ހަމަ "އެޓް އެނީ ކޯސްޓް " އަހަރެމެންވެސް އެހެން ވިޔަކަ ނުދާނަން: މާހިރު

Loading

Facebook
Twitter
WhatsApp

އެމްޑީޕީގެ މިކޯލިޝަން ސަރުކާރުން އިންޑިއާގެ މިލިޓްރީ ދިވެހިރާއްޖޭގައި ތިބުމަށް މަގުފަހިކޮށްދީ ހަދާފައިވާ އެންމެހާ އެގްރީމެންޓްތަކަކީ ވަރަށް ބޮޑަށް ދިވެހިން ކަންބޮޑުވާންޖެހޭ އެގްރީމެންޓް ތަކެއް ކަމުގައި މޯލްޑިވްސް ރިވޮލޫޝަނަރީ މޫވްމަންޓްގެ ނައިބު ލީޑަރ އެމްޑީޕީގެ މާހިރުބެ (މުޙައްމަދު މާހިރު) ވިދާޅުވެއްޖެއެވެ.

އެގޮތުން ޔޫޓީއެފް (އުތުރު ތިލަފަޅުގެ) ގެ އެގަރީމެންޓް އެއީ އޭގެ ޒާތުގައި އެންމެ ނުރައްކާތެރި އެއް އެގްރީމެންޓް ކަމާއި އެގްރީމަންޓް ތަކަކީ އުފެދުމުގައިވެސް ބާތިލު އެގްރީމެންޓް ތަކެއް ކަމުގައި ވިދާޅުވިއެވެ. އެހެނީ ދިވެހި ޖުމްހޫރިއްޔާ ގާނޫނު އަސާސީ އާއި ޚިލާފަށް ދައުލަތް ހިންގުމަށް ރައްޔަތުން އެބަޔަކާ ޙަވާލުކުރެއްވީމަ ސަރުކާރަކުން އެގޮތަށް ޢަމަލުކުރުމަކީ ގަސްދުގައި އެކަން އެގިންތިބެ ހިންގި ބޮޑު ޖަރީމައެއް ކަމަށެވެ.

ހެޔޮގޮތުގައި މިފަދަ އެގްރީމެންޓެއް އުފެއްދިނަމަ އެ އެގްރީމެންޓްއަކުން ދެފަރާތަށްވެސް ހަމަހަމ ބާރުތަކެއް ލިބިފައި އޮންނަން ވާނެކަމަށެވެ. ދެފަރާތަށް ހަމަހަމަ ނަފާލިބެންޏާ އެ އެއްބަސްވުމަކަށް ކިޔޭނީ ރަނގަޅު އެއްބަސްވުމެކޭ އެނޫންނަމަ އެ އެއްބަސްވުމެއް ބެލެވޭނީ އެއްފަރާތަކަށް ބުރަވެތިބެ ބަޔަކަށް ބޮޑު މަންފާއެއް ހޯދަދީ ބޮޑު މަންފާއެއް ލިބިގަތުމަށް ދުރާލާ ރޭވިގެން ހިންގި ބޮޑު ޚިޔާނާތެއްކަމަށް ނުވަތަ ޖަރީމާއެއްކަމަށެވެ.

ކޮންމެ ބަޔަކު ކަމެއްކުރިނަމަވެސް މިސާލަކަށް އެގްރީމެންޓެއް ހެދި ނަމަވެސް އެ ކަމެއްކުރަންޖެހޭނީ ދިވެހި ޖުމްހޫރިއްޔާގެ ގާނޫނު އަސާސީގެ ތެރެއިން: ޖުމްލަކޮށް ހުރިހާކަމެއްގައިވެސް ގާނޫނު އަސާސީގެ ތެރެއިން ކުރެވެންވަނީ: އަހަރެމެން އަބިދަރި ވުމާއި މުދާ މިލްކުވެރިވުމާއި ދިރިއުޅުމުގެ ހުރިހާކަމެއްވެސް މިވަނީ ގާނޫނުގެ ތެރެއިން ކުރަންޖެހޭގޮތަށް: މަގާމުތައް ލިބިގަތުމާއި ދެމިތިބުމާއި އެ މަގާމުތަކުގެ ވާޖިބުތައް އަދާކުރަންވެސް މިޖެހެނީ ގާނޫނު އަސާސީގެ ތެރެއިން: އަދި އަޅުގަނޑުމެން ދަތުރުފަތުރު ކުރުމާއި އަދި ކެއިންބުއުމާއި އެހެނިހެން ޒަރޫރީ ބޭނުންތައްވެސް ފުށްދުމުގައި ގާނޫނަށް ތަބާވުން ލާޒިމުކުރޭ: މިގޮތަށް އެކަން ގަބޫލުކޮށް ދައުލަތް ހިންގުމާއި ޙަވާލުވާ ޚާދިމުންތަކެއް މިއީ ގައުމުގެ ވެރީންނޭ ހީކޮށް ހަމަ ހިތަށްއަރާހާ ގޮތަކަށް އެމީހުންގެ ޢަމަލުތަކެއް ނުބެހެއްޓޭނެ: ރައްޔަތުންގެ ބަހެއްނެތި އެއްވެސް ގައުމެއްގެ މިލިޓަރީއަށް ގައުމުން ބައެއް އެގްރީމެންޓެއް ހެދިގެން ނުވާނެ: ގާނޫނުގެ ބާރު ކަނޑުވާލައި ކުރެވޭ ކޮންމެކަމަކީ މުތުލަގަށް ބާތިލު އެއްޗެއްކަން ކަށަވަރުނުވާނީ ކާކަށްތޯ ސުވާލުކުރެއްވިއެވެ.

ގާނޫނު އަސާސީ ބުނަނީ ދިވެހި ރާއްޖޭގެ އެންމެހާ ގާނޫނާއި ގަވާއިދުގެ އެންމެހާ މަސްދަރަކީ ނުވަތަ ސޯސްއަކީ އިސްލާމް ދީންކަމަށެވެ. އަދި އިސްލާމް ދީނުގެ އަސްލަކާއި ޚިލާފު އެއްވެސް ގާނޫނެއް އުފެދި އެއަށް ޢަމަލުކުރެވިގެން ނުވާނެކަމަށެވެ. އެކަން ވަރަށް ސޮރީޙަކޮށް އެނގެން އޮތް ހިނދުމެ ހަމަ ހިތަށް އެރިގޮތަކަށް ސަރުކާރަކުން މިފަދަ ޙީލަތްތެރި ޢަމަލުތަށް ހިންގިގެން ނުވާނެކަން: ވިސްނާލަ ބައްލަވަ ސީދާ ރައިސް މީހާ ރައީސްކަން ލިބިގަތުމާއި ރައީސްކަމުގައި ދެމިހުރުންވެސް ކަށަވަރު ކޮށްދީފާވަނީ ގާނޫނު އަސާސީ އިން: ވީއިރު ގާނޫނު އަސާސީ ގެ ބާރު ކަނޑުވާލުމަކީ ވަރަށްބޮޑު ޖަރީމާއެވެ. އެއީ ގައުމަށްވެވޭނޭ އެންމެ މަތީޖަރަގައިގެ ގައްދާރުވުން: އެންމެބޮޑު ކުށް:

މަޖިލީހުގައި ގާނޫނުއަސާސީ އަށް ފައިންއަރާއި ގާނޫނު އަސާސީގެ ހައިބަތު ދުއްވާލި މީހަކަށް ރައްޔަތުން ޑިފެންސް މިނިސްޓަރުކަން ޙަވާލު ކުރެވުނުކަމީ ދެރަވަރު ނުރައްކާތެރިކަމެއްކަން މިހާރު މިވަނީ ގަބޫލުކުރަން ޖެހިފައެވެ. ހަކުރު އަޑުބައިގާވެސް ދެކޮޅު އޮންނައޭ ބުނާފަދައިން މިފަދަ އެއްބަސްވުން ތަކެއް ރައްޔަތުން ބަލައިގަންނާކަށް ނުޖެހޭނެ. ރައްޔަތުންނާއި ޖަދަލުކޮށްފަ އާންދޮގޭއޭ ކިޔާފަ ޚާއިނުން ކުރާ މިފަދަ ބިރުވެރިކަނަކަން ރައްޔަތުން ބަލައިގަންނާކަށް ނުޖެހެއެވެ. މާހިރުބެ ވިދާޅުވީ މިއީ ރައްޔަތުން ރަތަށް ދާންޖެހޭ ސަބަބުކަމުގައެވެ.

އިތުރަށް ސްޕީޗް ކުރިއަށް ގެންދަވަމުން ވިދާޅުވީ ގާނޫނު އަސާސީއާއި ޚިލާފަށް މިގޮތަށް ޢަމަލުކުރާ ބަޔަކު މާދަމާ ގައުމުވެސް އުވާލައިފާނެކަމަށެވެ. ދެން މި ގައުމު އުވާލީމާ އަޅުގަނޑުމެން ދެން އޭރުން އަޅުގަނޑުމެންގެ ދަތުރުފަތުރު ކުރުމުގެ މިނިވަންކަންވެސް ގެއްލިގެން ދާނެ: އަޅުގަނޑުމެން ހަރުއަޑުން މި ޢިއުލާނު ކުރަނީ މިސަރުކާރު މުތޮލަގަށް ގާނޫނު އަސާސީއާއި ޚިލާފު ވެއްޖެކަމާއި އެކަން ރައްޔަތުން ބަލައެއްނުގަންނާނެ ކަމެވެ. މިވާހަދެއްކުމާއި މިކަމާއިދޭތެރޭ ރައްޔަތުން އިތުރަށް ހޭލުންތެރިކުރުވުން ހުށްޓައެއް ނުލާނެ ކަމަށެވެ.

ދެން އިންޑިއާ މިކަމާއި އަޅުގަނޑުމެން ދެކެ ރުޅިއައުން: އަސްލުގައި އެބަ ބަލާލަންޖެހޭ ޔާޖޫޖު ވަމައުޖޫޖަކީ ކޮބައިކަން: އެއީ ފަސާދަކުރާ ބައެއްކަން: ޙަގީގަތަކީ މިފަދަ ބަޔަކާއި އެކު ހެދިގެން އުޅޭ މިފަދަ ޙަރާމް އެއްބަސްވުންތަކުން މިގައުމަށް ލިބޭނޭ އެއްވެސް ފައިދާއެއްނެތް: ލިބޭނީ އަޅުވެތިކަމެވެ.

އިންޑިއާއަށް އަޅުގަނޑުމެން ދޭން އޮތް މެސެޖަކީ އިންޑިއާގެ އެމްބަސަރޑަރު އެބުނާހެން، އެބައިމީހުން ރާއްޖެއަށް އަތްގަދަކޮށް ފައިހިއްޕައިގެން ތިބުމަށް މިލިބުނު ފުރުސަތު “ އެޓް އެނީ ކޯސްޓް “ ދަމަހަށްޓާނަމޭ ބުނާހެން ދިވެހިންވެސް މިބުނަނީ އާއެކޭ ހަމަ ”އެޓް އެނީ ކޯސްޓް“ އިންޑިއާގެ މިލިޓަރީ ބޭކުރާނޭކަމާއި ހަމަ ހިލާ އިންޑިއާގެ އަޅުވެތިކަމަށް ދިވެހީން ނުދާނަމޭ: ވަރަށް ސާފު ބަހުން މިބުނަނީ:

ހަމަ ”އެޓް އެނީ ކޯސްޓް “ އަހަރެމެންވެސް އެހެން ވިޔަކަ ނުދާނަން: އިންގިލާބީ ޙަރަކާތުގެ ނައިބު ލީޑަރު މާހިރުބެ ވިދާޅުވިއެވެ.

 

 

Loading

2 Responses

  1. Mi verikamakeee baathil verikamah kamah Kanda alhaa mibaigandu verikamun baalan vejje noon baa gaumuge veri meehaa akee gaumaai raiyyathun dheenaai gaumiyyathu rakkaa Koh dheyn jehey emmehaa zimmaa bolugaa alhigen hunnan jehey meehakah vaairu meen evves kameh nukurevey naagaabil veriaku gaumeggaa beheytumakee ves egaumegge raiyyathun ves kuvveri vaane kameh.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް