​ހަނިމާދޫ އެއަރޕޯޓް ތަރައްގީކުރަން 4 ކުންފުންޏަކުން ޝައުގުވެރިކަން ފާޅުކޮށް ބީލަން ހުށަހަޅައިފި!

Loading

Facebook
Twitter
WhatsApp

​ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއަށް ބީލަން ހުށަހެޅުމަށް ހުޅުވާލި ފުރުސަތުގައި ހަތަރު ކުންފުންޏަކުން ބީލަން ހުށަހެޅި ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފިއެވެ.

​އިކޮނޮމިކް މިނިސްޓްރީން ވިދާޅުވީ އެ އެއާޕޯޓް ތަރައްގީކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހަޅަން ހުޅުވާލި ފުރުސަތު މިއަދު ހަމަވެފައިވާ ކަމަށެވެ. ނަމަވެސް އެ ފުރުސަތުގައި ބީލަން ހުށަހެޅި ކުންފުނިތަކުގެ ތަފްސީލެއް އިކޮނޮމިކް މިނިސްޓްރީން ހާމަކޮށްފައެއް ނުވެއެވެ.

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްޤީ ކުރުމުގެ މި މަޝްރޫޢުގެ ދަށުން ހަނިމާދޫގައި 46.2 ކިލޯމީޓަރުގެ އާ ރަންވޭއަކާއި އަހަރަކު 3.1 މިލިއަން ފަސިންޖަރުންނަށް ޚިދުމަތްދެވޭނެ ޖާގައިގެ ޓަރމިނަލެއް ޢިމާރާތް ކުރެވޭނެ ކަމަށެވެ. އަދި ބައިނަލްއަޤްވާމީ ދަތުރުތައް ފުޅާކުރުމަށް ބޭނުންވާ އެހެނިހެން ވަސީލަތްތައް ޤާއިމުކުރެވިގެންދާނެ ކަމަށާއި މިމަޝްރޫޢު ނިމުމުން ބައިނަލްއަޤްވާމީ ދަތުރުތަކުގައި ބޭނުންކުރާ އެއަރބަސް 320 އާއި ބޯއިންގ 737 މަރުކާގެ ބޯޓުފަހަރަށް ހަނިމާދޫ އެއަރޕޯޓުން ޚިދުމަތް ދެވިގެން ދާނެ ކަމަށް ވެސް އިކޮނޮމިކް މިނިސްޓްރީން ވިދާޅުވިއެވެ.

​އެ އެއާޕޯޓު ނިމުމުން މެދު އިރުމައްޗާއި، ދެކުނު އޭޝިއާއާއި، ދެކުނު އިރުމަތީ އޭޝިއާގެ އިތުރުން އެފްރިކާގެ ގައުމުތަކުން ސީދާ ފްލައިޓްތައް ހަނިމާދޫއަށް އޮޕްރޭޓްކުރެވޭ ވަރުގެ ގާބިލުކަން ހުންނާނެކަމަށްވެސް އިކޮނޮމިކް މިނިސްޓްރީން ބުނެއެވެ.

​ހަނިމާދޫ އެއަރޕޯޓް ތަރައްޤީ ކުރުމަކީ ރާއްޖޭގެ އުތުރުގައި އިޤްތިޞާދީ މައި ހަބެއް ޤާއިމުކުރުމުގެ ސިޔާސަތުގެ ދަށުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއްދީގެން ކުރިޔަށް ގެންދާ މުހިއްމު މަޝްރޫޢެކެވެ.

Loading

One Response

  1. މިހާރުވެސް އޮންނާނީ ދޭނެ ކުންފުންޏެއް ފަޔާމެން ހޯދައި ނިންމާފަ. އިއުލާނުކޮށްލަނީ އެއީ ކަންކުރާ އުސޫލެއް އޮންނަކަން ދައްކަންވެގެން. ހަދާނީ ބޭނުންވާގޮތެއް. ބުނާގޮތް ނަހަދާ މީހެއްނަމަ ވަޒީފާއިން ދުރުކޮށްލާނީ. ކަން ގެންދާނީ ބޭނުންވާގޮތަށް ކުރިއަށެވެ. ނޫންތަ؟

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް