​ނ. އަތޮޅުގެ ބައެއް ރަށްތަކަށް ރައީސް ޞާލިޙް ވަޑައިގަންނަވަނީ!

Loading

Facebook
Twitter
WhatsApp

​ނ. އަތޮޅުގެ ރަށްތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި، އެ އަތޮޅުގެ ފަސް ރަށަކަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވަޑައިގަންނަވަން ހަމަޖެހިއްޖެއެވެ.

​ރައީސް އޮފީހުގެ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވީ، އެމަނިކުފާނު ނ. އަތޮޅު މާފަރު،ލަންދޫ، މަނަދޫ، މަގޫދޫ،ހޮޅުދޫ އަށް ވަޑައިގަތުމަށް މިއަދު ފުރާވަޑައިގަންނަވާނެ ކަމަށެވެ.

​“މި ދަތުރުފުޅުގައި އެ އަތޮޅު ކައުންސިލާއި ރަށު ކައުންސިލްތަކާއި އަދި ރަށްރަށުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެމްބަރުންނާއި އަދި ރައްޔިތުންނާ ރައީސް ބައްދަލުކުރައްވާނެ“ މަބްރޫކް ވިދާޅުވިއެވެ.

​ރައީސް ސޯލިހު އަތޮޅުތަކަށް ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން ހދ، ށ، ރ، އއ އަދި ތ އަތޮޅަށް ރައީސް ވަނީ މިދިޔަ އަހަރު ވަޑައިގެންފައެވެ.

 

Loading

One Response

  1. މަރުޙަބާ ރައިސް. ރައީސްއަށް ހެޔޮވިސްނުންލިބި ހޯމްސްޓޭގެ ކަންތައް ކޮންމެހެން ކުރަންބޭނުންފުޅުވާނަމަ ރަށުކައުންސިލުން އެވެރިން މީހުންގެ ތެރޭގައި އުޅޭއިރު ހެދުން އަޅާނޭ ގޮތުގެ ގަވައިދެއް ހަދާ ތަންފީޒް ކުރާނޭގޮތެއް ނިންމަވާށެވެ. އިލެކްޝަންގައި މަސްވެރީންގެ ޖީބަށް ސީދާ ޑޮލަރު ވައްދަން ވެވުނު ވައުދުވެސް ވީ ބިލާހަކަށެވެ. ވީމާ ބޮޑަށް ރަނގަޅީ ރައީސްވެސް މިހުރިހާ ސަކަރާތެއް ނުޖައްސަވާ ސާފު ސީދާ އިސްލާމް ދީނުގެ ޢަގީދާގެ ތެރެއިން ކުރެވެންހުރި ރަނގަޅުގޮތްތަކެއް ހައްދަވާދެއްވާ ދެވަނަ ޓާމެއްގެ ދަހިވެތިކަން ދޫކޮށްލުމެވެ. ތިޔައީ ނުބައި ނުަލަފާ ބޭފުޅެއްވެސް ނުމެނޫންވިއްޔާއެވެ. ޝުކުރިއްޔާ

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް