މިސްކިތްތަށް ބަންދުކުރުމާއިމެދު އަދި ވަކިގޮތެއް ނުނިންމަން- އިސްލާމިކް މިނިސްޓަރީ

Loading

Facebook
Twitter
WhatsApp

ކޯވިޑް19ގެ ކޭސްތައް އިތުރުވަމުން ދިޔުމާއި ގުޅިގެން މިސްކިތްތައް ބަންދުކުރުމާއި މެދު އަދި ވަކިގޮތެއް ނުނިންމާ ކަމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒް އިން ބުނެފައިވާ ކަމަށް މީޑިޔާތަކުން ރިޕޯޓް ކޮށްފިއެވެ.

މިނިސްޓްރީ އިން މިހެން ބުނެފައިވަނީ މިސްކިތްތައް ބަންދުކުރުމަށް ހެލްތް ޕްރޮޓެކްޝަން އެެޖެންސީއިން މިނިސްޓަރީގައި އެދިފައިވާ ކަމަށް ބައެއް މީޑިޔާތަކުން ރިޕޯޓްކޮށްފައި ވަނިކޮށެވެ.

މިނިސްޓްރީއިން ވިދާޅުވި ގޮތުގައި މިސްކިތްތައް ބަންދުކުރުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އެދިފައެވެ. އެކަމަށް ވަކި ގޮތެއް ނުނިންމާ ކަމަށާއި، މިހާރު އެކަމާއި ބެހޭ މަޝްވަރާތައް ކުރަމުން އަންނަ ކަމަށް މިނިސްޓްރީ އިން ވަނީ ބުނެފައެވެ.

މިސްކިތްތައް ބަންދުކުރުމުގެ ވާހަކަތައް ފެށުމާއި ގުޅިގެން ބައެއް އާންމުން ދަނީ އެކަމާ ނުރުހުން ފާޅުކުރަމުންނެވެ.

Loading

One Response

  1. މި ޝުރުޚީ އިން އޮޅޭގޮތް އެބަވެއެވެ. އެހެނީ ކާކުތޯ މިސްކިތްތައް ބަންދުކުރަން އުޅޭނީ؟ ވެގެން އުޅޭގޮތަކީ ކޮވިޑްގެ ބަލި މާލޭ ސަރަހަށްދުގައި ފެތުރޭތީވެ ވެރިންނަށް ފެންނަ ރަނގަޅުގޮތްތަކެއް ހެދުމަށް ރޭވޭއިރު ކުރިންވެސް ކޮންޓުރޯލް ކުރިހެން ގިނަ މީހުން އެއްފަހަރާ އެއްތަނަކަށް އެއްވުން އެއްވެވޭ ތަންތަނަށް މީހުން ދިއުން ލިމިޓްކުރާކުރުމުގައި މިސްކިތްތަކަށްވެސް މިންގަނޑެއްގެ ދަށުން އެއްފަހަރާ އެއްވާއެއްވުން މަދުކޮށް ބަލިފެތުރުން ދައްކުރެވޭތޯ ބަލަނީ ނޫންތޯއެވެ. އެވެސް ރައްޔަރުންގެ ރައްކަލަށްޓަކައެވެ.
    ވީމާ މިސްކިތްތައް ބަންދުކުރުން މިކަމުގެ މަގުސަދެއް ނޯންނާނެ ކަމަށް ދެކެމެވެ. އަދި ނަމާދުގައި ވެސް ގައިދުރުކުރުމުގެ ވާހަކަވެސް މިދެއްކެނީ މި ޙާލަތު ރަމަތަވަންދެންކަމަށް ގަބޫލުކުރެވެއެވެ. މިޚަބަރުގެ ޝުރުޚީ ރަނގަޅުކަމަކަށް ގަބޫލެއްނުކުރެވެއެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް