​ފަތުހީގެ ކެމްޕޭނަށް ރައީސް ޔާމީން ކޮމަންޑޫއަށް ވަޑައިގެންފި!

Loading

Facebook
Twitter
WhatsApp

​ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި އިދިކޮޅު ޕީޕީއެމްގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓް މޫސާ ފަތުހީ އާދަމްގެ ކެމްޕޭނަށް ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ކޮމަންޑޫ ދާއިރާގެ ރަށްތަކަށް ފެއްޓެވި ދަތުރުފުޅުގެ ތެރެއިން ކޮމަންޑޫއަށް ވަޑައިގެންފި އެވެ.

​އެމަނިކުފާނު ކޮމަންޑޫއަށް ވަޑައިގެންފައި ވަނީ މިއަދު ކްރިމިނަލް ކޯޓުގައި އޮތް އެމަނިކުފާނުގެ މައްސަލައިގެ އަޑުއެހުން ނިންމަވާލެއްވުމަށް ފަހުއެވެ.

މިއަދު މެންދުރު ފަހުގެ ވަގުތެއްގައި ރައީސް ޔާމީން އެރަށަށް ވަޑައިގެންނެވިއިރު ގިނަ އަދަދެއްގެ ބަޔަކު އެ މަނިކުފާނަށް މަރުޙަބާ ކިޔުމަށް ބަނދަރު ސަރަހައްދަށްވަނީ ޖަމާވެފައެވެ. ބަނދަރު ސަރަހައްދުގައި ތިއްބެވި ބޭފުޅުންނާ ރައީސް ޔާމީންވަނީ ސަލާމް ކުރައްވާފައެވެ.

ކޮމަންޑޫ ދާއިރާގެ ގޮނޑި ހުސްވެގެން ދިޔައީ، އެ ދާއިރާ ތަމްސީލް ކުރައްވަމުން ގެންދެވި އެމްޑީޕީގެ މެންބަރު ހުސައިން ވަހީދު ކެންސަރުގެ އާލާސްކަންފުޅެއްގައި އުޅުއްވަނިކޮށް މި މަހުގެ 14 ވަނަ ދުވަހު އަވަހާރަވުމުންނެވެ.

​ޕީޕީއެމްގެ އިތުރުން މި ދާއިރާއަށް ވާދަ ކުރަނީ ސަރުކާރު ކޯލިޝަންގެ މައި ޕާޓީ، އެމްޑީޕީންނާއި ކާނަލް ނާޒިމްގެ ޕާޓީ އެމްއެންޕީިންނެވެ. މި ދެ ޕާޓީންވެސް ކޮމަންޑޫ ދާއިރާގައި ދަނީ ވަރުގަދަ ކެންޕެއިންތަކެއް ކުރައްވަމުންނެވެ.

​އެމްއެންޕީން ވާދަކުރައްވަނީ ތައުލީމީ ދާއިރާގައި ޚިދުމަތްތަކެއް ކުރައްވާފައިވާ އަބްދުލް ހަންނާން އިދުރީސްއެވެ. އަދި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވަނީ ށ. ފޯކައިދޫ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ރާޝިދެވެ. ރާޝިދަކީ މިދިޔަ ތިން ދައުރު (ނުވަ އަހަރުގެ މުއްދަތަކަށް) ފޯކައިދޫ ކައުންސިލްގެ ރައީސް ކަން ވެސް ކުރެއްވި ބޭފުޅެކެވެ.

Loading

One Response

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް