​ސިނަމާލޭ ބްރިޖުގެ ބައެއް ލޭންތައް ބަންދު ކުރަނީ!

Loading

Facebook
Twitter
WhatsApp

​މިރެއިން ފެށިގެން ސިނަމާލެ ބުރިޖުގެ ލޭންތަކެއް ވަގުތީ ގޮތުން ބަންދުކުރަން ނިންމާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

 

​ޓްރެފިކް ފުލުހުން މިއަދު ކުރި ޓުވިޓެއްގައި ވިދާޅުވީ، މިރޭ 23:30އިން ފެށިގެން މާދަމާ ފަތިހު 5:00 ޖެހުމާއި ހަމައަށް ހުޅުމާލެއިން މާލެއަށް ދަތުރުކުރާ ލޭން ބަންދުވާނެ ކަމަށާއި މާދަމާ ރޭ 23:30 އިން ފެށިގެން އޭގެ އަނެއް ދުވަހު ފަތިހު 5:00 ޖެހުމާއި ހަމައަށް މާލެއިން ހުޅުމާލެ ދަތުރު ކުރާ ލޭން ބަންދު ވާނެ ކަމަށެވެ.

 

​މި ދެ ލޭން ބަންދު ވި ނަމަވެސް ފުލުހުން ކަނޑައަޅައިފައިވާ ވަކި ލޭންތަކަކުން، ފުލުހުންގެ އިރުޝާދާ އެއްގޮތްވާ ގޮތަށް ދަތުރުކުރުމުގެ ފުރުސަތު އާންމުނަށް ހުޅުވާލެވިފައި އޮންނާނެއެވެ.

 

މައުލޫމާތު ލިބޭގޮތުގައި ބްރިޖްގެ ބައެއް ލޭންތައް ބަންދުކުރަން ނިންމީ ނަން ބޯޑު މަރާމާތު ކުރުމުގެ މަސައްކަތެއް ކުރުމަށް ކަމަށެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް