​ބޫސްޓާ ޑޯޒު ޖެހުމަށް ބޭނުންވާ ވެކްސިންގެ އެއްލައްކައަށް ވުރެ ގިނަ ޑޯޒް ގެނެސްފި!

Loading

Facebook
Twitter
WhatsApp

​ކޮވިޑް ވެކްސިން ޕްރޮގްރާމްގެ ދަށުން ބޫސްޓާ ޑޯޒްތައް ޖަހަން ލައްކައަކަށް ވުރެ ގިނަ ވެކްސިންގެ ޑޯޒް ރާއްޖެ ގެނެސްފި އެވެ.​

​ރާއްޖޭގައި ހުންނަ ޔުނިސެފްގެ އޮފީހުން ކުރި ޓްވީޓުގައި ބުނީ ކޮވެކްސް ފެސިލިޓީގެ ދަށުން އެމެރިކާއިން ހަދިޔާކުރި ފައިޒާގެ 100،620 ޑޯޒު ލިބިފައިވާ ކަމަށެވެ.

މިއީ ދުނިޔޭގެ ގައުމުތަކަށް ހަމަހަމަ ކަމާއެކު ވެކްސިން ފޯރު ކޮށްދިނުމަށް ޑަބްލިޔުއެޗްއޯ އިސްވެ އުފައްދާފައިވާ ކޮވެކްސް ފެސިލިޓީ މެދުވެރިކޮށް އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ހަދިޔާ ކުރި ޑޯޒްތައް ކަމަށް ޔުނިސެފުން ވަނީ ބުނެފައެވެ.

ކޮވިޑް ވެކްސިންގެ ތިންވަނަ ޑޯޒް، ބޫސްޓާ ޑޯޒް، އެޗްޕީއޭ އިން ޖަހަން ފަށާފައިވަނީ މިދިޔަ މަހުގެ ހަތަރު ވަނަ ދުވަހުން ފެށިގެނެވެ. ބޫސްޓާ ޑޯޒް ރާއްޖޭގައި މިހާރު ދެނީ އުމުރުން 50 އަހަރުން މަތީގެ މީހުންނާއި ދިފާއީ ނިޒާމް ބަލިކަށި މީހުން އަދި ބޮޑެތި ބަލިތަކަށް ފަރުވާ ހޯދަމުން އަންނަ މީހުންނަށެވެ.

ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވީ މި މަހުގެ ފުރަތަމަ ހަފްތާގައި ރިސޯޓު މުވައްޒަފުންނަށާއި ކުރީ ސަފުގައި މަސައްކަތް ކުރާ ސިއްހީ ހިދުމަތްތެރިންނަށް ބޫސްޓާ ޑޯޒް ދިނުމަށް ހުޅުވައިލާނެ ކަމަށެވެ. އަދި މި މަހުގެ މެދުތެރޭގައި އާންމުންނަށް ބޫސްޓާ ޑޯޒް ޖެހުމަށް ހުޅުވައިލާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

މިހާތަނަށް 22،093 މީހުން ވަނީ ބޫސްޓާ ޑޯޒް ފުރިހަމަ ކޮށްފައެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް