​ގްރެފިޓީތައް އަލުން ކުރަހާ މީހުން ހޯދައި ގާނޫނީ ފިޔަވަޅު އަޅަނީ!

Loading

Facebook
Twitter
WhatsApp

​ފާރުތަކުގައި ގްރެފިޓީތައް އަލުން ކުރުހާ މީހުން ހޯދައި ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

​މާލޭގެ އެކި މަގުތަކުގައި ހުރި ގްރެފިޓީތައް ނައްތާލުމަށް ފުލުހުންނާއި ގުޅިގެން ސިޓީ ކައުންސިލުން މަސައްކަތް ފަށާފައިވަނީ މިދިޔަ އާދިއްތަ ދުވަހުއެވެ. އެ މަސައްކަތުގެ ތެރެއިން މާލޭގެ ގިނަ ސަރަހައްދުގައި ކުރަހާފައިވާ ގްރެފިޓީތައް ކައުންސިލް ވަނީ ފޮހެލާފައެވެ. އެ މަސައްކަތުގެ ތެރެއިން މާލޭގެ ގިނަ ސަރަހައްދުގައި ކުރަހާފައިވާ ގްރެފިޓީތައް ކައުންސިލް ވަނީ ފޮހެލާފައެވެ.

ގިނަ ސަރަހައްދުގައި ހުރި ގްރެފިޓީތައް ފޮހުނުތާ މަދު އިރުކޮޅެއެްގެ ތެރޭގައި އަނެއްކާ ވެސް ފުލުހުންނަށް ހުތުރުބަސް ލިޔެ އެސަރަހައްދުގައި ވަނީ ގްރެފިޓީތައް ކުރަހަން ފަށާފައެވެ.

މާލޭ ސިޓީ ކައުންސިލްގެ މީޑިއާ އޮފިޝަލް މަރިޔަމް ޝިއުނާ ވިދާޅުވީ، ފޮހެލާފައިވާ ގްރެފިޓީތައް އަލުން ކުރަހާފައިވާކަން ފުލުހުން ފާހަގަ ކޮށްފައިވާ ކަމަށާއި އަދި އެފަދަ އަމަލުތައް ކުރާ ފަރާތްތަކަށް ފުލުހުން ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށެވެ.

”ފުލުހުންގެ ޖަވާބަކީ އެކަން ކުރާ ފަރާތްތަކުން ހޯދައި ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް“ ޝިއުނާ ވިދާޅުވިއެވެ.

ޝިއުނާ ވިިދާޅުވީ ސިޓީ ކައުންސިލުން އަނެއްކާ ވެސް އެތަންތަން ސާފު ކުރާނެ ކަމަށެވެ. ނަމަވެސް ދާއިމީ ހައްލެއް ހޯދައިދޭނެކަމަށް ފުލުހުން ބުނެފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް