ރައީސް ޔާމީން ރާއްޖެ އިން ބޭރަށް ފުރުން މަނާކޮށް އަމުރު ނެރެފި!

Loading

Facebook
Twitter
WhatsApp

​ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް، ރާއްޖެ އިން ބޭރަށް ފުރުން މަނާކޮށް ކްރިމިނަލް ކޯޓުން އަމުރު ނެރެފިއެވެ.

​ފުރުން މަނާކުރުމުގެ އަމުރަކަށް ފުލުހުން އެދިފައިވަނީ، ގއ. ވޮޑަމުލާ މައްސަލައިގައި އެމަނިކުފާނުގެ މައްޗަށް އިއްވާފައިވާ ފަސް އަހަރުގެ ޖަލު ހުކުމް ސުޕްރީމް ކޯޓުން މިއަދު ބާތިލްކުރުމާ ގުޅިގެންނެވެ.

​ފުރުން މަނާކުރުމުގެ އަމުރު ކޯޓުން ނެރެދީފައިވަނީ ހަތް ދުވަހުގެ މުއްދަތެއް ކަމަށް ވެސް ފުލުހުން ބުނެއެވެ.

މި އަމުރު ނެރެފައި މިވަނީ ރައީސް އަބްދުﷲ ޔާމީނުގެ މައްޗަށް އިއްވި ފަސް އަހަރުގެ ހުކުމް ސުޕްރީމް ކޯޓުން ބާތިލް ކުރިތާ ހައެއްކަ ގަޑިއިރުގެ ތެރޭގައެވެ.

​ރައީސް ޔާމީންގެ މައްޗަށް އުފުލި މަނީ ލޯންޑަރިންގެ ފުރަތަމަ ދައުވާ އިން އެމަނިކުފާނު މިއަދު ސަލާމަތްވެ ވަޑައިގެންނެވި ނަމަވެސް އެމަނިކުފާނުގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިންގެ އިތުރު ދެ ދައުވާ އެއް އަދިވެސް އެބައޮތެވެ. އެއީ ރ. ފުއްގިރި އާއި ވ. އާރަށު މައްސަލާގައި އުފުލާފައިވާ ދެ ދައުވާއެވެ.

ރައީސް ޔާމީންގެ މައްސަލަ ސުޕްރީމް ކޯޓުގައި ބެއްލެވީ ތިން ފަނޑިޔާރުންގެ ބެންޗަކުންނެވެ. ރިޔާސަތުގައި އިންނެވީ ފަނޑިޔާރު މަހާޒް އަލީ ޒާހިރެވެ. ދެން ތިއްބެވީ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރުއާއި، ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމްއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް