​އޭލެވެލް އިމްތިޙާންތަށް އޮކްޓޯބަރ/ނޮވެމްބަރ އަށް ފަސްކޮށްފި!

Loading

Facebook
Twitter
WhatsApp

​މަތީ ސާނަވީ ނިންމުމަށް ފަހު ހަދައި އޭލެވެލް އިމްތިހާނު ދެން ރާއްޖޭގައި ހަދާނީ އޮކްޓޯބަރު ނޮވެމްބަރުގައިކަމަށް އެޑިއުކޭޝަން މިނިސްޓްރީން ކަނޑައަޅައިފިއެވެ.

މިނިސްޓްރީއިން މިއަދު ސުކޫލްތަކަށް ފޮނުވި ސާރކިޔުލަރގައި ވާގޮތުން އޮގަސްޓުގައި ދިރާސީ އަހަރު ފެއްޓުމަށްފަހު މެއި/ޖޫންގެ އިމްތިޙާންތަކަށް ދަރިވަރުން ތައްޔާރުކުރުމަށް ދަތިތަކެއް ހުރި ކަމަށް ސުކޫލްތަކުން ވަނީ ފާހަގަ ކޮށްފައެވެ.

​“ސްކޫލްތަކުން ފާހަގަކުރާ ގޮތުގައި، މޭ ޖޫންގައި އިމްތިހާނު ހަދާނަމަ، ގައިޑެޑް ލާނިންގެ ގޮތުގައި ދަރިވަރުންނަށް ބޭނުންވާ 180 ގަޑިއިރު ހަމަކުރުމަށް ދަތިވާނެ،“ ސާކިއުލާގައި ބުންޏެވެ.

އެއާއެކު އެ މިނިސްޓްރީން ބުނީ އޭ ލެވެލް ހަދާ ހުރިހާ ސްކޫލެއްގެ ޕްރިންސިޕަލުންނާއެކު އިމްތިހާނު ހަދާނެ އިރެއް ކަނޑައެޅުމަށް ޓަކައި މަޝްވަރާކޮށްފައިވާކަމަށެވެ.

އަދި ސްކޫލްތަކުގެ ވެރިން ބޭނުންވަނީ ދަރިވަރުންނަށް ވެސް ފައިދާވާނެހެން އިމްތިހާނުގެ ކަންކަން ކުރިއަށް ގެންދިއުމަށްކަމަށް އެ މިނިސްޓްރީން ބުންޏެވެ. އެއާއެކު އޮކްޓޯބަރު ނޮވެމްބަރަށް އިމްތިހާނު ބަދަލުކޮށްފައިވާކަމަށް ސާކިއުލާގައިވެއެވެ.

​މިއާއި އެކު 2019 ވަނަ އަހަރު އޭލެވެލް ފެށި ދަރިވަރުންނޭ އެއްގޮތަށް 2020 ވަނަ އަހަރު އޭލެވެލް ފެށި ދަރިވަރުން ވެސް އޭލެވެލް ނިމޭނީ 3 އަހަރު ދުވަހުންނެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް