​އަޑުބަރޭ 12000 ރުފިޔާއިން ޖޫރިމަނާކޮށް ހަ މެޗަށް ސަސްޕެންޑުކޮށްފި!

Loading

Facebook
Twitter
WhatsApp

​މިދިޔަ ނޮވެމްބަރު މަހު ޝްރީ ލަންކާގައި ބޭއްވި ”ރާޖަޕަކްސަ ފުޓްބޯޅަ“ މުބާރާތުގައި ސީޝެލްސްއާ ދެކޮޅަށް ރާއްޖެ ކުޅުނު މެޗުގައި އެ ޓީމުގެ ކުޅުންތެރިޔަކަށް ގަސްތުގައި އަނިޔާ ދިން މައްސަލައިގައި ޤައުމީ ޓީމުގެ އަސްހަދު އަލީ (އަޑުބަރޭ) ހަ މެޗަށް ސަސްޕެންޑްކޮށް 12،000 ރުފިޔާއިން ޖޫރިމަނާކޮށްފިއެވެ.

​ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ޑިސިޕްލިނަރީ ކޮމިޓީން ވަނީ ޑިސިޕްލިނަރީ ކޯޑުގެ 37 ވަނަ މާއްދާގެ ދަށުން މި ކަން ތަންފީޒުކުރަން އެފްއޭއެމަށް މިހާރު އަންގައިފައެވެ.

ސީޝެލްސްއާ 0-0 އިން އެއްވަރުކޮށް، ރާއްޖެއިން ޕޮއިންޓެއް ހޯދި މި މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން ދެއްކި އިތުރު ވަގުތުގެ ފުރަތަމަ މިނެޓުގައި ކުޅެން އެރި އަޑުބަރޭއަށް ރަތް ކަޑު ދައްކާފައިވަނީ ބޯޅަ ނެތީސް ސީޝެލްސްގެ ކެޕްޓަން މޫނުމަތީގައި އުޅަނބޮށިން ޖެހުމުންނެވެ.

​ސީޝެލްސްގެ ކެޕްޓަނުގެ މޫނުމަތީގައި އުޅަނބޮށިން ޖެހީ ”ފްރަސްޓްރޭޓް“ ވެގެން ކަމަށް އެފްއޭއެމުގެ ޑިސިޕްލިނަރީ ކޮމިޓީގައި ދިފާއުގައި ވާހަކަދައްކަމުން އަސްހަދު އަލީ (އަޑުބަރޭ) ވަނީ ބުނެފައެވެ.

ނަމަވެސް އެއީ ދިފާއުއެއް ކަމަށް ޤަބޫލު ނުކުރެވޭ ކަމަށް ޑިސިޕްލިނަރީ ކޮމިޓީން ބުނެފައިވެއެވެ.

އަޑުބަރޭގެ މި އަމަލާއެކު، ގިނަ ބައެއްގެ ފާޑު ކިޔުން އޭނާއަށް އަމާޒުވިއެވެ. އަދި އޭނާއަށް ފިޔަވަޅު އެޅުމަށްވެސް ގިނަ ބަޔަކު ދިޔައީ ގޮވަމުންނެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް