​ލޯންްޗްއަކާއި ޑިންގީއެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި!

Loading

Facebook
Twitter
WhatsApp

​ވިލިމާލެ ދެކުނު ފަރާތުން ލޯންޗަކާއި ޑިންގީއެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.

 

​ފުލުހުން ވިދާޅުވީ، މިރޭ 18:50ހައިއިރު ވިލިމާލެ ދެކުނުފަރާތުން ލޯންޗަކާއި ޑިންގީއެއް ޖެހި އެކްސިޑެންޓެއް ހިނގައިފައިވާކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.

 

​އެކްސިޑެންޓަށްފަހު ޑިންގީ އަޑިއަށް ގޮސްފައިވާ އިރު ދެ ފިރިހެނަކަށް އަނިޔާވެ އައިޖީއެމްއެޗަށް ގެންގޮސް ފަރުވާ ދެމުން ގެންދާ ކަމަށަވެސް ފުލުހުން ވިދާޅުވިއެވެ. އެ މީހުންނަށް ލިބުނު ޒަހަމްތައް އަދި ސާފެއް ނުވެއެވެ.

 

އެކްސިޑެންޓް ހިނގި ސަރަހައްްދުގައި މިހާރުވެސް ފުލުހުން ހަރަކާތްތެރިވަމުން އަންނައިރު އެ ދިމާއިން ކަނޑުތެރެއަށް ޑިންގީ އަޑިއަށް ގޮސްފައިވާތީ އެ ސަރަހައްދުން ދަތުރު ކުރާއިރު ސަމާލުވާން ވަނީ އިލްތިމާސްކޮށްފަ އެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް