​ދިވެހި ނޫސްވެރިން ޕާކިސްތާނަށް ފޮނުވައިގެން ތަމްރީނު ކުރަން މަޝްވަރާކޮށްފި!

Loading

Facebook
Twitter
WhatsApp

​ޕާކިސްތާނުގައި ދިވެހި ނޫސްވެރިން ތަމްރީނުކުރަން، މޯލްޑިވްސް މީޑިއާ ކައުންސިލުން ރާއްޖޭގައި ހުންނަ ޕާކިސްތާނު އެމްބަސީއާއެކު މަޝްވަރާކޮށްފިއެވެ.

މި މަޝްވަރާ ބައްދަލުވުމުގައި ޕާކިސްތާނުގައި ދިވެހި ނޫސްވެރިން ތަމްރީން ކުރުމުގެ ފުރުސަތު ފަހިކޮށްދެއްވާނެ ކަމަށް ޕާކިސްތާނުގެ އެންބެސެޑަރު ވައިސް އެޑްމިރަލް ވިދާޅުވިއެވެ.

އެމްއެމްސީން ބުނީ މި ބައްދަލުވުމުގައި ދިވެހި ނޫސްވެރިން ޕާކިސްތާނަށް ފޮނުވައިގެން ތަމްރީނު ޕްރޮގްރާމްތަކެއް ހިންގުމަށާއި، ޕާކިސްތާންގެ ތައުލީމީ ޚިދުމަތްދޭ މަރުކަޒުތަކުގެ މާހިރުން ދިވެހިރާއްޖެ ގެނެސްގެން ތަމްރީނު ޕްރޮގްރާމްތަކެއް ހިންގުމަށާއި، އޮންލައިންކޮށް މި ދާއިރާގެ ތަމްރީނު ޕްރޮގްރާމްތަކެއް ހިންގުމަށް މަޝްވަރާތަކެއްކޮށްފައިވާ ކަމަށެވެ.

​ހަމައެހެންމެ ކުރު މުއްދަތާއި ދިގު މުއްދަތުގެ ސްކޮލާޝިޕް ޕްރޮގްރާމްތަކެއް ނޫސްވެރިންނަށް ހޯދައިދިނުމާ ގުޅޭގޮތުން ވެސް މަޝްވަރާ ކޮށްފައިވާކަމަށް އެމްއެމްސީން ބުންޏެވެ.

ޕާކިސްތާނުން ރާއްޖެއަށް ކަނޑައަޅައިފައި ހުންނަވާ ސަފީރު ވައިސް އެޑްމިރަލް (ރިޓަޔާޑް) އަތަރު މުހުތާރާއި ޑެޕިއުޓީ ހައި ކޮމިޝަނަރު ޑެޕިއުޓީ ހެޑް އޮފް މިޝަން، ޒުލްގަރުނައިން އަހުމަދާއެކު ކުރިއަށް ދިޔަ މަޝްވަރާ ބައްދަލުވުންތަކުގައި އެމްއެމްސީގެ ރައީސް ޝަހުބާން ފަހުމީއާއި މެންބަރު އަލީ ހުސެއިން، މެންބަރު އިބްރާހިމް ފައުޒީ، މެންބަރު ހުސެއިން ސަގީފްގެ އިތުރުން ސެކްރެޓަރީ ޖެނެރަލް ޑރ. އިބްރާހިމް ސަމީރު ވަނީ ބައިވެރިވެޑައިގެންފައެވެ.

މި މަޝްވަރާތަކަށް ފަހު ރާއްޖޭގެ މީޑިއާ ކައުންސިލާއި ޕާކިސްތާންގެ ޕްރެސް ކައުންސިލާއި ގުޅުން ބަދަހިކޮށް އެ ދާއިރާއަށް ބޭނުންވާ ތަމްރީން ޕްރޮގްރާމްތައް ލިބޭނެ މަގު ފަހިކޮށްދެއްވުމަށް މަސައްކަތްކޮށްދެއްވަނެ ކަމަށް އޭނާ ވިދާޅުވިއެެވެ.

Loading

One Response

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް