހަށް އެ ފައިސާ ދޫކުރާނެ“ ލަމާން ވިދާޅުވިއެވެ. ​ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ސައޫދީގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒްގެ […]

​ކޮވިޑް ނަންބަރުތައް 2000 އިން މައްޗަށް!

​އިއްޔެ ރާއްޖެއިން ކޯވިޑް19 އަށް 2137 މީހުން ފައްސިވެއްޖެއެވެ. އިއްޔެ ފެނުނު ކޭސްތަކުގެ ތެރެއިން 547 މީހަކު ފައްސިވެފައިވަނީ މީހުން ދިރިއުޅޭ ރަށަކުންނެވެ. އަދި ރިސޯޓްތަކުން 89 މީހަކާއި ސަފާރީތަކުން 4 މީހަކު ވަނީ ފައްސިވެފައެވެ. އަނެއް 1219 ކޭސް ފެނިފައިވަނީ މާލެ ސަރަހައްދުންނެވެ. އިއްޔެ ރެކޯޑްތަކާއި އެކު ފައްސިވީ މީހުންގެ ޖުމްލަ އަދަދު މިހާރުވަނީ 108,732 އަށް އަރައިފައެވެ. އޭގެ ތެރޭގައި 9,574 އެކްޓިވް ކޭސް ހިމެނޭއިރު 43 ފަރާތަކަށް ދަނީ އެޑްމިޓް ކޮށްގެން ފަރުވާ […]

​މަރަށް މަރު ހިފާކަށް ބޭނުމެއް ނޫން، ބޭނުންވަނީ މަރުގެ ދިޔަ: ޔާމީން ރަޝީދުގެ މަންމަ

​ރަހުމްކުޑަ ގޮތަކަށް މަރާލާފައިވާ ބްލޮގަރު ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގައި ޝާމިލުވާ މީހުންގެ ކިބައިން މަރަށް މަރު ހިފުމަށް ބޭނުން ނުވާ ކަމަށާއި ބޭނުންވަނީ މަރުގެ ދިޔަ ކަމަށް އޭނާގެ މަންމަ މަރިޔަމް ޝަފީގާ ކްރިމިނަލް ކޯޓްގައި ބުނެފި އެވެ. ​ޔާމީންގެ މަންމަ ޝަރީއަތުގެ މަޖިލީހުގައި ބުނެފައިވަނީ ޔާމީނަކީ އިންސާކަށްވީތީ ދިރި ހުރުމުގެ ހައްގު ލިބެންވާނެ ކަމަށް ދެކި އެކަމަށް ވަކާލާތުގެ ކުރި މީހެއް ކަމަށެވެ. އެހެން ކަމުން މި މައްސަލައިގައި ގިސާސް ހިފަން ބޭނުން ނުވާ […]

​ގްރެފިޓީތައް އަލުން ކުރަހާ މީހުން ހޯދައި ގާނޫނީ ފިޔަވަޅު އަޅަނީ!

​ފާރުތަކުގައި ގްރެފިޓީތައް އަލުން ކުރުހާ މީހުން ހޯދައި ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ. ​މާލޭގެ އެކި މަގުތަކުގައި ހުރި ގްރެފިޓީތައް ނައްތާލުމަށް ފުލުހުންނާއި ގުޅިގެން ސިޓީ ކައުންސިލުން މަސައްކަތް ފަށާފައިވަނީ މިދިޔަ އާދިއްތަ ދުވަހުއެވެ. އެ މަސައްކަތުގެ ތެރެއިން މާލޭގެ ގިނަ ސަރަހައްދުގައި ކުރަހާފައިވާ ގްރެފިޓީތައް ކައުންސިލް ވަނީ ފޮހެލާފައެވެ. އެ މަސައްކަތުގެ ތެރެއިން މާލޭގެ ގިނަ ސަރަހައްދުގައި ކުރަހާފައިވާ ގްރެފިޓީތައް ކައުންސިލް ވަނީ ފޮހެލާފައެވެ. ގިނަ ސަރަހައްދުގައި ހުރި ގްރެފިޓީތައް ފޮހުނުތާ މަދު […]

​ސްކޫލްތަކުން ބޭނުންނަަމަ ފަސް ދުވަހު ވެސް ދަރިވަރުން ހާޒިރުކޮށްގެން ކިޔަވައިދެވޭނެ!

​މާލޭ ސްކޫލުތަކުގައި ފުރަތަމަ ހަފްތާގައި މަދުވެގެން ދެ ދުވަހު ދަރިވަރުން ސްކޫލްތަކަށް ހާޒިރުވާގޮތަށް ހަމަޖައްްސާފައިވީ ނަމަވެސް، ސުކޫލުތަކުން ބޭނުން ނަމަ ހުރިހާ ދުވަހަކު ވެސް ދަރިވަރުން ހާޒިރުކޮށްގެން ކިޔަވައިދެވިދާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއްޖެއެވެ. ​އެޑިއުކޭޝަން މިނިސްޓްރީން އިއްޔެ ނެރުނު ނޫސްބަޔާނެއްގައި ބުނީ، ކޮވިޑް ކޭސްތައް އިތުރުވަމުން އަންނާތީ މާލޭ ސްކޫލުތަކުގެ ގްރޭޑް 8-1 ގެ ދަރިވަރުން ފުރަތަމަ ހަފްތާގައި މަދުވެގެން ދެ ދުވަހު ސްކޫލަށް ހާޒިރުވާ ގޮތަށް ޓައިމްޓޭބަލް ރޭވުމަށް ސްކޫލްތަކަށް އަންގައިފައިވާ ކަމަށެވެ. އިއްޔަ […]

​މާލޭ ސްކޫލުތަކަށް ހާއްސަ ފިޔަވަޅުތަކަކާއި އެކު އާދީއްތަ ދުވަހު ކިޔެވުން ފެށަނީ!

​އަންނަ އާދިއްތަ ދުވަހު ދެވަނަ ޓާމްގެ ކިޔެވުން ފެށޭއިރު، ކޮވިޑް-19 އިން ރައްކާތެރިވުމަށް މާލޭގެ ސްކޫލުތަކުގައި ޚާއްސަ ފިޔަވަޅުތަކެއް އަޅައިފިއެވެ. ​އެޑިއުކޭޝަން މިނިސްޓްރީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ، އަނެއްކާވެސް ރާއްޖޭގައި ކޮވިޑް ވައިރަސް ހަލުވިކަމާއެކު ފެތުރެމުން ދާތީ، ރައްކާތެރިކަމުގެ ހާއްސަ ފިޔަވަޅުތަކެއް އެޅުމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އަންގަމުން ދާ ކަމަަށެވެ. އެގޮތުން ​ސްކޫލްގައި ކިޔަވައިދޭ ދަންފަޅި ކުރުކުރުމާއި ގްރޭޑު 1-8 (ކީސްޓޭޖް 1،2،3) ގެ ދަރިވަރުން ފުރަތަމަ ހަފްތާގައި މަދުވެގެން ދެ […]

​ދިވެހި ނޫސްވެރިން ޕާކިސްތާނަށް ފޮނުވައިގެން ތަމްރީނު ކުރަން މަޝްވަރާކޮށްފި!

​ޕާކިސްތާނުގައި ދިވެހި ނޫސްވެރިން ތަމްރީނުކުރަން، މޯލްޑިވްސް މީޑިއާ ކައުންސިލުން ރާއްޖޭގައި ހުންނަ ޕާކިސްތާނު އެމްބަސީއާއެކު މަޝްވަރާކޮށްފިއެވެ. މި މަޝްވަރާ ބައްދަލުވުމުގައި ޕާކިސްތާނުގައި ދިވެހި ނޫސްވެރިން ތަމްރީން ކުރުމުގެ ފުރުސަތު ފަހިކޮށްދެއްވާނެ ކަމަށް ޕާކިސްތާނުގެ އެންބެސެޑަރު ވައިސް އެޑްމިރަލް ވިދާޅުވިއެވެ. އެމްއެމްސީން ބުނީ މި ބައްދަލުވުމުގައި ދިވެހި ނޫސްވެރިން ޕާކިސްތާނަށް ފޮނުވައިގެން ތަމްރީނު ޕްރޮގްރާމްތަކެއް ހިންގުމަށާއި، ޕާކިސްތާންގެ ތައުލީމީ ޚިދުމަތްދޭ މަރުކަޒުތަކުގެ މާހިރުން ދިވެހިރާއްޖެ ގެނެސްގެން ތަމްރީނު ޕްރޮގްރާމްތަކެއް ހިންގުމަށާއި، އޮންލައިންކޮށް މި ދާއިރާގެ ތަމްރީނު ޕްރޮގްރާމްތަކެއް ހިންގުމަށް […]

​ފަތުހީގެ ކެމްޕޭނަށް ރައީސް ޔާމީން ކޮމަންޑޫއަށް ވަޑައިގެންފި!

​ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި އިދިކޮޅު ޕީޕީއެމްގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓް މޫސާ ފަތުހީ އާދަމްގެ ކެމްޕޭނަށް ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ކޮމަންޑޫ ދާއިރާގެ ރަށްތަކަށް ފެއްޓެވި ދަތުރުފުޅުގެ ތެރެއިން ކޮމަންޑޫއަށް ވަޑައިގެންފި އެވެ. ​އެމަނިކުފާނު ކޮމަންޑޫއަށް ވަޑައިގެންފައި ވަނީ މިއަދު ކްރިމިނަލް ކޯޓުގައި އޮތް އެމަނިކުފާނުގެ މައްސަލައިގެ އަޑުއެހުން ނިންމަވާލެއްވުމަށް ފަހުއެވެ. މިއަދު މެންދުރު ފަހުގެ ވަގުތެއްގައި ރައީސް ޔާމީން އެރަށަށް ވަޑައިގެންނެވިއިރު ގިނަ އަދަދެއްގެ ބަޔަކު […]