‏ރައީސް ޔާމީންގެ އެތައް ހާސް ސަޕޯޓަރުންނެއް ކާނިވާ ސަރަހައްދު ފުރާލައިފި!

Loading

Facebook
Twitter
WhatsApp

​އިދިކޮޅު ޕްރޮގްރަސިވް ކޯލިޝަނުން ކާނިވަލުގައި ބާއްވާ ”މަރުޙަބާ ރައީސް ޔާމީން“ ޖަލްސާ އަށް އެ މަނިކުފާނުގެ ސަޕޯޓަރުން އެ ސަރަހައްދު ފުރާލައިފިއެވެ.

​ކާނިވާ ސްޓޭޖް ކައިރީގައި ޖަލްސާ ބާއްވަން ހާއްސަ ސަރަހައްދުގެ އިތުރުން ވަށައިގެން އޮންނަ ހުސް ސަރަހައްދުގައި ވެސް ގޮނޑި ޖަހާފައި ވާއިރު ޖަލްސާ ފެށުމުގެ ކުރިން ހުރިހާ ގޮނޑިއެއް ވަނީ ފުރިފައެވެ.

”މަރުޙަބާ ރައީސް ޔާމީން“ ޖަލްސާއަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން 5 އަހަރުގެ ޖަލު ހުކުމުން މިނިވަން ވުމުން އެކަން ފާހަގަ ކުރުމަށް ބާއްވާ ޖަލްސާއެކެވެ.

އަންގާރަ ދުވަހު ޖަލު ހުކުމުން ސަލާމަތްވެވަޑައިގެންނެވުމާއި އެކު ރައީސް ޔާމީން ވަނީ ސިޔާސީ މަސައްކަތްޕުޅު ފައްޓަވާފައެވެ. އަންގާރަ ދުވަހުގެ ރޭ ޕާޓީގެ ލީޑާޝިޕާއި ބައްދަލު ކުރައްވާ ކުރިއަށް އޮތް ދުވަސްތަކުގައި ސިޔާސީ ހަރަކާތްތައް ހިންގަވަން ފެނިވަޑައިގަންނަވާ ގޮތް ލީޑާޝިޕާއި ހިއްސާކުރެއްވެވިއެވެ.

​ދެއަހަރު ދުވަހަށް ފަހު ރައީސް ޔާމީން ސަޕޯޓަރުންނާއި ބައްދަލު ކުރައް ވާ މުޚާތަބުކޮށް ވާހަކަ ދެއްކުމަށްވަނީ ހަމަޖެހިފައެވެ. ރައީސް ޔާމީނުގެ އިތުރަށް މިރޭގެ ޖަލްސާގައި ކޯލިޝަންގެ އިސް ބޭފުޅުން ވާހަކަފުޅު ދައްކަވާނެއެވެ.

އެ ގޮތުން ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި ރައީސް ޔާމީންގެ އިސް ވަކީލު އަދި ކޯލިޝަންގެ އެޑްވައިޒަރު ޑރ. މުހައްމަދު ޖަމީލް އަހުމަދު އަދި ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ އިތުރުން ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުވެސް ވާހަކަދައްކަވާނެ އެވެ. ރައީސް ވަހީދު އާއި ޑރ. ޝަހީމަކީވެސް އިދިކޮޅު ކޯލިޝަންގެ އެޑްވައިޒަރުންނެވެ.

ރައީސް ޔާމީން ޖަލުގައި ހުންނެވިއިރު ވެސް ޕީޕީއެމް އިން މާލޭގައި ބޭއްވި ޖަލްސާތަކަށް ގިނަ ބަޔަކު ޖަމާވިއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް