ޕާކިސްތާނާއި އީރާނާ ގުޅިގެން ޢަސްކަރީ ތަމްރީނުތަކެއް ހިންގަނީ

Loading

Facebook
Twitter
WhatsApp

ޕާކިސްތާންގެ އިންޓަރ ސާވިސަސް ޕަބްލިކް ރިލޭޝަންސްގެ ޑިރެކްޓަރ ޖެނެ ރަލް މޭޖަރ ބާބަރު އިފްތިޚާރް، ޕާކިސްތާނުގެ އާރމީ ހެޑްކުއާޓާރސްގައި ނޫސްވެރިންނާ ބައްދަލުކުރައްވައި ވިދާޅުވީ، އިރާނާ ގުޅިގެން ޢަސްކަރީ ތަމްރީނުތަކެއް ހިންގުމަށް ދެ ގައުމުންވެސް މިހާރު ތައްޔާރުވަމުން ދާކަމަށެވެ.

ޗައިނާއާއި ޕާކިސްތާނަކީ ޒަމާނުއްސުރެ ގާތް ގުޅުމެއް އޮންނަ ދެ ގައުމެވެ.

މިހާތަނަށް މިފަދަ ހަރަކާތެއް ހިންގިފައި ނުވިނަމަވެސް ކައިރި މުސްތަގުބަލެއްގައި މިކަން ކުރާނެކަމުގެ ޔަގީންކަން މޭޖަރ ބާބަރު ވަނީ އަރުވާފައެވެ. އަދި ދާދިފަހުން ޕާކިސްތާނުގެ އާރމީ ޗީފް، ޖެނެރަލް ޤަމަރް ޖާވަދް ބަޖްޔާ، އީރާނަށް ކުރެއްވި ދަތުރުފުޅުގައިވެސް ދެގައުމުން ވަނީ މިކަމާބެހޭ ގިނަ މަޝްވަރާތަކެއް ކުރައްވާފައި ކަމަށް މޭޖަރ ބާބަރު އިފްތިޚާރް ވިދާޅުވިއެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް