އުކުޅަހު ބަނދަރު މަސައްކަތް ފަށައިފި

Loading

Facebook
Twitter
WhatsApp

 

 

އއ. އުކުޅަހު ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ން ފަށައިފި އެވެ.

މި މަޝްރޫއުގެ ދަށުން 19،630 އަކަމީޓަރު ސަރަހައްދު ބަނދަރު ފުންކުރުމާއި 136 މީޓަރު ސަރަހައްދެއްގައި އެއްގަމު ތޮށިލުމާއި، 31 މީޓަރު ސަރަހައްދެއްގައި ބޭރުތޮށިލުމުގެ މަސައްކަތް ހިމެނެ އެވެ.

އަދި 138.73 މީޓަރުގެ ޖެޓީއެއް ހެނދުމުގެ އިތުރުން 580 އަކަމީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހަދުން ވެސް މި މަޝްރޫއުގައި ހިމެނެ އެވެ.

ޕްލޭނިންގް މިނިސްޓްރީން އެމްޓީސީސީ އާއި ހަވާލުކޮށްފައިވާ މި މަޝްރޫއަށް 19.9 މިލިއަން ރުފިޔާ ޚަރަދު ކުރުމަށް ވަނީ ހަމަޖައްސާފައެވެ.

މި މަސައްކަތް ޓްރާންސްޕޯޓް މިނިސްޓްރީން އެމްޓީސީސީ އާއި ހާވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރުގައެވެ.

އެމްޓީސީސީން ރާއްޖޭގެ ގިނަ ރައްތަކެއްގެ ބަނދަރާއި ބިން ހިއްކުމުގެ ގިނަ މަޝްރޫއުތަކެއް ދަނީ ހިންގަމުންނެވެ. ކޮވިޑް-19ގެ ބަލިމަޑްކަމާއި ގުޅިގެން މި މަޝްރޫތަކަށް މަޑުޖެހިލުމެއް އައުމަށްފަހު އެކުންފުނިން މިހާރުދަނީ މަޝްރޫއުތަކުގެ މަސައްކަތް ވީހާވެސް އަވަސްމުއްދަތެއްގައި ނިންމުމުގެ މަސައްކަތް ކުރަމުންނެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް