​ސްކޫލްތަކުން ބޭނުންނަަމަ ފަސް ދުވަހު ވެސް ދަރިވަރުން ހާޒިރުކޮށްގެން ކިޔަވައިދެވޭނެ!

Loading

Facebook
Twitter
WhatsApp

​މާލޭ ސްކޫލުތަކުގައި ފުރަތަމަ ހަފްތާގައި މަދުވެގެން ދެ ދުވަހު ދަރިވަރުން ސްކޫލްތަކަށް ހާޒިރުވާގޮތަށް ހަމަޖައްްސާފައިވީ ނަމަވެސް، ސުކޫލުތަކުން ބޭނުން ނަމަ ހުރިހާ ދުވަހަކު ވެސް ދަރިވަރުން ހާޒިރުކޮށްގެން ކިޔަވައިދެވިދާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

​އެޑިއުކޭޝަން މިނިސްޓްރީން އިއްޔެ ނެރުނު ނޫސްބަޔާނެއްގައި ބުނީ، ކޮވިޑް ކޭސްތައް އިތުރުވަމުން އަންނާތީ މާލޭ ސްކޫލުތަކުގެ ގްރޭޑް 8-1 ގެ ދަރިވަރުން ފުރަތަމަ ހަފްތާގައި މަދުވެގެން ދެ ދުވަހު ސްކޫލަށް ހާޒިރުވާ ގޮތަށް ޓައިމްޓޭބަލް ރޭވުމަށް ސްކޫލްތަކަށް އަންގައިފައިވާ ކަމަށެވެ.

އިއްޔަ އެގޮތަށް އަންގާފައި ވީނަމަވެސް ދެ ދުވަހަކީ އެންމެ މަދުވެގެން ދަރިވަރުން ހާޒިރު ކުރަން ޖެހޭނެ އަދަދު ކަމަށް މިއަދު އެޑިއުކޭޝަން މިނިސްޓްރީގެ މީޑިއާ އޮފިޝަލް ވަނީ ވިދާޅުވެފައެވެ.

އޭނާ އިތުރަށް ވިދާޅުވީ ސްކޫލެއްގެ ދަރިވަރުންގެ އަދަދާއި، ކެޕޭސިޓީއަށް ބަލާފައި ގާތުން އެއްތާވުމުން ދުރުކޮށްދިނުމާއެކު، ހަފްތާއަކު ދެ ދުވަހަށް ވުރެ ގިނައިން ދަރިވަރުން ސްކޫލަަށް ހާޒިރުކޮށްގެން ކިޔަވައިދިނުމަކީ މައްސަލައެއް ނޫން ކަމަށެވެ.

​ރާއްޖޭގެ ކޮވިޑްގެ ހާލަތު ގޯސްވެފައި ވާއިރު، މިފަހުން މާލޭއިން ޕޮޒިޓިވްވާ މީހުންގެ އަދަދު ވަނީ ބޮޑުތަނުން މަތިވެފައެވެ. އެހެން ކަމުން ކުރިއެކޭ ވެސް އެއްގޮތަށް، ދަރިވަރުން ސްކޫލަށް ހާޒިރު ވުމުން ހުން ބަލައި، ސެނަޓައިޒް ކުރަން ޖެހޭނެ ކަމަށާއި ސްކޫލުގައި ކިޔަވައިދޭ ދަންފަޅި ކުރު ކުރުމަށް އެޑިއުކޭޝަނުން ވަނީ އަންގައިފައެވެ.

​މީގެ އިތުރުން، ކްލާސްރޫމުގައި ދަރިވަރުން ތިބެން ޖެހޭނީ ތިން ފޫޓު ދުރުގައި ކަމަށާއި ކޮވިޑުން ރައްކާތެރި ވުމަށްޓަކައި އެޗްޕީއޭއިން ދޭ އިރުޝާދުތަކަށް އަމަލު ކުރުމަށް މިނިސްޓްރީން ވަނީ އަންގާފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް