ތައިލޭންޑަށް އަންނަ މަހުން ފެށިގެން ކަރަންޓީން ނުވެ ދެވޭނެ!

Loading

Facebook
Twitter
WhatsApp

އަންނަ މަހުން ފެށިގެން ކަރަންޓީނު ނުވެ ތައިލޭންޑަށް ދެވޭނެ ކަމަށް އެގައުމުން ބުނެފިއެވެ.

​ތައިލޭންޑުގެ ސެންޓަރ ފޯ ކޮވިޑް-19 ސިޗުއޭޝަން އެޑްމިނިސްޓްރޭޝަން (ސީސީއެސްއޭ) ބުނެފައިވަނީ އަންނަ މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ”ޓެސްޓް އެންޑް ގޯ“ ސްކީމް ދަށުން އެގައުމަށް އެތެރެ ވެވޭނެ ކަމަށެވެ.

​ޓެސްޓް އެންޑް ގޯ ސްކީމްގެ ދަށުން ތައިލެންޑަށް އެތެރެވާ ހުރިހާ ފަރާތްތަކަކުންވެސް އޮން އެރައިވަލް ޕީސީއާރް ކޮވިޑް ޓެސްޓްގެ އިތުރުން ތައިލެންޑް ސަރުކާރުން ކަނޑައަޅާފައިވާ ފެސިލިޓީއަކުން ދެވަނަ ޕީސީއާރް ކޮވިޑް ޓެސްޓެއް ހަދަންޖެހެ އެވެ. މިޓެސްޓަކީ ތައި ސަރުކާރުގެ ހަރަދުގައި ހިލޭ ހަދައިދޭ ޓެސްޓެކެވެ.

​ޓެސްޓް އެންޑް ގޯ ސްކީމް އެ ޤައުމުގައި އޮމިކްރޮންގެ ވޭރިއެންޓްތައް ފެތުރެން ފެށުމާއި އެކީ މީގެ އެއްމަސް ދުވަސް ކުރިން ވަނީ ސަސްޕެންޑް ކޮށްފައެވެ.

​ތައިލެންޑްގައި ”ޓެސްޓް އެންޑް ގޯ“ ޕްރޮގްރާމް ފެށިފަހުން ބެންކޮކް އެއާޕޯޓަް ދުވާލަަކު 30،000 މީހުން އެތެރެވެފައިވެއެވެ. އޭގެ ކުރިން އެ އެއާޕޯޓަށް ދުވާލަކު އެތެރެވަނީ 6،000 އެއްހާ މީހުންނެވެ.

​​ތައިލެންޑް އިން މިހާތަނަށް 2،391،357 މީހުންނަށް ކޮވިޑް ޖެހި 22،060 މީހުން ވަނީ މި ބަލީގައި ނިޔާވެފައެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް