​ބައެއް ޤައުމުތަކުން ކަނޑު އުޅަނދުފަހަރު ރާއްޖެ އައުން މަނާ ކޮށްފި!

​ދެކުނު އެފްރިކާއިން ކޮވިޑް-19 ގެ އައު ވޭރިއަންޓު އޮމިކްރޯން ފެނުމާއި ގުޅިގެން ދެކުނު އެފްރިކާ ސަރަހައްދުގެ ހަތް ޤައުމަކުން އަންނަ ކަނޑުއުޅަނދުތައް ކަމުގައިވާ ކާގޯ ބޯޓުތަކަށް ރާއްޖޭގެ ޕޯޓުތައް ބަންދު ކުރަން ޓްރާންސްޕޯޓް އޮތޯރިޓީން ނިންމައިފިއެވެ. ދެކުނު އެފްރިކާ ސަރަހައްދުން ރާއްޖެ އަށް މީހުން އެތެރެވުން މަނާ ކުރި 7 ޤައުމު ތެރޭގައި އެފްރިކާ އާއި، ނެމީބިއާ، މޮޒަންބީކް، ލެސޯތޯ، ބޮޓްސްވާނާ، ޒިންބާބްވޭ އަދި އެސްވަޓިނީ ހިމެނެއެވެ. ​ޓްރާންސްޕޯޓު އޮތޯރިޓީން ނެރުނު ސާކިއުލާއެއްގައި ވިދާޅުވީ، އެ ހަތް […]

ރައީސް ޔާމީން ރާއްޖެ އިން ބޭރަށް ފުރުން މަނާކޮށް އަމުރު ނެރެފި!

​ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް، ރާއްޖެ އިން ބޭރަށް ފުރުން މަނާކޮށް ކްރިމިނަލް ކޯޓުން އަމުރު ނެރެފިއެވެ. ​ފުރުން މަނާކުރުމުގެ އަމުރަކަށް ފުލުހުން އެދިފައިވަނީ، ގއ. ވޮޑަމުލާ މައްސަލައިގައި އެމަނިކުފާނުގެ މައްޗަށް އިއްވާފައިވާ ފަސް އަހަރުގެ ޖަލު ހުކުމް ސުޕްރީމް ކޯޓުން މިއަދު ބާތިލްކުރުމާ ގުޅިގެންނެވެ. ​ފުރުން މަނާކުރުމުގެ އަމުރު ކޯޓުން ނެރެދީފައިވަނީ ހަތް ދުވަހުގެ މުއްދަތެއް ކަމަށް ވެސް ފުލުހުން ބުނެއެވެ. މި އަމުރު ނެރެފައި މިވަނީ ރައީސް އަބްދުﷲ ޔާމީނުގެ މައްޗަށް އިއްވި […]

ދަށު ކޯޓުތަކުން ކުރި ހުކުމް ބާޠިލުކޮށް ސްޕްރިމް ކޯޓުން ރައީސް ޔާމީން މިނިވަންކޮށްފި

މަނީލޯންޑްރިންގެ ކުށުން ރައީސް ޔާނީން މިނިވަން ވެއްޖެއެވެ. ސްޕްރީމް ކޯޓުގައި މިއަދު އޮތް ޝަރީޢަތުގެ މަޖިލީހުގައި ސްޕްރީމް ކޯޓުގެ ފަނޑިޔާރު އަލް އުސްތާޒު މަޙާޒު ޢަލީ ޒާހިރު ކުރެއްވި ހުކުމުގައި ވިދާޅުވެފައި ވަނީ ދަށު ކޯޓުތަކުން ރައީސް ޔާމީނުގެ މައްޗަށް ކޮށްފައިވާ ހުކުމް ބާޠިލުކުރައްވާފައެވެ. އެ ހުކުމް ބާޠިލު ކުރައްވާފައި ވަނީ މައްސަލަ ބެއްލެވި ސްޕްރީމް ކޯޓުގެ ބެންޗުގައި ހިމެނިވަޑައިގެންނެވި ތިން ފަނޑިޔާރުންގެ އިއްތިފާގުންނެވެ. ރައީސް ޔާމީނަށްގެ މައްޗަށް ކްރިމިނަލް ކޯޓުން މީގެ ދެ އަހަރާއި ދެ […]

ކެޓްރީނާ އާއި ވިކީގެ ކައިވެނީގެ ރަސްމިއްޔާތު ތިން ދުވަހަށް ދެމިގެންދާނެ

ހިންދީ ފިލްމީ ދުނިޔޭގެ މަޝްހޫރު ތަރިއެއްކަމުގައިވާ ކެޓްރީނާ ކާއިފާއި ވިކީ ކޯޝަލްގެ ކައިވެނީގެ އެކިއެކި ޚަބަރުތައް އިންޑިއާގެ މީޑިއާތަކުން ގެނެސްދެމުންތާ ދެމަހަށްވުރެ ގިނަ ދުވަސް ވެއްޖެއެވެ. ކެޓްރީނާ އާއި ވިކީގެ ކައިވެންޏާ ބެހޭ ގޮތުން އެ ދެމީހުން ހިމޭނުން ތިބިއިރު ހުރިހާ ޚަބަރުތަކެއްހެން ގެނެސް ދެމުން ދަނީ އެ ދެމީހުންގެ އާއިލާގެ މީހުންނާއި ރައްޓެހީންނެވެ. އެއްބަޔަކު އެކައިވެނި ކުރަން ނޫޅޭކަމަށް ބުނަމުންދާއިރު އަނެއް ބަޔަކު ދަނީ ކައިވެންޏާ ބެހޭ ތައްޔާރީތަކުގެ ޚަބަރުތައް އަލިފުން ޔާއަށް ގެނެސް ދެމުންނެވެ. […]

އިންތިހާބުގައި ވާދަ ކުރެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަމެއް ނުދެން: އަންވަރު

ކުރިއަށް އޮތް އިންތިހާބުގައި ޖޯހޮރުގެ ރައްޔިތުންގެ މަޖިލީހުގެ ގޮނޑިއަށް ވާދަކުރާނެކަމުގެ ޔަގީންކަމެއް އަދި ނެތް ކަމަށް މެލޭޝިޔާގެ މަޝްހޫރު ސިޔާސީ ލީޑަރެއްކަމުގައިވާ ޑަޓުކް ސެރީ އަންވަރު އިބްރާހީމް ވިދާޅުވެއްޖެއެވެ. ނެގްރީ ސެމްބިލަންގެ ޕޯޓް ޑިކްސަން ތަމްސީލު ކުރައްވަމުން ގެންދަވާ އަންވަރު ވިދާޅުވީ ޖޯހޮރްގައި އޮންނަ އިންތިހާބުގައި ވާދަކުރައްވަން އިންކާރު ނުކުރެއްވި ނަމަވެސް އެ އިންތިހާބުގައި ވާދަކުރާނެ ކަމުގެ ފުރިހަމަ ޔަޤީންކަން އަދި ނުދެއްވާކަމަށެވެ. ”ކުރިއެކޭ ވެސް އެއްގޮތަށް އަދި ޔަގީންކަން ދޭން މާ އަވަސް“ މަޗަފްގެ ޖެވަން […]

ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި ގެއްލުންވެއްޖެ

  މ. މުލީގެ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި އެ ގެއަށް ގެއްލުންތަކެއް ވެއްޖެއެވެ. ރަށު ކައުންސިލުން ބުނީ މި އަލިފާނުގެ ހާދިސާ ހިންގާފައިވަނީ އެރަށު މާފަހިގޭ  ރޭ ހަތެއްޖެހިއިރުގައި ކަމަށެވެ. ކައުންސިލުން ބުނީ އަލިފާނުގެ ހާދިސާ ހިނގީ އެގޭގެ ވަކިން ހަދާފައިހުރި މަސްކައްކާ ބަދިގެއެއްގައި މަސްކައްކަމުން ދިޔަ ވަގުތެއްގައި ކަމަށާ ނަމަވެސް އަލިފާން ރޯވިއިރު އެބަދިގޭގައި މީހަކު ނޫޅޭކަމަށެވެ. މިހާދިސާގައި އެ ބަދިގެއާ އިންވެގެން ހުރި ކޮޓަރީގެ ފާރުގެ އިތުރުން ގޭގައި ބަހައްޓާފައިހުރި ދެ ފެންތާނގީވެސް […]

ޕޯސްޓު މެދުވެރިކޮށް މަސްތުވާތަކެތި އެތެރެކުރިކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި

  ޕޯސްޓް މެދުވެރިކޮށް ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމުގެ ތުހުމަތުގައި ފުލުހުން މީހަކު ހައްޔަރުކޮށްފި އެވެ. މިމައްސަލައާއި ގުޅިގެން މިއަދު ހައްޔަރުކުރީ ލ. ގަން، މުކުރިމަގު، އަލިވާގެ، އަލީ ޝިފާއު (33 އ) އެވެ. ޝިފާއު ހައްޔަރުކޮށްފައިވަނީ އޭނާގެ ނަމުގައި ރާއްޖެ އައި ޕާރުސަލެއްގައި މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ހުރުމާއި ގުޅިގެންނެވެ. ފުލުހުން ބުނީ އެ ޕާރުސަލުގައި ހުރި ތަކެއްޗަކީ މަސްތުވާތަކެތިކަމަށް ޝައްކުކުރެވި އެ ތަކެތީގެ ޓެސްޓް ހެދުމުން މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ މެޓަން ފެޓަމިން އަށް […]

ހަމަ ތެދެކެވެ ގައުމެއްގެ ވެރިކަން ހަމަ ކޮންމެ މީހަކަށް ނުކުރެވޭނެ:

ގައުމެއްގެ ވެރިކަމަކީ ކޮންމެ މީހަކަށް ކުރެވޭނެ ކަމެއް ނޫނެވެ. ވެރިއެއްގެ ކިބައިގާ ވެރިަކަމުގެ ތަޖުރިބާއާއި އިޚްލާސް ތެރިކަމާ ތެދުވެރިކަމާ އަމާނާންތެރިކަން ހުންނަން ޖެހޭނެއެވެ. މީގެ އިތުރުން ގައުމުގެ ތަނަވަސް ކަން ސިންގަޕޫރު ފަދަ ގައުމަކަށް ހެދުމުގެ ޢިލްމާ ރައްޔިތުންގެ ތަނަވަސް ކަމާ ޙާލަތު ރަނގަޅުކޮށް ދުޅަހެޔޮ މިނިވަން އަމަން އަމާން ވެއްޓެއް ބިނާ ކުރާން އެގި އެކަމުގެ ފެންވަރާއި ފަންވަރު ހުންނަން ވާނެއެވެ. ވެރިމީހާ އަކީ ގައުމުގެ ވަލިއްޔުލް އަމްރުއެވެ. ހުރިހާ ޒިންމާ އެޅިގެންދަނީ ވަލިއްޔުލް އަމްރުގެ […]

ޔޫއޭއީ ގެ ރައީސް އެ ގައުމުގެ 870 މީހުންނަށް އަފޫއާންމެއް ދެއްވައިފި

ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ ރައީސް ޚަލީފާ ބިން ޒާޔިދުއްނަހުޔާން އެ ގައުމުގެ 870 މީހުންނަށް އަފޫއާންމެއް ދެއްވައި އެ އެންމެން މިނިވަން ކުރުމަށް އަމުރު ނެރުއްވައިފިއެވެ. ސަރުކާރުގެ ނިއުސް އެޖެންސީން ބުނި ގޮތުގައި އަފޫއާންމު ދެއްވި މީހުންގެ ޖުރިމަނާ އާއި ދަރަނިތައް އަދާކޮށްދޭނީ ވެސް ސަރުކާރުންނެވެ. ޚަބަރު ލިބިފައިވާ ގޮތުގައި ރަސްގެފާނު ގައިދީން މިނިވަން ކުރެއްވީ 50 ވަނަ ގައުމީ ދުވަސް ބޯމަތިވެފައިވަނިކޮށެވެ. ގައިދީންނަށް އަފޫއާންމެއް ރަސްގެފާނު ދެއްވިކަން އިއުލާނު ކުރެވުނު އިރު ކުށްވެރީންނާއި […]

ކަމަދޫ ވަޙީދުގެ ކުށަކީ ކޮބައި ހެއްޔެވެ؟

ދުވަސްވަރަކީ ރައީސް މައުމޫނުގެ ވެރިކަމުގެ ދުވަސްވަރެވެ. މައުމޫނުގެ ޅިޔަނު އިލްޔާސް އިބްރާހީމް ވެރިކަމަށް ވަޑައިގަތުމަށް މަސައްކަތް ކުރައްވަމުން ގެންދެވި ދުވަސް ވަރެވެ. އެންދެރިމާގޭ އިލްޔާސް އިބްރާހީމް ރިޔާސީ އިންތިޚާބަށް ތައްޔާރުވެ ވަޑައިގަންނަވަމުން ގެންދެވިއެވެ. އެގޮތުގެ މަތިން އިލްޔާސް އިބްރާހީމް ބޭއްވި ބައްދަލު ވުމެއްގައި ބައިވެރި ވީމެވެ. މިބައްދަލު ވުމަކީ ކެމްޕޭން ބައްދަލު ވުމެކެވެ. އެހެންކަމުން އިލްޔާސަށް ކެމްޕޭން ކޮށްދޭން ވެސް ނުކުތީމެވެ. ކޮންމެއަކަސް މި މަސައްކަތުގައި އުޅެނިކޮށް ރައީސް މައުމޫނުގެ ރާގާއި ސޫރަ ބަދަލުވެއްޖެއެވެ. އޮޅުވާލައިގެން، ރައްޔިތުންގެ […]