​ބައެއް ޤައުމުތަކުން ކަނޑު އުޅަނދުފަހަރު ރާއްޖެ އައުން މަނާ ކޮށްފި!

Loading

Facebook
Twitter
WhatsApp

​ދެކުނު އެފްރިކާއިން ކޮވިޑް-19 ގެ އައު ވޭރިއަންޓު އޮމިކްރޯން ފެނުމާއި ގުޅިގެން ދެކުނު އެފްރިކާ ސަރަހައްދުގެ ހަތް ޤައުމަކުން އަންނަ ކަނޑުއުޅަނދުތައް ކަމުގައިވާ ކާގޯ ބޯޓުތަކަށް ރާއްޖޭގެ ޕޯޓުތައް ބަންދު ކުރަން ޓްރާންސްޕޯޓް އޮތޯރިޓީން ނިންމައިފިއެވެ.

ދެކުނު އެފްރިކާ ސަރަހައްދުން ރާއްޖެ އަށް މީހުން އެތެރެވުން މަނާ ކުރި 7 ޤައުމު ތެރޭގައި އެފްރިކާ އާއި، ނެމީބިއާ، މޮޒަންބީކް، ލެސޯތޯ، ބޮޓްސްވާނާ، ޒިންބާބްވޭ އަދި އެސްވަޓިނީ ހިމެނެއެވެ.

​ޓްރާންސްޕޯޓު އޮތޯރިޓީން ނެރުނު ސާކިއުލާއެއްގައި ވިދާޅުވީ، އެ ހަތް ޤައުމުން އަންނަ އުޅަނދުފަހަރު ތައް ނުވަތަ، އެ ހަތް ޤައުމުގައި ޓްރާންސިޓްވެފައި އަންނަ އުޅަނދުތަކަށް ރާއްޖޭގެ އެއްވެސް ބަނދަރަކަށް ވަނުމުގެ ހުއްދަ ނުދެވޭނެކަމުގައެވެ.

14 ދުވަސް ކުރިން އެ ބަނދަރުތަކުން ފުރާފައިވާ އުޅަނދުފަހަރާއި އަދި ފަޅުވެރިންނަށް ރާއްޖެ ނާދެވޭނެ ކަމަށާއި ނަމަވެސް އޭގެ ކުރިން އެ ޤައުމުތަކުން ފުރާފައިވާ އުޅަނދުތަކުގެ ހުރިހާ އޮޕަރޭޝަނެއް ކުރިއަށް ގެންދަން ޖެހޭނީ “ކޮންޓެކްޓްލެސް” ކޮށް ކަމަށް އެ ސާކިއުލާގައި ވަނީ ބުނެފައެވެ.

​މިގޮތުން އެެ އުޅަނދަށް އެރޭނީ ހަމައެކަނި ހުއްދަ ދެވިފައިވާ ފަރާތްތަކަށް އެކަނި ކަމުގައިވެސް ޓްރާންސްޕޯޓް މިނިސްޓްރީން ވިދާޅުވެއެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް