ފްލައިން ސްކޫލުގެ ކިޔެވުން ރަސްމީކޮށް ފަށައިފި

​އައްޑޫ ސިޓީގައި ހިންގާ މޯލްޑިވިއަން އޭވިއޭޝަން އެކަޑަމީގެ ކިޔެވުން ފަށައިފިއެވެ. ​ޕައިލެޓުން ތަމްރީނު ކުރުމަށް އައިލެންޑް އޭވިއޭޝަން ސާވިސް (އައިއޭއެސް) އާއި މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) ގުޅިގެން ހަދާފައިވާ މޯލްޑިވިއަންގެ އޭވިއޭޝަން ފްލައިން ސްކޫލު ރަސްމީކޮށް އިފްތިތާހުކުރީ މިދިޔަ މަހުގެ 28 ވަނަ ދުވަހު އެވެ. ​ފްލައިން ކުރިއަށް ގެންދިއުމަށް ނިންމައިފައި ވަނީ ރިފްރެޝާ ޕްރޮގްރާމުގައި ދަރިވަރުންގެ ފެންވަރު ބަލައި ވަޒަން ކުރުމަށް ފަހުއެވެ. މި ސްކޫލުގައި ފުރަތަމަ ކުރިއަށް ގެންދަން ހަމަޖެހިފައި ވަނީ 150 […]

ކޮވިޑް 19: އަދަދުތައް މައްޗަށް!

ކޮވިޑް-19 ގެ އާ ވޭރިއަންޓް އާއި އެކު ހަލުވިކަމާއެކު ކޮވިޑް ފެތުރި، އަދަދުތައް މައްޗަށް ދާން ފަށައިފިއެވެ. މިއަދު ރާއްޖެއިން ކޯވިޑް19 އަށް ފައްސިވެފައިވަނީ 337 މީހުންނެވެ. މިއަދު ފެނުނު ކޭސްތަކުގެ ތެރެއިން 129 މީހަކު ފައްސިވެފައިވަނީ މީހުން ދިރިއުޅޭ ރަށަކުންނެވެ.އަދި ރިސޯޓްތަކުން 99 މީހަކާއި ސަފާރީތަކުން 2 މީހަކު ވަނީ ފައްސިވެފައެވެ. އަނެއް 101 ކޭސް ފެނިފައިވަނީ މާލެ ސަރަހައްދުންނެވެ. މިއަދުގެ ރެކޯޑްތަކާއި އެކު ފައްސިވީ މީހުންގެ ޖުމްލަ އަދަދު މިހާރުވަނީ 97,668 އަށް އަރައިފައެވެ. […]

​ނ. އަތޮޅުގެ ބައެއް ރަށްތަކަށް ރައީސް ޞާލިޙް ވަޑައިގަންނަވަނީ!

​ނ. އަތޮޅުގެ ރަށްތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި، އެ އަތޮޅުގެ ފަސް ރަށަކަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވަޑައިގަންނަވަން ހަމަޖެހިއްޖެއެވެ. ​ރައީސް އޮފީހުގެ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވީ، އެމަނިކުފާނު ނ. އަތޮޅު މާފަރު،ލަންދޫ، މަނަދޫ، މަގޫދޫ،ހޮޅުދޫ އަށް ވަޑައިގަތުމަށް މިއަދު ފުރާވަޑައިގަންނަވާނެ ކަމަށެވެ. ​“މި ދަތުރުފުޅުގައި އެ އަތޮޅު ކައުންސިލާއި ރަށު ކައުންސިލްތަކާއި އަދި ރަށްރަށުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެމްބަރުންނާއި އަދި ރައްޔިތުންނާ ރައީސް ބައްދަލުކުރައްވާނެ“ މަބްރޫކް ވިދާޅުވިއެވެ. ​ރައީސް ސޯލިހު […]

ޑރ. އަނާރާ ނައީމް އަދާލަތު ޕާޓީން ވަކިވެއްޖެ!

​ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ ކުރީގެ މެންބަރު އަދި އަދާލަތު ޕާޓީގައި އިސްކޮށް ހުންނެވި ދީނީ އިލްމުވެރިޔާ ޑރ. އަނާރާ ނައީމް އެ ޕާޓީން ވަކިވެއްޖެ އެވެ.​ ​ޢަދާލަތު ޕާޓީން ވަކިވެވަޑައިގަންނަވަން ނިންމެވީ، އެ ޕާޓީގައި ހުންނަވައިގެން ދެން އިތުރަށް ކުރިއަށްދާނެ މަގެއް އޮތްކަމަށް ގަބޫލުނުކުރެއްވޭތީކަމަށް ޑރ. އަނާރާ ނައީމް ވަނީ ވިދާޅުވެފައެވެ. ​އަނާރާ އަދާލަތުން ވަކިވެފައި މިވަނީ އެ ޕާޓީގެ މަސައްކަތްތަކާ ދުރުގައި ހުންނަވާތާ ދުވަސްތަކެއް ފަހުންނެވެ. ​ މި ވަގުތު ބޭނުންވަނީ އެއްވެސް ޕާޓީއަކާ […]

‏ އިނގިރޭސި ވިލާތުގައި ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ހަރުދަނާކޮށްފި!

އޮމިކްރޮން ވޭރިއަންޓް ހަލުވި ކަމާއެކު އިނގިރޭސި ވިލާތުގައި ފެތުރެމުން ދާތީ އެކަން ކޮންޓުރޯލް ކުރުމަށް އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ހަރުދަނާ ކޮށްފިއެވެ. އެގޮތުން އެ ޤައުމަށް ދަތުރުކުރެވޭނީ ނެގެޓިވް ޕީސީއާރް ޓެސްޓަކާއި އެކު ކަމަށާއި އަދި އެ ޤައުމަށް އެތެރެވުމާއެކު ވެސް ޕީސީއާރް ޓެސްޓް ހަދާ އޭގެ ނަތީޖާ ލިބެންދެން ކަރަންޓީންގައި ތިބެންޖެހޭ ގޮތަށް ވަނީ ނިންމާފައެވެ. މި ފިޔަވަޅު ތަކަށް އިތުރު ބަދަލެއް ނައިސް މި އޮތް ގޮތަށް ކުރިއަށް ގެންދާނެ ކަމަށް ބެލެވެނީ މި […]

މާފުށީ ޕިކްނިކް އައިލެންޑް ރަސްމީކޮށް ކައުންސިލާ ހަވާލުކޮށްފި!

​ކ. މާފުށީ ރައްޔިތުން ޕިކްނިކް ދާން ހާއްސަ ކޮށްފައިވާ، އެ ރަށު ފަޅުތެރޭގައި އޮންނަ ”ހިއްކި ބިން“، އެ ރަށު ކައުންސިލާ ހަވާލު ކޮށްފިއެވެ. ​މާފުށި ޕިކްނިކް އައިލެންޑްގެ ބިން ހިއްކުމުގެ އަމަލީ މަސައްކަތް، ޕްލޭނިން މިނިސްޓްރީގެ ފަރާތުން ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާއެވެ. މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތެއްގައި ޕިކްނިކް އައިލެންޑް ކައުންސިލާ ހަވާލުކޮށްދެއްވީ ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމްއާއި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމްއެވެ. މާފުށީ ކައުންސިލްގެ ފަރާތުން ބިމާ […]

​ލޯންްޗްއަކާއި ޑިންގީއެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި!

​ވިލިމާލެ ދެކުނު ފަރާތުން ލޯންޗަކާއި ޑިންގީއެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.   ​ފުލުހުން ވިދާޅުވީ، މިރޭ 18:50ހައިއިރު ވިލިމާލެ ދެކުނުފަރާތުން ލޯންޗަކާއި ޑިންގީއެއް ޖެހި އެކްސިޑެންޓެއް ހިނގައިފައިވާކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.   ​އެކްސިޑެންޓަށްފަހު ޑިންގީ އަޑިއަށް ގޮސްފައިވާ އިރު ދެ ފިރިހެނަކަށް އަނިޔާވެ އައިޖީއެމްއެޗަށް ގެންގޮސް ފަރުވާ ދެމުން ގެންދާ ކަމަށަވެސް ފުލުހުން ވިދާޅުވިއެވެ. އެ މީހުންނަށް ލިބުނު ޒަހަމްތައް އަދި ސާފެއް ނުވެއެވެ.   އެކްސިޑެންޓް ހިނގި ސަރަހައްްދުގައި މިހާރުވެސް ފުލުހުން […]

​ޝައިހް ހަސީނާގެ ދަތުރުފުޅާއި ގުޅިގެން މާލޭގެ ބޮޑު ސަރަހައްދެއް މާދަމާ ބަންދުކުރަނީ!

ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިހް ހަސީނާ ދިވެހިރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުފުޅާ ގުޅިގެން މާދަމާ މާލޭގައި ކުރިއަށްދާ ރަސްމީ ހަރަކާތްތަކާ ގުޅިގެން އެހަރަކާތްތަކަށް މާލޭގެ ހަތަރު ސަރަހައްދެއް ބަންދުކުރުމަށް ނިންމާފައިވާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.   ބަންދުކުރަން ހަމަޖެހިފައިވާ ސަރަހައްދުތައް ބަންދުވާނީ މާދާމާގެ ހެނދުނު 7:00 އިން 20:00 އަށެވެ.   މީގެ އިތުރުން ހަރަކާތްތަކުގެ ތެރެއިން ބައެއް މަގުތައް އެއްގަމު ދަތުރު ތަކަށާއި ފައިމަގުގައި އުޅުއްވާ މަގުތަކަށް ބަދަލުކުރެވޭނެ ކަމަށް ފުލުހުން ބުންޏެވެ.   ​މީގެ އިތުރުން […]

​ބޫސްޓާ ޑޯޒު ޖެހުމަށް ބޭނުންވާ ވެކްސިންގެ އެއްލައްކައަށް ވުރެ ގިނަ ޑޯޒް ގެނެސްފި!

​ކޮވިޑް ވެކްސިން ޕްރޮގްރާމްގެ ދަށުން ބޫސްޓާ ޑޯޒްތައް ޖަހަން ލައްކައަކަށް ވުރެ ގިނަ ވެކްސިންގެ ޑޯޒް ރާއްޖެ ގެނެސްފި އެވެ.​ ​ރާއްޖޭގައި ހުންނަ ޔުނިސެފްގެ އޮފީހުން ކުރި ޓްވީޓުގައި ބުނީ ކޮވެކްސް ފެސިލިޓީގެ ދަށުން އެމެރިކާއިން ހަދިޔާކުރި ފައިޒާގެ 100،620 ޑޯޒު ލިބިފައިވާ ކަމަށެވެ. މިއީ ދުނިޔޭގެ ގައުމުތަކަށް ހަމަހަމަ ކަމާއެކު ވެކްސިން ފޯރު ކޮށްދިނުމަށް ޑަބްލިޔުއެޗްއޯ އިސްވެ އުފައްދާފައިވާ ކޮވެކްސް ފެސިލިޓީ މެދުވެރިކޮށް އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ހަދިޔާ ކުރި ޑޯޒްތައް ކަމަށް ޔުނިސެފުން ވަނީ […]

​އޮމިކްރޮން ފަލަސްތީނުން ފެނިއްޖެ!

​ކޮވިޑް-19 ގެ އިތުރު ވޭރިއަންޓެއް ކަމަށްވާ ”އޮމިކްރޮން ވޭރިއަންޓް“ ފަލަސްތީނުން ވެސް ފެނިއްޖެ އެވެ. ​ފަލަސްތީންގެ ހެލްތު މިނިސްޓްރީން މިއަދު ބުނީ އެގައުމުން ތިން މީހަކު އޮމިކްރޮން ވޭރިއަންޓަށް ފައްސިވެފައިވާ ކަމަށެވެ. ފަލަސްތީން ހެލްތު މިނިސްޓްރީގެ ތަރުޖަމާން ކަމާލް އަލް-ޝަރާހް ވިދާޅުވީ ތިން ސިޓީއެއްގައި ދިރިއުޅުނު ތިން މީހަކު ފަލަސްތީނަށް އެނބުރި އައިފަހުން އެމީހުން އޮމިކްރޮން އަށް ފައްސިވެފައިވާ ކަމަށެވެ. ނަމަވެސް އެތިން މީހުން ފަލަސްތީނަށް އައީ ކޮން ގައުމުތަކަކުން ކަމެއް ތަރުޖަމާން ހާމައެއް ނުކުރައްވައެވެ.އެމީހުންނަކީ ރާމަﷲ، […]