​ކޮވިޑް-19: އައު ވޭރިއަންޓެއް ފެނިއްޖެ!

​ޗައިނާގެ ވޫހާން ސިޓީން ކޮވިޑް-19 ފެނުނުތާ ދެ އަހަރެއްހާ ދުވަސް ފަހުން، ކޮވިޑް-19 ގެ އިތުރު ވޭރިއަންޓެއް ކަމަށްވާ ”އޮމިކްރޮން ވޭރިއަންޓް“ ފެނިއްޖެ އެވެ. ​“އޮމިކްރޮން ވޭރިއަންޓް“ އެންމެ ފުރަތަމަ ފެނިފައިވަނީ ދެކުނު އެފްރިކާއިންނެވެ. ​މި ވޭރިއެންޓް ފެނިގެން ޑަބްލިއުއެޗްއޯ އިން އެންމެ ފުރަތަމަ ރިޕޯޓު ކޮށްފައިވަނީ މި މަހުގެ 24ވަނަ ދުވަހުއެވެ. ރިޕޯޓުތައް ބުނާގޮތުން މިހާތަނަށް ބޮޓްސްވާނާ، ބެލްޖިއަމް، ހޮންގކޮންގ އަދި އިސްރާއިލުން ވެސް މި ވޭރިއެންޓް ދެނެގަނެވިފައިވެއެވެ. ​އޮމައިކްރޯން ގިނަ ގައުމުތަކުން މިހާރު ފެންނަމުން […]

2022 ވަނަ އަހަރުގެ އޯއައިސީ ބައްދަލުވުން ޕާކިސްތާނުގައި:

އޯއައިސީ ފޮރިން މިނިސްޓަރުންގެ ބައްދަލުވުން ޕާކިސްތާނުގައި ބޭއްވުމަށް ނިންމާފައި ވާކަމަށް ޕާކިސްތާނުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު އާސިމް އިފްތިޚާރު ވިދާޅުވެއްޖެއެވެ. އޭނާ ވިދާޅުވި ގޮތުގައި މިބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ 2022 ވަނަ އަހަރުގެ މާރިޗު މަހުގެ 23-22 އަށެވެ. އޭނާ މިހެން ވިދާޅުވެފައިވަނީ އާދައިގެ މަތިން ކޮންމެ ހަފްތާއަކުވެސް ބާއްވަމުން ގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި މީޑިއާ ތަކުން ކުރި ސުވާލަތަކަށް ޖަވާބު ދެއްވަމުންނެވެ. ”އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން“ އަކީ ޔުނައިޓެޑް ނޭޝަންސް ފިޔަވައި ދުނިޔޭގައި އުފެދިފައިވާ […]

ޖަލަށްލީތާ 43 އަހަރު ފަހުން ކުށެއްނެތް ކަމަށް ބުނެ ދޫކޮށްލައިފި

ކުށެއް ނެތް މީހަކަށް ހުކުމްކޮށް 43 އަހަރު ވާދެން އެމެރިކާގައި ޖަލަށް ލައިގެން ގެންގުޅުމަށް ފަހު ކުށެއް ނެތްކަމަށް ބުނެ ދޫކޮށްލައިފިއެވެ. އޭނާ އަބަދުވެސް ބުނަމުން ދިޔައީ އޭނާ ކުށެއް ނުކުރާކަމަށެވެ. އެންމެ ފަހުން ޖެހުނީ އޭނާ ދޫކޮށްލާށެވެ. އެކަމަކު އޭނާގެ ހަޔާތުގެ އެންމެ މުހިއްމު ދުވަސްތައް އޭނާ ހޭދަކުރަން ޖެހުނީ ޖަލުގެ ދަގަނޑު ތޭރިތަކުގެ ފަހަތުގައެވެ. މިހާރު އުމުރުން 62 އަހަރު ވެފައިވާ ކެވިން ސްޓްރިކްލޭންޑް ތިން މީހުން މެރިކަމުގެ ކުށް ސާބިތުވެގެން ޖަލަށްލީ 50 […]

ޝާހިދު ކަޕޫރު ކުޅޭނެ ފިލްމެއް ނުލިބިގެން ސަލާން ޖަހަނީ

ހިންދީ ފިލްމީ ދުނިޔޭގެ މަގުބޫލު ތަރިއެއްކަމުގައިވާ ޝާހިދު ކަޕޫރު ކުޅޭނެ ފިލްމެއް ނުލިބިގެން ޕްރޮޑިއުސަރުންގެ ގާތަށް ގޮސް ސަލާން ޖަހަން މިދުވަސްކޮޅު ވަނީ މަޖުބޫރު ވެފައެވެ. ކުޅޭނެ ގިނަ ފިލްމުތަކެއް ލިބިފައި ނެތް ޝާހިދުގެ އުއްމީދުތައް ގުޅިފައި ވަނީ ”ޖާޒީ“އާ އެވެ. އެ ފިލްމުގެ ޓްރޭލާ ދެއްކުމަށް ބޭއްވި ބައްދަލުވުމަކަށްފަހު ޝާހިދު ބުނީ ފިލްމު ”ކަބީރު ސިންގް“ އަށް ފަހު ކުޅޭނޭ ފިލްމެއް ނުލިބިގެން ސަލާން ޖަހާ މީހެއް ފަދައިން ޕްރޮޑިއުސަރުންގެ ގާތަށް ދާން ޖެހުނުކަމަށެވެ. ”މިއީ […]

އާންމު މަޖިލީހުގެ ރައީސް، ޗައިނާގެ ފޮރިން މިނިސްޓަރާ ބައްދަލުކޮށްފި!

​އދ.ގެ އާންމު މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ޗައިނާގެ ފޮރިން މިނިސްޓަރު ވާންގް ޔީއާ ބައްދަލުކުރައްވައިފިއެވެ. ޗައިނާ ސަރުކާރުގެ ދައުވަތަކަށް މިނިސްޓަރު ޝާހިދު މިކުރައްވާ ދަތުރުފުޅަކީ 3 ދުވަހުގެ ރަސްމީ ދަތުރުފުޅެކެވެ. ​މި ބައްދަލުކުރެއްވުމުގައި މޫސުމީ ބަދަލުތަކާއި މަލްޓިލޭޓަރަލިޒަމް އާއި އދގެ ހިންގުން ހަރުދަނާކުރުން އަދި ޗައިނާގެ ގްލޯބަލް ޑިވެލޮޕްމަންޓް އިނީޝިއޭޓިވް އާ ބެހޭ ގޮތުން މަޝްވަރާކުރެއްވިކަމަށް މިނިސްޓަރު ޝާހިދު ވިދާޅުވިއެވެ. އަދި އެމަނިކުފާނުގެ އުއްމީދުގެ ރިޔާސަތަށް ޗައިނާގެ ތާއީދު އެބައޮތްކަމަށްވެސް […]

ލީބިޔާގެ ރިޔާސީ އިންތިޚާބުގައި ޤައްޛާފީގެ ދަރިކަލުންނަށް ވާދަ ނުކުރެއްވޭނޭ ކަމަށް ކަނޑައަޅައިފި

ލީބިޔާގެ ކުރީގެ ލީޑަރު ކާނަލް މުޢައްމަރުލް ޤައްޛާފީގެ ދަރިކަލުންނަށް އެ ގައުމުގެ ރިޔާސީ އިންތިޚާބުގައި ވާދަ ނުކުރެއްވޭނޭ ކަމަށް ލީބިޔާގެ އެލެކްޝަން ކޮމިޝަނުން ނިންމައިފިއެވެ. ޢަރަބި މީޑިއާއިން ޚަބަރު ދިންގޮތުގައި ސައިފުލް އިސްލާމަށް ރިޔާސީ އިންތިޚާބުގައި ވާދަނުކުރެއްވޭނެތީ ކެންޑިޑޭޓުންގެ ލިސްޓުން ސައިފުލް އިސްލާމްގެ ނަން މިހާރު ވަނީ އުނިކޮށްފައެވެ. ޚަބަރު ލިބިފައިވާ ގޮތުގައި ސައިފުލް އިސްލާމަށް ލީބިޔާގެ ރިޔާސީ އިންތިޚާބުގައި ވާދަނުކުރެއްވޭ ގޮތަށް ކަމާބެހޭ ފަރާތްތަކުން ނިންމީ ހަނގުރާމައިގެ ކުށްވެރިއެއްގެ ގޮތުގައި އޭނާއަށް 2015 ގައި ލީބިޔާގެ […]

ހަމަ ”އެޓް އެނީ ކޯސްޓް “ އަހަރެމެންވެސް އެހެން ވިޔަކަ ނުދާނަން: މާހިރު

އެމްޑީޕީގެ މިކޯލިޝަން ސަރުކާރުން އިންޑިއާގެ މިލިޓްރީ ދިވެހިރާއްޖޭގައި ތިބުމަށް މަގުފަހިކޮށްދީ ހަދާފައިވާ އެންމެހާ އެގްރީމެންޓްތަކަކީ ވަރަށް ބޮޑަށް ދިވެހިން ކަންބޮޑުވާންޖެހޭ އެގްރީމެންޓް ތަކެއް ކަމުގައި މޯލްޑިވްސް ރިވޮލޫޝަނަރީ މޫވްމަންޓްގެ ނައިބު ލީޑަރ އެމްޑީޕީގެ މާހިރުބެ (މުޙައްމަދު މާހިރު) ވިދާޅުވެއްޖެއެވެ. އެގޮތުން ޔޫޓީއެފް (އުތުރު ތިލަފަޅުގެ) ގެ އެގަރީމެންޓް އެއީ އޭގެ ޒާތުގައި އެންމެ ނުރައްކާތެރި އެއް އެގްރީމެންޓް ކަމާއި އެގްރީމަންޓް ތަކަކީ އުފެދުމުގައިވެސް ބާތިލު އެގްރީމެންޓް ތަކެއް ކަމުގައި ވިދާޅުވިއެވެ. އެހެނީ ދިވެހި ޖުމްހޫރިއްޔާ ގާނޫނު އަސާސީ […]

ތިނަދޫން މީހުން ބޭލުމުގެ ތެރެއިން – 3

ފަސްދޫ މަހުޖަނު އެރަށުގެ އެތައް ގިނަ އަންހެނުން ރޭޕް ކޮށްފައި ވެއެވެ. މިހާރުގެ ބަހުން ރޭޕަކަށް ވަނީ އަންހެން ކުއްޖާއާ ގަދަކަމުން ބެހި ޖިންސީ ގޯނާ ކުރުމުންނެވެ. ރަށުގެ އެންމެ މުއްސަނދި މީހަކީ މަހުޖަނު ކަމަށް ވުމުން އޭނާ ބޭނުންވާ ކޮންމެ އަންހެނެއްގެ ގާތަށް ދަންވަރު ވަދެ ބޭނުން ކަމެއް ކޮށްލައިގެން ދިއަޔަސް އެކަމާ މެދު ބަހެއް ބުނަން ކެރޭވަރުގެ އެކަކުވެސް އެރަށަކު ނުއުޅެއެވެ. މަހުޖަނު ވަނީ އެތަކެއް އަންހެނުން ބަލިވެ ބައިންދާފައެވެ. އޭގެ ތެރެއިން މަހުޖަނުގެ […]

ލޯބީގެ މަންޒިލު-13

http://sandhaanu.today/17119/ * * * * ރާމް އެއްވެސް ކެތްތެރިކަމެއް ނެތި ގޭގެ ދޮރު ކައިރީގައި މަޑުމަޑުން ކުރުކާލިކަނޑަމުން ދިޔައެވެ. ސަރޫޕުގެ މަންމަ މަރުނާލުނީ އާއި ކޮއްކޮ ޕްރީތީ އާއި ޖިޔޯތީގެ މަންމަ ދުރުގާ ވެސް އެ ގޭގައި ތިއްބެވެ. އެ އެންމެން ވެސް ތިބީ ކޮންމެވެސް ކަމަކާ ހާސްވެ ކަންބޮޑުވެފައެވެ. އެކަމަކު ރާމް މާބޮޑަށް ހާސްވެދާނެތީ އެއިން އެކަކުވެސް ހާސްވެ ކަންބޮޑުވުމުގެ އަސަރެއް ފާޅެއް ނުކުރެއެވެ. ޕްރީތީ ކުއްލިއަކަށް މަރުނާލުނީއާ ދިމާއަށް ބަލާލާފައި ސުއާލުކުރިއެވެ. ”މަންމާ! […]

މޯލްޑިވިއަނުން ބަންގުލަދޭޝް އާއި ރާއްޖެއަށް ކުރާ ދަތުރުގެ އަގު ހެޔޮކޮށްފި

    މޯލްޑިވިއަނުން ބަންގުލަދޭޝްގެ ޑާކާ  އާއި މާލެ އާ ދެމެދު ކުރާ ދަތުރުގެ އަގު ހެޔޮކޮށްފި އެވެ. މޯލްޑިވިއަނުން ބުނީ މޯލްޑިވިއަނުން މާލެ އާއި ޑާކާ ދޭތެރޭގައި ދަތުރުކުރާ ފަރާތްތަކަށް މިހާރު ލަގެޖް އެލަވެންސްވެސް 40 ކިލޯއަށް އިތުރު ކޮށްފައިވާނެ ކަމަށެވެ. އަދި އެއްކޮޅަށް  225 ޑޮލަރަށް ޓިކެޓް ވިއްކަން ހަމަޖައްސާފައިވާ އިރު ދެކޮޅު ޓިކެޓުގެ ވިއްކާ އަގަކީ 406 ޑޮލަރުކަމަށް ވެސް އެ އެއާލައިނުން ބުނެއެވެ. ޤައުމީ އެއާލައިން މޯލްޑިވިއަންއިން ބަންގަލަދޭޝްގެ ޑާކާ އާއި […]