ޑރ. އަނާރާ ނައީމް އަދާލަތު ޕާޓީން ވަކިވެއްޖެ!

Loading

Facebook
Twitter
WhatsApp

​ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ ކުރީގެ މެންބަރު އަދި އަދާލަތު ޕާޓީގައި އިސްކޮށް ހުންނެވި ދީނީ އިލްމުވެރިޔާ ޑރ. އަނާރާ ނައީމް އެ ޕާޓީން ވަކިވެއްޖެ އެވެ.​

​ޢަދާލަތު ޕާޓީން ވަކިވެވަޑައިގަންނަވަން ނިންމެވީ، އެ ޕާޓީގައި ހުންނަވައިގެން ދެން އިތުރަށް ކުރިއަށްދާނެ މަގެއް އޮތްކަމަށް ގަބޫލުނުކުރެއްވޭތީކަމަށް ޑރ. އަނާރާ ނައީމް ވަނީ ވިދާޅުވެފައެވެ.

​އަނާރާ އަދާލަތުން ވަކިވެފައި މިވަނީ އެ ޕާޓީގެ މަސައްކަތްތަކާ ދުރުގައި ހުންނަވާތާ ދުވަސްތަކެއް ފަހުންނެވެ.

​ މި ވަގުތު ބޭނުންވަނީ އެއްވެސް ޕާޓީއަކާ ނުގުޅި ހުންނަން ކަމަށާއި ނަމަވެސް ސިޔާސީ މައިދާނުން ދުރަށް ދިއުމަށް ވިސްނަވާފައި ނުވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އަދި ސިޔާސީ ގޮތުން ކުރިއަށްދާނެ ގޮތަކާ މެދު ފަހުން ގޮތެއް ނިންމަވާނެ ކަމަށް އަނާރާ ވިދާޅުވިއެވެ.

​އަދާލަތު ޕާޓީން ސިޔާސީ މައިދާނަށް ނުކުމެވަޑައިގަތް އަނާރާ އެ ޕާޓީން ވަކިވިއިރު ހުންނެވީ އެ ޕާޓީގެ އިލްމެވެރިންގެ މަޖިލީހުގައެވެ. އަދި ވޭތުވެދިޔަ ދުވަސްތަކުގައި އެ ޕާޓީގެ އިސްވެރިންނާއި އާންމު މެންބަރުންގެ ފަރާތުން ލިބުނު އެއްބާރުލުމަށް އަނާރާ ވަނީ ޝުކުރު އަދާކުރައްވާފައެވެ.

ސަރުކާރު ކޯލިޝަންގައި އޮތް އަދާލަތު ޕާޓީގެ މެންބަރުންގެ އަދަދު ބޮޑު ތަނުން ދަށްވެ ޕާޓީގެ ހަރަކާތްތައް މުޅީންހެން ވަނީ ހުއްޓިފައެވެ. އަދާލަތުގެ އެންމެ މުހިންމުކޮށް ފާހަގަކުރެވުނު ކުރީގެ ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފްވެސް ވަނީ އެ ޕާޓީ ދޫކޮށްލައްވާފައެވެ.

ޑރ.އަނާރާ މެންބަރުކަން ކުރެއްވީ 18 ވަނަ މަޖިލީހުގައެވެ. ރައްޔިތުންގެ މަޖިލީހުގައި މިހާތަނަށް އަދާލަތު ތަމްސީލުކުރި ހަމައެކަނި މެންބަރަކީ އަނާރާ އެެވެ.

Loading

One Response

  1. ތިޔައިން އަޅުގަނޑަށް ދޭހަވާނީ އެ ޕާޓީގެ އިސްސަފު ބަދަލުކުރުން ނޫން ގޮތެއް މިހާރު ނެތްކަން.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް