​ހަލުވި ކަމާއެކު ފެތުރެމުން އަންނަ އޮމިކްރޮން ވޭރިއަންޓް ރާއްޖެއިން ފެނިއްޖެ!

ކޮވިޑް-19 އައު ވޭރިއަންޓެއް ކަމަށްވާ އޮމިކްރޮން ރާއްޖެއިން ފެނިއްޖެއެވެ. ​އެޗްޕީއޭ އިން ވިދާޅުވީ ރާއްޖެ އިން އޮމިކްރޮން އަށް ފައްސިވެފައި ވަނީ ފަތުރުވެރިއެއް ކަމަށެވެ. ނަމަވެސް އޭނާ އަކީ ކޮން ގައުމަކަށް ނިސްބަތްވާ މީހެއް ކަމެއް، އަދި އޭނާ ކޮވިޑަށް ފައްސިވީ ކޮންއިރަކު ކަމެއް އެޗްޕީއޭ އިން ހާމައެއް ނުކުރެއެވެ. ​ވޭރިއަންޓް ކަށަވަރު ކުރެވިފައިވަނީ ފަތުރުވެރިޔާ ކޮވިޑް-19 އަށް ފައްސިވުމުން، ޖިނޮމިކް ސީއުއެންސް ހެދުމުން ކަމަށްވެސް އެ ފަރާތުން ވިދާޅުވިއެވެ. ​އެޗްޕީއޭ އިން ވިދާޅުވީ އޮމިކްރޮން އަށް […]

​އަޑުބަރޭ 12000 ރުފިޔާއިން ޖޫރިމަނާކޮށް ހަ މެޗަށް ސަސްޕެންޑުކޮށްފި!

​މިދިޔަ ނޮވެމްބަރު މަހު ޝްރީ ލަންކާގައި ބޭއްވި ”ރާޖަޕަކްސަ ފުޓްބޯޅަ“ މުބާރާތުގައި ސީޝެލްސްއާ ދެކޮޅަށް ރާއްޖެ ކުޅުނު މެޗުގައި އެ ޓީމުގެ ކުޅުންތެރިޔަކަށް ގަސްތުގައި އަނިޔާ ދިން މައްސަލައިގައި ޤައުމީ ޓީމުގެ އަސްހަދު އަލީ (އަޑުބަރޭ) ހަ މެޗަށް ސަސްޕެންޑްކޮށް 12،000 ރުފިޔާއިން ޖޫރިމަނާކޮށްފިއެވެ. ​ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ޑިސިޕްލިނަރީ ކޮމިޓީން ވަނީ ޑިސިޕްލިނަރީ ކޯޑުގެ 37 ވަނަ މާއްދާގެ ދަށުން މި ކަން ތަންފީޒުކުރަން އެފްއޭއެމަށް މިހާރު އަންގައިފައެވެ. ސީޝެލްސްއާ 0-0 […]

‏ރައީސް ޔާމީންގެ އެތައް ހާސް ސަޕޯޓަރުންނެއް ކާނިވާ ސަރަހައްދު ފުރާލައިފި!

​އިދިކޮޅު ޕްރޮގްރަސިވް ކޯލިޝަނުން ކާނިވަލުގައި ބާއްވާ ”މަރުޙަބާ ރައީސް ޔާމީން“ ޖަލްސާ އަށް އެ މަނިކުފާނުގެ ސަޕޯޓަރުން އެ ސަރަހައްދު ފުރާލައިފިއެވެ. ​ކާނިވާ ސްޓޭޖް ކައިރީގައި ޖަލްސާ ބާއްވަން ހާއްސަ ސަރަހައްދުގެ އިތުރުން ވަށައިގެން އޮންނަ ހުސް ސަރަހައްދުގައި ވެސް ގޮނޑި ޖަހާފައި ވާއިރު ޖަލްސާ ފެށުމުގެ ކުރިން ހުރިހާ ގޮނޑިއެއް ވަނީ ފުރިފައެވެ. ”މަރުޙަބާ ރައީސް ޔާމީން“ ޖަލްސާއަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން 5 އަހަރުގެ ޖަލު ހުކުމުން މިނިވަން ވުމުން އެކަން ފާހަގަ […]

​ބައެއް ޤައުމުތަކުން ކަނޑު އުޅަނދުފަހަރު ރާއްޖެ އައުން މަނާ ކޮށްފި!

​ދެކުނު އެފްރިކާއިން ކޮވިޑް-19 ގެ އައު ވޭރިއަންޓު އޮމިކްރޯން ފެނުމާއި ގުޅިގެން ދެކުނު އެފްރިކާ ސަރަހައްދުގެ ހަތް ޤައުމަކުން އަންނަ ކަނޑުއުޅަނދުތައް ކަމުގައިވާ ކާގޯ ބޯޓުތަކަށް ރާއްޖޭގެ ޕޯޓުތައް ބަންދު ކުރަން ޓްރާންސްޕޯޓް އޮތޯރިޓީން ނިންމައިފިއެވެ. ދެކުނު އެފްރިކާ ސަރަހައްދުން ރާއްޖެ އަށް މީހުން އެތެރެވުން މަނާ ކުރި 7 ޤައުމު ތެރޭގައި އެފްރިކާ އާއި، ނެމީބިއާ، މޮޒަންބީކް، ލެސޯތޯ، ބޮޓްސްވާނާ، ޒިންބާބްވޭ އަދި އެސްވަޓިނީ ހިމެނެއެވެ. ​ޓްރާންސްޕޯޓު އޮތޯރިޓީން ނެރުނު ސާކިއުލާއެއްގައި ވިދާޅުވީ، އެ ހަތް […]

ރައީސް ޔާމީން ރާއްޖެ އިން ބޭރަށް ފުރުން މަނާކޮށް އަމުރު ނެރެފި!

​ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް، ރާއްޖެ އިން ބޭރަށް ފުރުން މަނާކޮށް ކްރިމިނަލް ކޯޓުން އަމުރު ނެރެފިއެވެ. ​ފުރުން މަނާކުރުމުގެ އަމުރަކަށް ފުލުހުން އެދިފައިވަނީ، ގއ. ވޮޑަމުލާ މައްސަލައިގައި އެމަނިކުފާނުގެ މައްޗަށް އިއްވާފައިވާ ފަސް އަހަރުގެ ޖަލު ހުކުމް ސުޕްރީމް ކޯޓުން މިއަދު ބާތިލްކުރުމާ ގުޅިގެންނެވެ. ​ފުރުން މަނާކުރުމުގެ އަމުރު ކޯޓުން ނެރެދީފައިވަނީ ހަތް ދުވަހުގެ މުއްދަތެއް ކަމަށް ވެސް ފުލުހުން ބުނެއެވެ. މި އަމުރު ނެރެފައި މިވަނީ ރައީސް އަބްދުﷲ ޔާމީނުގެ މައްޗަށް އިއްވި […]

​ކޮވިޑް-19: އައު ވޭރިއަންޓެއް ފެނިއްޖެ!

​ޗައިނާގެ ވޫހާން ސިޓީން ކޮވިޑް-19 ފެނުނުތާ ދެ އަހަރެއްހާ ދުވަސް ފަހުން، ކޮވިޑް-19 ގެ އިތުރު ވޭރިއަންޓެއް ކަމަށްވާ ”އޮމިކްރޮން ވޭރިއަންޓް“ ފެނިއްޖެ އެވެ. ​“އޮމިކްރޮން ވޭރިއަންޓް“ އެންމެ ފުރަތަމަ ފެނިފައިވަނީ ދެކުނު އެފްރިކާއިންނެވެ. ​މި ވޭރިއެންޓް ފެނިގެން ޑަބްލިއުއެޗްއޯ އިން އެންމެ ފުރަތަމަ ރިޕޯޓު ކޮށްފައިވަނީ މި މަހުގެ 24ވަނަ ދުވަހުއެވެ. ރިޕޯޓުތައް ބުނާގޮތުން މިހާތަނަށް ބޮޓްސްވާނާ، ބެލްޖިއަމް، ހޮންގކޮންގ އަދި އިސްރާއިލުން ވެސް މި ވޭރިއެންޓް ދެނެގަނެވިފައިވެއެވެ. ​އޮމައިކްރޯން ގިނަ ގައުމުތަކުން މިހާރު ފެންނަމުން […]

އާންމު މަޖިލީހުގެ ރައީސް، ޗައިނާގެ ފޮރިން މިނިސްޓަރާ ބައްދަލުކޮށްފި!

​އދ.ގެ އާންމު މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ޗައިނާގެ ފޮރިން މިނިސްޓަރު ވާންގް ޔީއާ ބައްދަލުކުރައްވައިފިއެވެ. ޗައިނާ ސަރުކާރުގެ ދައުވަތަކަށް މިނިސްޓަރު ޝާހިދު މިކުރައްވާ ދަތުރުފުޅަކީ 3 ދުވަހުގެ ރަސްމީ ދަތުރުފުޅެކެވެ. ​މި ބައްދަލުކުރެއްވުމުގައި މޫސުމީ ބަދަލުތަކާއި މަލްޓިލޭޓަރަލިޒަމް އާއި އދގެ ހިންގުން ހަރުދަނާކުރުން އަދި ޗައިނާގެ ގްލޯބަލް ޑިވެލޮޕްމަންޓް އިނީޝިއޭޓިވް އާ ބެހޭ ގޮތުން މަޝްވަރާކުރެއްވިކަމަށް މިނިސްޓަރު ޝާހިދު ވިދާޅުވިއެވެ. އަދި އެމަނިކުފާނުގެ އުއްމީދުގެ ރިޔާސަތަށް ޗައިނާގެ ތާއީދު އެބައޮތްކަމަށްވެސް […]

​އޭލެވެލް އިމްތިޙާންތަށް އޮކްޓޯބަރ/ނޮވެމްބަރ އަށް ފަސްކޮށްފި!

​މަތީ ސާނަވީ ނިންމުމަށް ފަހު ހަދައި އޭލެވެލް އިމްތިހާނު ދެން ރާއްޖޭގައި ހަދާނީ އޮކްޓޯބަރު ނޮވެމްބަރުގައިކަމަށް އެޑިއުކޭޝަން މިނިސްޓްރީން ކަނޑައަޅައިފިއެވެ. މިނިސްޓްރީއިން މިއަދު ސުކޫލްތަކަށް ފޮނުވި ސާރކިޔުލަރގައި ވާގޮތުން އޮގަސްޓުގައި ދިރާސީ އަހަރު ފެއްޓުމަށްފަހު މެއި/ޖޫންގެ އިމްތިޙާންތަކަށް ދަރިވަރުން ތައްޔާރުކުރުމަށް ދަތިތަކެއް ހުރި ކަމަށް ސުކޫލްތަކުން ވަނީ ފާހަގަ ކޮށްފައެވެ. ​“ސްކޫލްތަކުން ފާހަގަކުރާ ގޮތުގައި، މޭ ޖޫންގައި އިމްތިހާނު ހަދާނަމަ، ގައިޑެޑް ލާނިންގެ ގޮތުގައި ދަރިވަރުންނަށް ބޭނުންވާ 180 ގަޑިއިރު ހަމަކުރުމަށް ދަތިވާނެ،“ ސާކިއުލާގައި ބުންޏެވެ. އެއާއެކު […]

​ސިނަމާލޭ ބްރިޖުގެ ބައެއް ލޭންތައް ބަންދު ކުރަނީ!

​މިރެއިން ފެށިގެން ސިނަމާލެ ބުރިޖުގެ ލޭންތަކެއް ވަގުތީ ގޮތުން ބަންދުކުރަން ނިންމާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.   ​ޓްރެފިކް ފުލުހުން މިއަދު ކުރި ޓުވިޓެއްގައި ވިދާޅުވީ، މިރޭ 23:30އިން ފެށިގެން މާދަމާ ފަތިހު 5:00 ޖެހުމާއި ހަމައަށް ހުޅުމާލެއިން މާލެއަށް ދަތުރުކުރާ ލޭން ބަންދުވާނެ ކަމަށާއި މާދަމާ ރޭ 23:30 އިން ފެށިގެން އޭގެ އަނެއް ދުވަހު ފަތިހު 5:00 ޖެހުމާއި ހަމައަށް މާލެއިން ހުޅުމާލެ ދަތުރު ކުރާ ލޭން ބަންދު ވާނެ ކަމަށެވެ.   ​މި […]

​ސިފައިންގެ މީހާ ރަހީނުކޮށް އަނިޔާކުރި ވާހަކަ ފުލުހުން ދޮގުކޮށްފި!

​މާލޭގެ މަގުމަތިން ރޭ މީހަކު ރަހީނުކޮށް އަނިޔާކޮށްފައިވާ ކަމަށް އަޑުފެތުރިފައިވި ނަމަވެސް އެފަދަ ކަމެއް ހިނގާފައިނުވާ ކަމަށް ފުލުހުން މިރޭ ބުނެފި އެވެ. ​އެމްއެންޑީއެފްގެ ކޯސްޓްގާޑުގައި މަސައްކަތް ކުރަމުންދާ ހަސަން ފަހީމް، 37، ރަހީނުކޮށް ޕާކެއްގެ ތެރެއަށް އެއްލާލި ކަމަށް އޭނާގެ އާއިލާ އާއި އެމްއެންޑީއެފްއިން ބުނި ނަމަވެސް އެއީ އެކަން ހިނގިގޮތް ނޫން ކަމަށް ފުލުހުން ވަނީ ބުނެފައެވެ. ​މި ހާދިސާގައި ސިފައިންގެ މީހާއަށް އަނިޔާވެފައިވާ ސަބަބު ދެނެގަތުމަށް އިތުރަށް މައްސަލަ ތަހުގީގު ކުރަމުން އަންނަ […]