​ޝައިހް ހަސީނާގެ ދަތުރުފުޅާއި ގުޅިގެން މާލޭގެ ބޮޑު ސަރަހައްދެއް މާދަމާ ބަންދުކުރަނީ!

Loading

Facebook
Twitter
WhatsApp

ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިހް ހަސީނާ ދިވެހިރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުފުޅާ ގުޅިގެން މާދަމާ މާލޭގައި ކުރިއަށްދާ ރަސްމީ ހަރަކާތްތަކާ ގުޅިގެން އެހަރަކާތްތަކަށް މާލޭގެ ހަތަރު ސަރަހައްދެއް ބަންދުކުރުމަށް ނިންމާފައިވާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

 

ބަންދުކުރަން ހަމަޖެހިފައިވާ ސަރަހައްދުތައް ބަންދުވާނީ މާދާމާގެ ހެނދުނު 7:00 އިން 20:00 އަށެވެ.

 

މީގެ އިތުރުން ހަރަކާތްތަކުގެ ތެރެއިން ބައެއް މަގުތައް އެއްގަމު ދަތުރު ތަކަށާއި ފައިމަގުގައި އުޅުއްވާ މަގުތަކަށް ބަދަލުކުރެވޭނެ ކަމަށް ފުލުހުން ބުންޏެވެ.

 

​މީގެ އިތުރުން ހަރަކާތްތަކުގެ ތެރެއިން ބައެއް މަގުތައް އެއްގަމު ދަތުރު ތަކަށާއި ފައިމަގުގައި އުޅުއްވާ މަގުތަކަށް ބަދަލުކުރެވޭނެ ކަމަށް ފުލުހުން ބުންޏެވެ.

 

އެގޮތުން ބައްދުކުރާ ބައެއް މަގުތަކަކީ:

 

ބޮޑުތަކުރުފާނު މަގު އެމްއެމްއޭ ކައިރި

އޯކިޑްމަގު/ ޖޫމްހޫރީ މައިދާން ޖަންގްޝަން

ބޮޑުތަކުރުފާނު މަގު/ ބީއެމްއެލް ކައިރިން (ލޮޓަސް ގޯޅި)

ނާދީ ގޯޅި

އަމީރު އަޙްމަދު މަގު/ ފިނިހިޔާ ގޯޅި ކަންމަތި

ސޯސަންމަގު/ މެދުޒިޔާރަތްމަގު ޖަންގްޝަން

އަބަދަށްފެހިމަގު/ ގުލޭނޫރަންމަގު ކަންމަތި

ގުލޭނޫރަންމަގު/ ކަރަންކާމަގު ކަންމަތި

ހިތަށްފިނިވާމަގު/ކަރަންކާމަގު ކަންމަތި

ކަޅުހުރާމަގު/ހަދީބީ މަގު ކަންމަތި

ހުސްނުހީނާމަގު/ ބޮކަރުމާ ގޯޅި ކަންމަތި

ނޫރާނީ ގޯޅި/ ހިތަށްފިނިވާމަގު ކަންމަތި

މެދުޒިޔާރަތްމަގު/ ދަރުމަވަންތަ ސްކޫލު ކަންމަތި

ޝަހީދު އާދަމް ނަސީރު ހިނގުން

ޝަހީދު ޢަބްދުﷲ ޒުހައިރު ހިނގުން

 

​މީގެއިތުރުން އެސަރަހައްދުތަކުގައި ހިމެނޭ ޕާކިންގ ޒޯންތަކުގައި މިރޭގެ 20:00 އިން ފެށިގެން ޑިސެމްބަރު 23 ވަނަ ދުވަހުގެ 20:00 އާހަމައަށް ޕާކް ނުކުރެވޭނެ ކަމަށް ފުލުހުން ވިދާޅުވިއެވެ. މިވަގުތުތަކުގައި އެސަރަހައްދުތަކުގައި ހުރި ޕާކިންގ ޒޯންތަކުގައި ނުނަންގަވާ ހުރި އުޅަނދެއްވާނަމަ، ހަމަޖެހިފައިވާ އުސޫލުގެ ތެރެއިން އެއުޅަނދުތައް ޓޯވކުރުމުގެ މަސައްކަތް ފުލުހުން ކުރަމުންދާނެ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

 

​މިއަދުގެ 18:00 އިން ފެށިގެން އިއްޒުއްދީން ފާލަން ހިމެނޭ ސަރަހައްދުގެ ފަޅުތެރެއަށް އޮޑިދޯނި ފަހަރާއި ލޯންޗު، ޑިންގީ ފަދަ ތަކެތި ވަނުން ވެސް ވަނީ މަނާކޮށްފައެވެ. އެހެންކަމުން އެސަރަހައްދު ބޭނުންކުރާ ފެރީތަކުން ދަތުރުކުރައްވާ ބޭފުޅުން ފެރީދަތުރު ރާވާ އެޖެންޓުން މެދުވެރިކޮށް ލަފާ ފުރާ ސަރަހައްދަށް އައިސްފައިވާ ބަދަލު އޮޅުންފިލުވައި، ކަނޑައަޅާ ސަރަހައްދުތަކަށް ވަޑައިގެންނެވުމަށް ފުލުހުން އިލްތިމާސް ކުރައްވައެވެ.

 

​މީގެއިތުރުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ވަޑައިގަންނަވާ ބޭފުޅުން އެމްއޭސީއެލް އިން ކަނޑައަޅުއްވާފައިވާ ގޮތަށް އަމަލުކުރުމަށާއި ރަސްމީ ހަރަކާތްތައް ކުރިއަށްދާ ވަގުތުތަކުގައި ވެލާނާ ބިލްޑިންގ، ހުރަވީ ބިލްޑިންގ، ޣާޒީ ބިލްޑިންގ އަދި ބަންދުކުރެވޭ ސަރަހައްދުގައި ހިމެނޭ އޮފީސްތަކަށް ވަޑައިގަންނަވާ މުވައްޒަފުން އެސަރަހައްދަށް ވަދެވޭނީ ބަންޑާރަކޮށްޓާއި ހުކުރު މިސްކިތުގެ އުތުރުން އޮންނަ ޝަހީދު އާދަމް ނަސީރު ހިނގުމުން އެސަރަހައްދުގައި ހަރަކާތްތެރިވާ ފުލުހުންގެ ބެލުމުގެ ދަށުން ފުލުހުން އަންގާ ގޮތެއްގެ މަތިން ކަމަށް ފުލުހުން މައުލޫމާތު ދެއްވައެވެ.

 

​ބަންގްލަދޭޝްގެ ބޮޑުވަޒީރުގެ ރަސްމީ ދަތުރުފުޅާ ގުޅިގެން ސިނަމާލެ ބްރިޖްގެ އޮޕަރޭޝަނަށް އެއްވެސް ބަދަލެއް ގެނެސްފައިނުވެއެވެ. އަދި ކުރިއެކޭ އެއްގޮތަށް އާއްމު ދަތުރު ފަތުރަށް ބްރިޖް ބޭނުންކުރެވޭނެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް