ކޯވިޑް19: މިއަދު ފެނުނީ އިތުރު 184 ވޭދަނަ!

Loading

Facebook
Twitter
WhatsApp

ރާއްޖެއިން ކޯވިޑް19 އަށް އިތުރު 184 މީހަކު ފައްސިވެއްޖެއެވެ.  މިއަދު ފެނުނު ކޭސްތަކުގެ ތެރެއިން 10 މީހަކު ފައްސިވެފައިވަނީ މީހުން ދިރިއުޅޭ ރަށަކުންނެވެ. އަދި ރިސޯޓްތަކުން 24މީހަކު ވަނީ ފައްސިވެފައެވެ. އަނެއް 145 ކޭސް ފެނިފައިވަނީ މާލެ ސަރަހައްދުންނެވެ.

މިއަދުގެ ރެކޯޑްތަކާއި އެކު ފައްސިވީ މީހުންގެ ޖުމްލަ އަދަދު މިހާރުވަނީ 19,346 އަށް އަރައިފައެވެ. އޭގެ ތެރޭގައި، 2,441 އެކްޓިވް ކޭސް ހިމެނޭއިރު، 162 ފަރާތަކަށް ދަނީ އެޑްމިޓް ކޮށްގެން ފަރުވާ ދެމުންނެވެ .

މިހާތަނަށް ރާއްޖެ އިން 60 މީހަކުވަނީ މި ބަލީގައި މަރުވެފައެވެ. އަދި 16,838މީހަކު ވަނީ މިބަލިން ރަނގަޅުވެފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް