ޕޯސްޓު މެދުވެރިކޮށް މަސްތުވާތަކެތި އެތެރެކުރިކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި

Loading

Facebook
Twitter
WhatsApp

 

ޕޯސްޓް މެދުވެރިކޮށް ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމުގެ ތުހުމަތުގައި ފުލުހުން މީހަކު ހައްޔަރުކޮށްފި އެވެ.

މިމައްސަލައާއި ގުޅިގެން މިއަދު ހައްޔަރުކުރީ ލ. ގަން، މުކުރިމަގު، އަލިވާގެ، އަލީ ޝިފާއު (33 އ) އެވެ.

ޝިފާއު ހައްޔަރުކޮށްފައިވަނީ އޭނާގެ ނަމުގައި ރާއްޖެ އައި ޕާރުސަލެއްގައި މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ހުރުމާއި ގުޅިގެންނެވެ.

ފުލުހުން ބުނީ އެ ޕާރުސަލުގައި ހުރި ތަކެއްޗަކީ މަސްތުވާތަކެތިކަމަށް ޝައްކުކުރެވި އެ ތަކެތީގެ ޓެސްޓް ހެދުމުން މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ މެޓަން ފެޓަމިން އަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ.

 

އަދި އެ ތަކެތީގެ ބަރުދަނުގައި 260 ގްރާމު ހުރި ކަމަށާ އަދި ޝިފާއުގެ ކުޑަކަމުދާ ތަކެތި ޓެސްޓް ކުރުމުން ޓީއެޗްސީއޯ އާއި އޯޕީއައި އަށް ޕޮޒިޓިވް ވެފައިވާ ކަމަށް ވެސް ފުލުހުން ބުނެފައި ވެއެވެ.

 

އޭނާގެ ބަންދަށް ކޯޓުން ވަނީ 10 ދުވަސް ޖަހައްދިފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް