​ސިފައިންގެ މީހާ ރަހީނުކޮށް އަނިޔާކުރި ވާހަކަ ފުލުހުން ދޮގުކޮށްފި!

Loading

Facebook
Twitter
WhatsApp

​މާލޭގެ މަގުމަތިން ރޭ މީހަކު ރަހީނުކޮށް އަނިޔާކޮށްފައިވާ ކަމަށް އަޑުފެތުރިފައިވި ނަމަވެސް އެފަދަ ކަމެއް ހިނގާފައިނުވާ ކަމަށް ފުލުހުން މިރޭ ބުނެފި އެވެ.

​އެމްއެންޑީއެފްގެ ކޯސްޓްގާޑުގައި މަސައްކަތް ކުރަމުންދާ ހަސަން ފަހީމް، 37، ރަހީނުކޮށް ޕާކެއްގެ ތެރެއަށް އެއްލާލި ކަމަށް އޭނާގެ އާއިލާ އާއި އެމްއެންޑީއެފްއިން ބުނި ނަމަވެސް އެއީ އެކަން ހިނގިގޮތް ނޫން ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

​މި ހާދިސާގައި ސިފައިންގެ މީހާއަށް އަނިޔާވެފައިވާ ސަބަބު ދެނެގަތުމަށް އިތުރަށް މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ވެސް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

”މި މައްސަލައިގެ ތަހުގީގުގައި މިހާތަނަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު، ރަހީނުކޮށްފައިވަނީ މާލެއިންކަމަށް ނުބެލެވެއެވެ. އަދި މިކަން ހިނގާފައިވަނީ އޭނާގެ އަމިއްލަ ދިރިއުޅުމާ ގުޅުންހުރި ޒާތީ ކަމެއްގެ ތެރެއިންކަމަށް މިހާތަނާށް ލިބިފައިވާ މައުލޫމާތުން ބެލެވެއެވެ.“ ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް