މާފުށީ ޕިކްނިކް އައިލެންޑް ރަސްމީކޮށް ކައުންސިލާ ހަވާލުކޮށްފި!

Loading

Facebook
Twitter
WhatsApp

​ކ. މާފުށީ ރައްޔިތުން ޕިކްނިކް ދާން ހާއްސަ ކޮށްފައިވާ، އެ ރަށު

ފަޅުތެރޭގައި އޮންނަ ”ހިއްކި ބިން“، އެ ރަށު ކައުންސިލާ ހަވާލު ކޮށްފިއެވެ.

​މާފުށި ޕިކްނިކް އައިލެންޑްގެ ބިން ހިއްކުމުގެ އަމަލީ މަސައްކަތް، ޕްލޭނިން މިނިސްޓްރީގެ ފަރާތުން ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާއެވެ.

މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތެއްގައި ޕިކްނިކް އައިލެންޑް ކައުންސިލާ ހަވާލުކޮށްދެއްވީ ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމްއާއި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމްއެވެ. މާފުށީ ކައުންސިލްގެ ފަރާތުން ބިމާ ހަވާލުވީ ކައުންސިލްގެ ރައީސް ހަސަން ސަލާހެވެ. މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހެވެ.

​މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ އަސްލަމް ވިދާޅުވީ މާފުށީ ބިން ހިއްކުމުގެ މަސައްކަތް ކޮށްފައިވަނީ، މީގެ ކުރިން ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގައި އެ މަސައްކަތް ކުރި ކޮންސެޕްޓަށް ނޫން ކަމަށެވެ.

މިނިސްޓަރ އިތުރަށް ވިދާޅުވީ މާފުއްޓަށް އިތުރުކުރި 25 ކެކްޓަރު ހިއްކުމުގައި މާފުށީ ރައްޔިތުން ސަރުކާރާ އެކީގައި ކުރި މަޝްވަރާ އާއެކު އެގޮތަށް ހިއްކަން އެއްބަސްވުމަކީ އެރަށު ރައްޔިތުންގެ ދުރުވިސްނުން ކަމަށެވެ.

”މިއީ ފުރަތަމަ ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްރަށް ރަށާ ވަކިން ނުގުޅި، ގޮނޑުދޮށްތަކެއް އެއީ ހިއްކުމުގެ ބަޔެއްގެ ގޮތުގައި ހިމަނައިގެން ހިއްކި ރަށް،“ ޕްލޭނިންގް މިނިސްޓަރ އަސްލަމް ވިދާޅުވިއެވެ.

މި މަޝްރޫއަކީ 10.8 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. މި މަޝްރޫއުގެ ދަށުން، ދެ ހެކްޓަރުގެ ބިން ހިއްކައިފައިވާއިރު ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ވެސް ކުރާނެ ކަމަށް އެމްޓިސީސީން ބުންޏެވެ.

އެކަމަށް ބޭނުންވާ ސާމާނު މިހާރު ވަނީ އެ ރަށަށް ގެންގޮސްފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް