‏ އިނގިރޭސި ވިލާތުގައި ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ހަރުދަނާކޮށްފި!

Loading

Facebook
Twitter
WhatsApp

އޮމިކްރޮން ވޭރިއަންޓް ހަލުވި ކަމާއެކު އިނގިރޭސި ވިލާތުގައި ފެތުރެމުން ދާތީ އެކަން ކޮންޓުރޯލް ކުރުމަށް އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ހަރުދަނާ ކޮށްފިއެވެ.

އެގޮތުން އެ ޤައުމަށް ދަތުރުކުރެވޭނީ ނެގެޓިވް ޕީސީއާރް ޓެސްޓަކާއި އެކު ކަމަށާއި އަދި އެ ޤައުމަށް އެތެރެވުމާއެކު ވެސް ޕީސީއާރް ޓެސްޓް ހަދާ އޭގެ ނަތީޖާ ލިބެންދެން ކަރަންޓީންގައި ތިބެންޖެހޭ ގޮތަށް ވަނީ ނިންމާފައެވެ.

މި ފިޔަވަޅު ތަކަށް އިތުރު ބަދަލެއް ނައިސް މި އޮތް ގޮތަށް ކުރިއަށް ގެންދާނެ ކަމަށް ބެލެވެނީ މި ފެށޭ ޖަނަވަރީ މަހުގެ 5 ވަނަ ދުވަހާ ހަމައަށެވެ.

​އިނގިރޭސި ވިލާތުން އެޅި މި ފިޔަވަޅު ތަކުގެ ސަބަބުން އެ ޤައުމުގެ ފަތުރުވެރިކަމަށް ވަނީ ނޭދެވޭ އަސަރުތަކެއް ކޮށްފައެވެ.

​އިނގިރޭސިވިލާތުން މި ވޭރިއަންޓް އަލަށް ފެނިފައި ވަނީ ދެކުނު އެފްރިކާއަށް ދަތުރު ކުރި ދެ މީހުންގެ ކިބައިންނެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް