ޝާހިދު ކަޕޫރު ކުޅޭނެ ފިލްމެއް ނުލިބިގެން ސަލާން ޖަހަނީ

Loading

Facebook
Twitter
WhatsApp

ހިންދީ ފިލްމީ ދުނިޔޭގެ މަގުބޫލު ތަރިއެއްކަމުގައިވާ ޝާހިދު ކަޕޫރު ކުޅޭނެ ފިލްމެއް ނުލިބިގެން ޕްރޮޑިއުސަރުންގެ ގާތަށް ގޮސް ސަލާން ޖަހަން މިދުވަސްކޮޅު ވަނީ މަޖުބޫރު ވެފައެވެ.

ކުޅޭނެ ގިނަ ފިލްމުތަކެއް ލިބިފައި ނެތް ޝާހިދުގެ އުއްމީދުތައް ގުޅިފައި ވަނީ ”ޖާޒީ“އާ އެވެ. އެ ފިލްމުގެ ޓްރޭލާ ދެއްކުމަށް ބޭއްވި ބައްދަލުވުމަކަށްފަހު ޝާހިދު ބުނީ ފިލްމު ”ކަބީރު ސިންގް“ އަށް ފަހު ކުޅޭނޭ ފިލްމެއް ނުލިބިގެން ސަލާން ޖަހާ މީހެއް ފަދައިން ޕްރޮޑިއުސަރުންގެ ގާތަށް ދާން ޖެހުނުކަމަށެވެ.

”މިއީ މީގެ ކުރިން އަހަންނަށް ދިމާވި ގޮތެއް ނޫން! މިއީ މަށާ އަލަށް ދިމާވި ކަމެއް.“ ޝާހިދު ބުންޏެވެ. ”ބޮލީ ވުޑުގައި ފަނަރަ ސޯޅަ އަހަރު ހޭދަ ކުރިއިރުވެސް އެހާ ގިނަ ފައިސާއެއް އަހަންނަށް ލިބިފައެއް ނެތް. އަހަންނަށް މިހެން ދިމާވުމުން ހަދަންވީ ކިހިނެއް ކަމެއް ވެސް އަހަންނަކަށް ނުވިސްނޭ.“

ޝާހިދު އެންމެ ފަހުން ކުޅުނު ”ޖާޒީ“ ސިނަމާތަކާ ހަމައަށް އަންނާނީ ޑިސެމްބަރު 31 ގައެވެ.

ޝާހިދުގެ ފިލްމެއް އެންމެ ފަހުން ފެނިފައި ވަނީ 2019 ގައެވެ. އެއީ ”ކަބީރު ސިންގް“އެވެ. އެފިލްމަކީ ޝާހިދުގެ ހުނަރު ވަރަށް ބޮޑަށް ހާމަވެގެން ދިޔަ މަގުބޫލު ފިލްމަކަށް ވިޔަސް ކުޅޭނެ ފިލްމުތަކެއް ނުލިބި އޭނާ ހުންނަން ޖެހިފައި ވަނީ ވަރަށް ބޮޑަށް ނިކަމެތިވެ އެކަހެރިވެފައެވެ.

”ޖާޒީ“ އަކީ ގައުމީ އިނާމު ލިބިފައިވާ ޓެލުގޫ ފިލްމެއްގެ ކޮޕީއެކެވެ. ފިލްމުގައި ޝާހިދު ފެންނާނީ ކްރިކެޓް ކުޅުންތެރިއެއްގެ ގޮތުގައެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް