ލީބިޔާގެ ރިޔާސީ އިންތިޚާބުގައި ޤައްޛާފީގެ ދަރިކަލުންނަށް ވާދަ ނުކުރެއްވޭނޭ ކަމަށް ކަނޑައަޅައިފި

Loading

Facebook
Twitter
WhatsApp

ލީބިޔާގެ ކުރީގެ ލީޑަރު ކާނަލް މުޢައްމަރުލް ޤައްޛާފީގެ ދަރިކަލުންނަށް އެ ގައުމުގެ ރިޔާސީ އިންތިޚާބުގައި ވާދަ ނުކުރެއްވޭނޭ ކަމަށް ލީބިޔާގެ އެލެކްޝަން ކޮމިޝަނުން ނިންމައިފިއެވެ.

ޢަރަބި މީޑިއާއިން ޚަބަރު ދިންގޮތުގައި ސައިފުލް އިސްލާމަށް ރިޔާސީ އިންތިޚާބުގައި ވާދަނުކުރެއްވޭނެތީ ކެންޑިޑޭޓުންގެ ލިސްޓުން ސައިފުލް އިސްލާމްގެ ނަން މިހާރު ވަނީ އުނިކޮށްފައެވެ.

ޚަބަރު ލިބިފައިވާ ގޮތުގައި ސައިފުލް އިސްލާމަށް ލީބިޔާގެ ރިޔާސީ އިންތިޚާބުގައި ވާދަނުކުރެއްވޭ ގޮތަށް ކަމާބެހޭ ފަރާތްތަކުން ނިންމީ ހަނގުރާމައިގެ ކުށްވެރިއެއްގެ ގޮތުގައި އޭނާއަށް 2015 ގައި ލީބިޔާގެ ކޯޓަކުން މަރުގެ ހުކުމެއް ކޮށްފައިވާތީއެވެ.

ޢަރަބި މީޑިއާއިން ޚަބަރު ދޭގޮތުގައި ލީބިޔާގެ ރިޔާސީ އިންތިޚާބުގައި ވާދަކުރުމަށް 98 ކެންޑިޑޭޓުން ކުރިމަތިލީކަމަށް ވިޔަސް ކެންޑިޑޭޓުންގެ އަދަދު އެލެކްޝަން ކޮމިޝަނުން ވަރަށް ބޮޑަށް މަދުކުރާނެއެވެ. ރައީސްކަމަށް ވާދަކުރައްވާ ކެންޑިޑޭޓުންގެ ތެރޭގައި ދެ އަންހެން ކަނބަލުންވެސް ހިމެނެއެވެ.

ލީބިޔާގެ ރިޔާސީ އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައި ވަނީ ޑިސެމްބަރު މަހުގެ 24 ވަނަ ދުވަހުގައެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް