​މާލޭ ސްކޫލުތަކަށް ހާއްސަ ފިޔަވަޅުތަކަކާއި އެކު އާދީއްތަ ދުވަހު ކިޔެވުން ފެށަނީ!

Loading

Facebook
Twitter
WhatsApp

​އަންނަ އާދިއްތަ ދުވަހު ދެވަނަ ޓާމްގެ ކިޔެވުން ފެށޭއިރު، ކޮވިޑް-19 އިން ރައްކާތެރިވުމަށް މާލޭގެ ސްކޫލުތަކުގައި ޚާއްސަ ފިޔަވަޅުތަކެއް އަޅައިފިއެވެ.

​އެޑިއުކޭޝަން މިނިސްޓްރީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ، އަނެއްކާވެސް ރާއްޖޭގައި ކޮވިޑް ވައިރަސް ހަލުވިކަމާއެކު ފެތުރެމުން ދާތީ، ރައްކާތެރިކަމުގެ ހާއްސަ ފިޔަވަޅުތަކެއް އެޅުމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އަންގަމުން ދާ ކަމަަށެވެ.

އެގޮތުން ​ސްކޫލްގައި ކިޔަވައިދޭ ދަންފަޅި ކުރުކުރުމާއި ގްރޭޑު 1-8 (ކީސްޓޭޖް 1،2،3) ގެ ދަރިވަރުން ފުރަތަމަ ހަފްތާގައި މަދުވެގެން ދެ ދުވަހު ސްކޫލަށް ހާޒިރުވާ ގޮތަށް ޓައިމްޓޭބަލް ރާވަން މިނިސްޓްރީން ވަނީ ސްކޫލްތަކަށް އަންގައިފަ އެވެ.

ކުރިއެކޭވެސް އެއްގޮތަށް، ދަރިވަރުން ސްކޫލަށް ހާޒިރު ވުމުން ހުން ބަލައި، ސެނަޓައިޒް ކުރަން ޖެހޭނެ ކަމަށާއި ސްކޫލުގެ ހުރިހާ ހަރަކާތެއްގައި ވެސް ގައިދުރުކަން ބަހައްޓަން ޖެހޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

މީގެ އިތުރުން، ކްލާސްރޫމުގައި ދަރިވަރުން ތިބެން ޖެހޭނީ ތިން ފޫޓު ދުރުގައި ކަމަށާއި ކޮވިޑުން ރައްކާތެރި ވުމަށްޓަކައި އެޗްޕީއޭއިން ދޭ އިރުޝާދުތަކަށް އަމަލު ކުރުމަށް މިނިސްޓްރީން ވަނީ އަންގާފައެވެ.

ކޮވިޑް-19 ހާލަތު ރާއްޖޭގައި އަންނަނީ ވަރަށް ބޮޑަށް ގޯސްވަމުންނެވެ. މިދިޔަ 24 ގަޑިއިރުގެ ތެރޭގައި ބައްޔަށް 800 އަށްވުރެ ގިނަ މީހުންވަނީ ފައްސިވެފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް