އިންތިހާބުގައި ވާދަ ކުރެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަމެއް ނުދެން: އަންވަރު

Loading

Facebook
Twitter
WhatsApp

ކުރިއަށް އޮތް އިންތިހާބުގައި ޖޯހޮރުގެ ރައްޔިތުންގެ މަޖިލީހުގެ ގޮނޑިއަށް ވާދަކުރާނެކަމުގެ ޔަގީންކަމެއް އަދި ނެތް ކަމަށް މެލޭޝިޔާގެ މަޝްހޫރު ސިޔާސީ ލީޑަރެއްކަމުގައިވާ ޑަޓުކް ސެރީ އަންވަރު އިބްރާހީމް ވިދާޅުވެއްޖެއެވެ.

ނެގްރީ ސެމްބިލަންގެ ޕޯޓް ޑިކްސަން ތަމްސީލު ކުރައްވަމުން ގެންދަވާ އަންވަރު ވިދާޅުވީ ޖޯހޮރްގައި އޮންނަ އިންތިހާބުގައި ވާދަކުރައްވަން އިންކާރު ނުކުރެއްވި ނަމަވެސް އެ އިންތިހާބުގައި ވާދަކުރާނެ ކަމުގެ ފުރިހަމަ ޔަޤީންކަން އަދި ނުދެއްވާކަމަށެވެ.

”ކުރިއެކޭ ވެސް އެއްގޮތަށް އަދި ޔަގީންކަން ދޭން މާ އަވަސް“ މަޗަފްގެ ޖެވަން ޖޭކޭކޭކޭ ކަމްޕުން ބަރޫގައި ކުރިއަށް ގެންދިޔަ ޕީކޭއާރުގެ ޕްރެސިޑެންޝަލް ޓުއާ ޕްރޮގުރާމުގައި ވާހަކަ ދައްކަވަމުން އަންވަރު ވިދާޅުވިއެވެ.

އަންވަރު އަރިހުގައި ޕީކޭ އާރުގެ މެމްބަރު އަދި ސިމްޕަންގް ރެންގަމްގެ އެމްޕީ މަސްޒްލީ މަލިކް އާއި ޕާޓީގެ އިސް ބޭފުޅުންވެސް ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

ޕޯޓް ޑިކްސަންގެ ޕާލިމެންޓު މެމްބަރެއްގެ ގޮތުގައިވެސް ހުންނެވި އަންވަރު ވިދާޅުވިގޮތުގައި އޭނާ ޖޯހޮރްއަށް ކުރާ ރަސްމީ ދަތުރުގައި ފެޑެރަލް ގޮނޑިތައް ސްކައުޓު ކުރުމުގެ ބާރު އެބައޮތެވެ.

އޭނާ ވިދާޅުވިގޮތުގައި މީޑިޔާތަކުގެ ސަމާލުކަމަށް އެ ޚަބަރު އައިސްފައި ވަނީ ކްލުއަން އަށާއި ސިމްޕަންގް ބްރިކަމްއަށް ޒިޔާރާތްކުރުމަށް ރާވާފައި ވުމުންނެވެ.

މަޒްލީގެ ފަރާތުން ޕީކޭއާރ މެމްބަރޝިޕްގެ އާ ފޯމެއް އަންވަރަށް ވަނީ ކުރިން ލިބިވަޑައިގެންފައެވެ. ހަމައެއާއެކު، ޕާޓީގެ މިންޕަންގް ރެންގަމް ޑިވިޝަނަށް 500 މެމްބަރުންވެސް އިތުރުވެފައިވެއެވެ.

ލިބުނު މަޢުލޫމާތާއި ހަވާލާދީ މެލޭ މެއިލް އިން ރިޕޯޓުކުރި ގޮތުގައި އަންވަރަކީ މަގާމަށް ކުފޫ ހަމަވާ ގާބިލު ބޭފުޅެކެވެ.

 

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް