ޔޫއޭއީ ގެ ރައީސް އެ ގައުމުގެ 870 މީހުންނަށް އަފޫއާންމެއް ދެއްވައިފި

Loading

Facebook
Twitter
WhatsApp

ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ ރައީސް ޚަލީފާ ބިން ޒާޔިދުއްނަހުޔާން އެ ގައުމުގެ 870 މީހުންނަށް އަފޫއާންމެއް ދެއްވައި އެ އެންމެން މިނިވަން ކުރުމަށް އަމުރު ނެރުއްވައިފިއެވެ.

ސަރުކާރުގެ ނިއުސް އެޖެންސީން ބުނި ގޮތުގައި އަފޫއާންމު ދެއްވި މީހުންގެ ޖުރިމަނާ އާއި ދަރަނިތައް އަދާކޮށްދޭނީ ވެސް ސަރުކާރުންނެވެ.

ޚަބަރު ލިބިފައިވާ ގޮތުގައި ރަސްގެފާނު ގައިދީން މިނިވަން ކުރެއްވީ 50 ވަނަ ގައުމީ ދުވަސް ބޯމަތިވެފައިވަނިކޮށެވެ. ގައިދީންނަށް އަފޫއާންމެއް ރަސްގެފާނު ދެއްވިކަން އިއުލާނު ކުރެވުނު އިރު ކުށްވެރީންނާއި އެމީހުން ކޮށްފައިވާ ކުށުގެ ބާވަތްތައް ހާމަކޮށްފައެއް ނުވެއެވެ.

ޔޫއޭއީގެ ރަސްގެފާނު ގައުމީ ދުވަހާއި އަޟުޙާ އީދު ދުވަހާ ދިމާކުރައްވައި އާއްމުކޮށް ކުށްވެރިންނަށް އަފޫއާންމެއް ދެއްވައެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް