​ކޮވިޑް-19: އައު ވޭރިއަންޓެއް ފެނިއްޖެ!

Loading

Facebook
Twitter
WhatsApp

​ޗައިނާގެ ވޫހާން ސިޓީން ކޮވިޑް-19 ފެނުނުތާ ދެ އަހަރެއްހާ ދުވަސް ފަހުން، ކޮވިޑް-19 ގެ އިތުރު ވޭރިއަންޓެއް ކަމަށްވާ ”އޮމިކްރޮން ވޭރިއަންޓް“ ފެނިއްޖެ އެވެ.

​“އޮމިކްރޮން ވޭރިއަންޓް“ އެންމެ ފުރަތަމަ ފެނިފައިވަނީ ދެކުނު އެފްރިކާއިންނެވެ.

​މި ވޭރިއެންޓް ފެނިގެން ޑަބްލިއުއެޗްއޯ އިން އެންމެ ފުރަތަމަ ރިޕޯޓު ކޮށްފައިވަނީ މި މަހުގެ 24ވަނަ ދުވަހުއެވެ. ރިޕޯޓުތައް ބުނާގޮތުން މިހާތަނަށް ބޮޓްސްވާނާ، ބެލްޖިއަމް، ހޮންގކޮންގ އަދި އިސްރާއިލުން ވެސް މި ވޭރިއެންޓް ދެނެގަނެވިފައިވެއެވެ.

​އޮމައިކްރޯން ގިނަ ގައުމުތަކުން މިހާރު ފެންނަމުން އަންނައިރު، ބަލި ފެތުރުން ހުއްޓުވުމަށް ޓަކައި ދެކުނު އެފްރިކާގެ ގައުމުތަކަށް ދަތުރު ކުރުމާއި އެސަރަހައްދުގެ ގައުމުތަކުން މީހުން އެހެން ގައުމުތަކަށް އެތެރެވުން މިހާރު ވަނީ މަނާ ކޮށްފައެވެ.

ގައުމުތަކުން މި ފިޔަވަޅުތައް އަޅަން ފަށާފައިވަނީ މި ވޭރިއެންޓުގެ ސަބަބުން އަލުން އިންފެކްޝަން ޖެހުމުގެ ފުރުސަތު ބޮޑުވެގެން ދާ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ވިދާޅުވުމުންނެވެ.

އޮމިކްރޮން ވޭރިއަންޓާއި ގުޅޭ ގޮތުން މިހާތަނަށް ލިބިފައި ހުރި މައުލޫމާތައް ބަލާއިރު މިއީ ކޮވިޑް-19 ކުރިން ޖެހިފައި ތިބި މީހުންނަށް ވެސް ޖެހޭ ވޭރިއަންޓެއް ކަން ވަނީ ކަށަވަރު ކުރެވިފައި ކަމަށްވެސް ޑަބްލިއުއެޗްއޯ އިންވެސް ވަނީ ބުނެފައެވެ.

ދެކުނު އެފްރިކާ ސަރަހައްދުގެ ގައުމުތަކުން މީހުން އެތެރެވުން މަނާ ކޮށްފައިވާ ގައުމުތަކުގެ ތެރޭގައި ފިލިޕިންސް، ރާއްޖެ އަދި ސްރީލަންކާ ފަދަ ގައުމުތައް ހިމެނެއެވެ.

​ސައިންސްވެރިން ބުނެފައިވަނީ އޮމިކްރޯން ވޭރިއެންޓަކީ ބިރުގަންނަން ޖެހޭ ވައްތަރެއް ކަމަށާއި އެވައްތަރުގެ ސަބަބުން ބައްޔަށް ފައްސިވާ މީހުންގެ އިންސައްތަ ހަލުވި ކަމާއި އެކީ އިތުރުވަމުން އައިސްދާނެ ކަމަށް ބެލެވޭ ކަމަށެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް