​ހަލުވި ކަމާއެކު ފެތުރެމުން އަންނަ އޮމިކްރޮން ވޭރިއަންޓް ރާއްޖެއިން ފެނިއްޖެ!

Loading

Facebook
Twitter
WhatsApp

ކޮވިޑް-19 އައު ވޭރިއަންޓެއް ކަމަށްވާ އޮމިކްރޮން ރާއްޖެއިން ފެނިއްޖެއެވެ.

​އެޗްޕީއޭ އިން ވިދާޅުވީ ރާއްޖެ އިން އޮމިކްރޮން އަށް ފައްސިވެފައި ވަނީ ފަތުރުވެރިއެއް ކަމަށެވެ. ނަމަވެސް އޭނާ އަކީ ކޮން ގައުމަކަށް ނިސްބަތްވާ މީހެއް ކަމެއް، އަދި އޭނާ ކޮވިޑަށް ފައްސިވީ ކޮންއިރަކު ކަމެއް އެޗްޕީއޭ އިން ހާމައެއް ނުކުރެއެވެ.

​ވޭރިއަންޓް ކަށަވަރު ކުރެވިފައިވަނީ ފަތުރުވެރިޔާ ކޮވިޑް-19 އަށް ފައްސިވުމުން، ޖިނޮމިކް ސީއުއެންސް ހެދުމުން ކަމަށްވެސް އެ ފަރާތުން ވިދާޅުވިއެވެ.

​އެޗްޕީއޭ އިން ވިދާޅުވީ އޮމިކްރޮން އަށް ރާއްޖެ އިން މީހަކު ފައްސިވުމާއި ގުޅޭ އިތުރު މައުލޫމާތު ފަހުން ހާމަކުރާނެ ކަމަށެވެ.

އޮމިކްރޮން ވޭރިއަންޓް ފުރަތަމަ ފެނިފައިވަނީ ދެކުނު އެފްރިކާއިންނެވެ. މިހާރު ދުނިޔޭގެ ގިނަ ޤައުމުތަކުން މި ވޭރިއަންޓްދަނީ ފެންނަމުންނެވެ.

 

 

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް