​ޕްރެޒިޑެންޓްސް ކަޕް: މާޒިޔާ ބަލިކޮށް ވެލެންސިއާއިން ޗެމްޕިއަންކަން ހޯދައިފި!

Loading

Facebook
Twitter
WhatsApp

​ޕްރެޒިޑެންޓްސް ކަޕް ފުޓުބޯޅަ މުބާރާތުގެ ފައިނަލުގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ބަލިކޮށް މުބާރާތުގެ ޗެމްޕިއަންކަން ކުލަބް ވެލެންސިއާ އިން ހޯދައިފިއެވެ.

​ރ. އަލިފުށީގައި މިއަދު ހަވީރު ކުޅުނު މި މެޗުގެ ފުރިހަމަ ވަގުތު ހަމަވި އިރު 1-1އިން އެއްވަރުވެފައިވާތީ ނަތީޖާ ނެރެން އިތުރުވަގުތުގެ ދެ ހާފު ކުޅެންޖެހުނެވެ.

​ވެލެންސިއާއިން މާޒިޔާގެ މައްޗަށް ކުރި ހޯދީ އިތުރު ވަގުތުގެ 15 މިނެޓުގެ ފުރަތަމަ ހާފުގައި، މެޗުގެ 104ވަނަ މިނެޓުގައި މާޓިން ބޯޚަސް ޖަހައިދިން ލަނޑަކާއެކުގައެވެ.​

​މިއީ ވެލެންސިއާއިން ޕްރެޒިޑެންޓްސް ކަޕް ކާމިޔާބު ކުރި ހަވަނަ ފަހަރެވެ. ވެލެންސިއާ އިން އެންމެ ފަހުން ޕްރެޒިޑެންޓްސް ކަޕް ފައިނަލް ކުޅުނީ ވިކްޓްރީއާ ދެކޮޅަށް 2008ވަނަ އަހަރުއެވެ.

​މާޒިޔާއަކީ ރާއްޖޭގެ ކުލަބް ފުޓުބޯޅައިގައި މި ވޭތުވެދިޔަ ދެ އަހަރުގައި ލީގު ކާމިޔާބުކޮށްފައިވާ ޓީމެވެ. އެ ޓީމު ވަނީ މީގެކުރިން އެއް ފަހަރު ޕްރެޒިޑެންޓްސް ކަޕް ހޯދާފައެވެ.

މެޗު ފަށައިގެން މާޒިޔާއަށް ރަނގަޅަށް ކުޅުން ނުފެށި އުޅެނީސް ވެލެންސިއާ އިން ލީޑުނެގި އެވެ.

​މެޗުގައި މާޒިޔާގެ ފަރާތުން ނުރައްކާތެރި ހަމަލާތަކެއްވަނީ ފެނުނެވެ. އެ ގޮތުން، މެޗުގެ 38 ވަނަ މިނެޓުގައި މާޒިޔާގެ އިބްރާހިމް ވަހީދު ފޮނުވާލި ބޯޅަ ދިޔައީ ވެލެންސިއާގެ ކީޕަރު ފައިސަލްގެ އަތު ޖެހިފައި، ގޯލް ދަނޑި ކައިރިން ބޭރަށެވެ. އެއާއެކު މަޒިޔާއަށް ވަނީ ކޯނަރެއް ލިބިފައެވެ. ތިރިތިރިން ނެގި ކޯނަރު، ފައިން ގޯލަށް ފޮނުވާލައިގެން މާޒިޔާގެ ކެޕްޓަން އިރުފާން ވަނީ އެޓީމަށް މެޗުގެ ނަތީޖާ ހަމަހަމަކޮށްދީފައެވެ.

​ފުރަތަމަ ހާފު ނިމިގެން ދިޔައީ ދެ ޓީމު 1-1 އިން އެއްވަރުވެގެން އޮވެއެވެ.

​މެޗުން ވެލެންސިއާ މޮޅުވި ލަނޑު ޖަހާފައިވަނީ އެ ޓީމުގެ ސްޕެއިން ފޯވާޑް ބޯހާސް މާޓީން ގޮންޒާލޭޒް އެވެ. މިއީ މާޒިޔާގެ ޑިފެންސްލައިނުން ހޯދި ޖާގައަކުން އޭނާ ކާމިޔާބުކުރި ލަނޑެކެވެ.

ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ކުލަބް ވެލެންސިއާގެ ބޯހަސް އެވެ. އަދި މުބާރާތުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ އިތުރުން މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ކުލަބް ވެލެންސިއާގެ އަލީ ފާސިރު (ސެންޓޭ) އެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް