​ކޮވިޑް ނަންބަރުތައް 2000 އިން މައްޗަށް!

Loading

Facebook
Twitter
WhatsApp

​އިއްޔެ ރާއްޖެއިން ކޯވިޑް19 އަށް 2137 މީހުން ފައްސިވެއްޖެއެވެ. އިއްޔެ ފެނުނު ކޭސްތަކުގެ ތެރެއިން 547 މީހަކު ފައްސިވެފައިވަނީ މީހުން ދިރިއުޅޭ ރަށަކުންނެވެ. އަދި ރިސޯޓްތަކުން 89 މީހަކާއި ސަފާރީތަކުން 4 މީހަކު ވަނީ ފައްސިވެފައެވެ. އަނެއް 1219 ކޭސް ފެނިފައިވަނީ މާލެ ސަރަހައްދުންނެވެ.

އިއްޔެ ރެކޯޑްތަކާއި އެކު ފައްސިވީ މީހުންގެ ޖުމްލަ އަދަދު މިހާރުވަނީ 108,732 އަށް އަރައިފައެވެ. އޭގެ ތެރޭގައި 9,574 އެކްޓިވް ކޭސް ހިމެނޭއިރު 43 ފަރާތަކަށް ދަނީ އެޑްމިޓް ކޮށްގެން ފަރުވާ ދެމުންނެވެ .

މިހާތަނަށް ރާއްޖެ އިން 265 މީހަކުވަނީ މި ބަލީގައި މަރުވެފައެވެ. އަދި 98,880 މީހަކު ވަނީ މިބަލިން ރަނގަޅުވެފައެވެ.

އިއްޔެއަކީ ކޮވިޑް-19 ބަލިމަޑުކަން ރާއްޖެ އިން ފެނުނު ފަހުން ރާއްޖެ އިން ދެވަނަ އަށް އެންމެ ގިނަ މީހުން ކޮވިޑަށް ފައްސިވި ދުވަހެވެ. މިއަދު ފިޔަވައި ދެން އެންމެ ގިނަ މީހުން ކޮވިޑަށް ފައްސިވީ މިދިޔަ އަހަރުގެ ނޮވެމްބަރ 20 ވަނަ ދުވަހު އެވެ. އެދުވަހު 2194 މީހުން ކޮވިޑަށް ފައްސިވިއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް