ޚަޝޯޣީ މަރާލަން ރުހުން ދިނީ ވަލީއަހްދު މުހައްމަދު ބިން ސަލްމާން  - އެމެރިކާ

Loading

Facebook
Twitter
WhatsApp

ނޫސްވެރިޔާ ޖަމާލް ޚަޞޯޣީ ހައްޔަރު ކުރަން ނުވަތަ އޭނާ މަރާލުމަށް ސައުދީ އަރަބިއްޔާގެ ވަލީ އަހުދު މުހައްމަދު ބިން ސަލްމާން ރުހުން ދިން ކަމަށް ކަމަށް އެމެރިކާގެ އިންޓަލިޖެންސް ރިޕޯޓުގައި ބުނެފި އެވެ.

އެމެރިކާގެ ރައީސް ޖޯ ބައިޑަންގެ ސަރުކާރުގެ ޑިރެކްޓަ އޮފް ނޭޝަނަލް އިންޓަލިޖެންސްގެ އޮފީހުން ނެރުނު ރިޕޯޓުގައި ބުނެފައި ވަނީ ވަލީއަހުދު ރުހުން ދީފައި ވަނީ ތުރުކީން ޚަޝޯޣީ ހައްޔަރު ކުރަން ނުވަތަ މަރާލުމަށް ކަމަށެވެ.

އެމެރިކާ ފިޔަވައި އެހެން ގިނަ ގައުމުތަކުންނާއި އިންޓެލިޖެންސް އެޖެންސީތަކުން މީގެ ކުރިން ވެސް ވަނީ ޚަޝޯޣީގެ މަރާއި ވަލީއަހުދު މުހައްމަދާއި ގުޅުވާފައެވެ. ނަމަވެސް އެމެރިކާ އިން ވަނީ ޚަޝޯޣީގެ މަރާއި ވަލީއަހުދު މުހައްމަދާއި ގުޅުވަން ކުރިން ދެކޮޅު ހަދާފައެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަކީ ސައުދީ އަރަބިއްޔާގެ ސަރުކާރާއި ހާއްސަކޮށް ވަލީއަހުދު މުހައްމަދާއި ވަރަށް ގާތް ގުޅުމެއް ބޭއްވި މީހެކެވެ.

ޚަޝޯޤީ ގެއްލިފައި ވަނީ އޮކްޓޯބަރު 2018 ގައި ކައިވެނި ކުރާނެ ލިޔުމެއް ހޯދުމަށް ތުރުކީގެ އިސްތަންބޫލްގައި ހުންނަ ސައުދީ ކޮންސިއުލޭޓަށް ވަން ފަހުންނެވެ. އޭގެ ފަހުން އޭނާގެ ޚަބަރެއް ނުވެ އެވެ. ފަހުން އެނގުނު ގޮތުގައި ކޮންސިއުލޭޓް ތެރޭގައި އޭނާ މަރާލުމަށްފަހު ހަށިގަނޑު ވަނީ ނައްތާލާފައެވެ. އަދި މިއަދާއި ހަމައަށް ވެސް ޚަޝޯޣީގެ ހަށިގަނޑުގެ އެއްވެސް ބައެއް ފެނިފައެއް ނުވެއެވެ.

ކުރިން ސައުދީ އަރަބިއްޔާގެ ޝާހީ އާއިލާ އާއި ވަރަށް ގާތް ގުޅުމެއް ބާއްވަމުން އައި ޚަޝޯޤީ ފަހުން ވަނީ ސައުދީ އަރަބިއްޔާގެ ޝާހީ އާއިލާ އާއި ދެކޮޅަށް އެމެރިކާގެ ނޫހެއްގައި ސިލްސިލާކޮށް ލިޔުންތައް ލިޔަން ފަށާފައެވެ. އެހެންކަމުން ހުޅަނގުގެ ގައުމުތަކުގައި ސައުދީ އަރަބިއްޔާގެ އަގު ވެއްޓެން މެދުވެރިވާ އެންމެ ބޮޑު އެއް ސަބަބަކަށް ޚަޝޯޤީ ހުރީ ވެފައެވެ.

Loading

One Response

  1. ކިލަރ އެމްބީއެސް ދޯ؟ އިސްލާމުންގެ ވެރިޔާކަމަށް ހެދެންވެގެން މީހުން މެރުން ދޯކަމަކީ؟ ބަލާލަ ޔަމަނަށް ހަދާގޮތް.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް