ކޮވިޑް 19: އަދަދުތައް މައްޗަށް!

Loading

Facebook
Twitter
WhatsApp

ކޮވިޑް-19 ގެ އާ ވޭރިއަންޓް އާއި އެކު ހަލުވިކަމާއެކު ކޮވިޑް ފެތުރި، އަދަދުތައް މައްޗަށް ދާން ފަށައިފިއެވެ.

މިއަދު ރާއްޖެއިން ކޯވިޑް19 އަށް ފައްސިވެފައިވަނީ 337 މީހުންނެވެ. މިއަދު ފެނުނު ކޭސްތަކުގެ ތެރެއިން 129 މީހަކު ފައްސިވެފައިވަނީ މީހުން ދިރިއުޅޭ ރަށަކުންނެވެ.އަދި ރިސޯޓްތަކުން 99 މީހަކާއި ސަފާރީތަކުން 2 މީހަކު ވަނީ ފައްސިވެފައެވެ. އަނެއް 101 ކޭސް ފެނިފައިވަނީ މާލެ ސަރަހައްދުންނެވެ.

މިއަދުގެ ރެކޯޑްތަކާއި އެކު ފައްސިވީ މީހުންގެ ޖުމްލަ އަދަދު މިހާރުވަނީ 97,668 އަށް އަރައިފައެވެ. އޭގެ ތެރޭގައި 3300 އެކްޓިވް ކޭސް ހިމެނޭއިރު 15 ފަރާތަކަށް ދަނީ އެޑްމިޓް ކޮށްގެން ފަރުވާ ދެމުންނެވެ .

މިހާތަނަށް ރާއްޖެ އިން 264 މީހަކުވަނީ މި ބަލީގައި މަރުވެފައެވެ. އަދި 94,091 މީހަކު ވަނީ މިބަލިން ރަނގަޅުވެފައެވެ.

ރާއްޖޭގައި ކޮވިޑްގެ އާ ވޭރިއަންޓް ފެތުރުނު ފަހުން ފައްސިވާ ރޭޓް 66 އިންސައްތަ އަށް ވަނީ އިތުރުވެފައެވެ.

މިއީ މި ފަހުން، މިހާ ގިނަ އަދަދެއްގެ ބަޔަކު ކޮވިޑަށް ފައްސިވި ފުރަތަމަ ފަހަރުވެސްމެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް